މައްކާގައި ހުރި ފޮތިވިއްކާ މީހެއްގެ ގާތުގައި ހެދުމެއް ގަންނަން އަހަރެން ހުއްޓުނީމެވެ.
- --
- 4 days ago
- 1 min read

🍁 އަލްޙަސަނުލް ބަޞްރީ (110ހ) ކިޔާދެއްވިއެވެ:
”މައްކާގައި ހުރި ފޮތިވިއްކާ މީހެއްގެ ގާތުގައި ހެދުމެއް ގަންނަން އަހަރެން ހުއްޓުނީމެވެ.
ދެން އޭނާ (ހެދުންތަކުގެ) މޮޅު ވާހަކަދައްކާ ތަޢުރީފުކޮށް ހުވާކުރަން ފެށިއެވެ.
ދެން އަހަރެން (ހިތާހިތާ) ބުނެފީމެވެ:
"މިކަހަލަ މީހަކުގެ އަތުން ގަންނާކަށް ރަނގަޅެއް ނޫނެވެ."
ދެން އެހެން މީހަކު އަތުން އަހަރެން ގަތީމެވެ.
ދެން އޭގެ ދެއަހަރު ފަހުން އަނެއްކާ އަހަރެން ޙައްޖަށް ދިޔައީމެވެ. އެފަހަރުވެސް އޭނާގެ ގާތުގައި އަހަރެން ހުއްޓުނީމެވެ. އެކަމަކު އެފަހަރު އޭނާ މަދަޙަޘަނާ ކިޔާ އަދި ހުވާކޮށް ވާހަކަދައްކާ އަޑެއް ނީވެއެވެ.
ދެން އަހަރެން އޭނާ އަށް ބުނީމެވެ:
"ތިޔައީ މީގެ އަހަރުތަކެއް ކުރިން އަހަރެން އެމީހަކުގެ ގާތުގައި ހުއްޓުނު މީހާ ނޫންހެއްޔެވެ؟"
އޭނާ ދެންނެވިއެވެ:
"އާނއެކެވެ."
އަހަރެން ބުނީމެވެ:
"މިހާރު އަހަރެންނަށް މިފެންނަ ގޮތަށް ތިބާގެ ކަންތައްވާން މެދުވެރިކުރީ ކޮންކަމެއްހެއްޔެވެ؟
މިހާރު ތިބާގެ ސާމާނު މޮޅުކޮށްގެން ވާހަކަދައްކާތަނެއް، އަދި ހުވާކުރާތަނެއްވެސް ނުފެނެއެވެ."
އެހިނދު އޭނާ ދެންނެވިއެވެ:
"އަހަރެންގެ އަތްނބަކު ހުއްޓެވެ. އޭނާގެ ގާތަށް މަދު އެތިކޮޅެއް ހިފައިގެން އަހަރެން އަތުވެއްޖެނަމަ ދަށްކޮށްލައެވެ. އަދި ގިނަތަކެތި ހިފައިގެން ގޮސްފިއްޔާވެސް މަދުއެތިކޮޅެއްކަމަށް ހަދައެވެ.
ދެން ﷲ ތަޢާލާ އަހަރެންނަށް ބައްލަވާ، އެކަނބުލޭގެ މަރުގެންނެވިއެވެ. އަދި އެކަނބުލޭގެއަށް ފަހު އެހެން އަންހެނަކާ އިނީމެވެ.
ދެން ހެނދުނު ހެނދުނާ ބާޒާރަށް ދިޔުމަށް އަހަރެން ނިކުންނަހިނދު މީނާ އަހަރެންގެ ހެދުމުގައި ހިފައިގަނެ ބުނެއެވެ:
"އޭ މިވެނި މީހާއެވެ! ﷲ އަށް ތަޤުވާވެރިވައްޗެވެ. އަދި ރަނގަޅު ހެޔޮ އެއްޗެއް ނޫނީ އަހަރުމެންނަށް ކާން ނުދެއްޗެވެ.
ތިބާ މަދު އެތިކޮޅެއް ގެނަޔަސް އަހަރުމެން އެއީ ގިނައެއްޗެއްކަމުގައި ދެކޭނަމެވެ.
އަދި ތިބާ އަހަރުމެންގެ ގާތަށް އެއްޗެއް ނުގެނެވިއްޖެއްޔާ، އަހަރެން ވިޔާ ބަރަނިން (ހެދުންވިޔެގެން ވިއްކައިގެން) ތިބާއަށް އެހީތެރިވެދޭނަމެވެ." “
📖 އަލްމުޖާލަސާ ވަޖަވާހިރުލް ޢިލްމު 📖























































































