Search
މީސްތަކުންގެ ތެރޭގައި އެމީހެއްގެ ބުއްދި، ބޭރު ފެންޑާގައި ބާއްވާފައި އޮންނަ މީހުންވެއެވެ.
- --
- 1 day ago
- 1 min read

💥 ޝުޢުބާ ބްނުލް ޙައްޖާޖު (160ހ) ވިދާޅުވިއެވެ:
”މީސްތަކުންގެ ތެރޭގައި އެމީހެއްގެ ބުއްދި، ބޭރު ފެންޑާގައި ބާއްވާފައި އޮންނަ މީހުންވެއެވެ.
އަނެއްބަޔަކުގެ ބުއްދި އެމީހުންނާ އެކުގައިވެއެވެ.
އަނެއްބަޔަކުގެ ބުއްދިއެއް ނުވެއެވެ.
ދެންފަހެ އެމީހެއްގެ ބުއްދި އެމީހަކާ އެކުގައިވާ މީހަކީ: އެމީހަކު ވާހަކަދެއްކުމުގެ ކުރިން އެމީހަކުގެ ފުށުން އެ ނިކުންނަ އެއްޗެއް ފެންނަ މީހާއެވެ.
ދެންފަހެ އެމީހަކުގެ ބުއްދި ބޭރު ފެންޑާގައި އޮންނަ މީހަކީ:
ވާހަކަތަކެއް ދައްކާފައި ދެން އޭގެ ފަހުން އެނިކުތް އެއްޗެއް ފެންނަ މީހާއެވެ.
އަނެއްބަޔަކުގެ ބުއްދި އެމީހުންނާ އެކުގައި ނުވެސްވަނީއެވެ.
(ވާހަކައެއް ދައްކާފައިވެސް އެދެއްކި ވާހަކައެއްގައި މައްސަލައެއް އުޅޭކަން ފެންނަނީކީ ނޫނެވެ.)“
📚 ރައުޟަތުލް ޢުޤަލާ، ޝުޢަބުލް އީމާން ލިލްބައިހަޤީ، ސިޔަރު އަޢުލާމުއް ނުބަލާއު 📚





































































































