top of page
Featured Posts

ބައެއް މީހުން ހަމައެކަނި އިސްލާމްދީނުގެ ބައެއް އަދަބުތަކަށް ގޮވާލާ

"ބައެއް މީހުން ހަމައެކަނި އިސްލާމްދީނުގެ ބައެއް އަދަބުތަކަށް ގޮވާލާ،

އަދި މީސްތަކުން ޝިރުކަށް ވެއްޓިފައި ވަނިކޮށް، ތައުޙީދަށް ގޮވާލުން އިހްމާލުކޮށްލާފައި،


ހަމައެކަނި ބައެއް ރިވެތި އަދަބުތައް އުނގަންނައިދީ އެކަމުގައި މަޝްޣޫލުވެގެން އުޅެ


އިސްލާމްދީނަކީ އެއީކަމަށް ވިސްނައިދީގެން ދަޢުވަތު ދިނުމަކީ ފަހެ އެއްވެސް ޙާލެއްގައި ނަބިއްޔުންގެ ދަޢުވަތެއް ނޫނެވެ.


އެކަމަކު ނަބިއްޔުންގެ ދަޢުވަތަކީ މީސްތަކުންނަށް ތައުޙީދަށް އެންމެ ފުރަތަމަވެސް ގޮވާލުމެވެ.


އަދި ތައުޙީދާއި އެކު ބައެއް ރިވެތި އަދަބުތައްވެސް ދަޢުވަތުގައި ހިމެނުމެވެ.


މިހެންވެ ނަބިއްޔާ صلى الله عليه وسلم ޤުރައިޝުންގެ ކާފަރުންނަށް ﷲ އަށް އެކަނި އަޅުކަންކޮށް، ބުދުތަކަށް އަޅުކަންކުރުން ދޫކޮށްލުމަށް ގޮވާލުމާއި އެކުގައި ޢިއްފަތްތެރިކަމާއި، ޠާހިރުކަމާއި، އަމާނާތްތެރިކަމާއި، ތެދުވެރިކަންފަދަ ބައެއް އަދަބުތަކަށްވެސް ގޮވާލެއްވިއެވެ.


އެއީ މިއީ ފިޠުރަތުގެ ދަޢުވަތެއްކަން އެނގިގެން ދިޔުމަށްޓަކައިއެވެ."


-ޝެއިޚު ޠަރީފީ-


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page