top of page
Featured Posts

”އޭ އުޚްތާއެވެ! ތިބާގެ ފިރިމީހާ ތިބާގެ މައްޗަށް ހޭދަކޮށް ޚަރަދުކުރުމަކީ ޢައިބެއް ނޫނެވެ.

  • --
  • 4 hours ago
  • 1 min read

 ހަމަ އެގޮތަށް ތިބާގެ ބައްޕައާއި، ތިބާގެ ފިރިހެން ދަރިފުޅުވެސް ތިބާއަށް ޚަރަދުކޮށްދިނުން ޢައިބަކަށް ނުވެއެވެ.


އެހުރިހާ އެންމެންވެސް މުދަލާއި ފައިސާ އެއްކުރާ މަޤްޞަދެއްކަމުގައި ބަލަނީ ތިބާއެވެ.


އެގޮތުން ބައްޕަގެ ގާތުގައި: "ތިހާވަރަށް ބުރަކޮށް މަސައްކަތްކޮށް ދާއޮހޮރުވަނީ ކީއްވެހޭ" އަހައިފިނަމަ އޭނާ ބުނާނީ ތިމަންނާގެ ދަރިން އުފާކޮށްދިނުމަށެވެ.


ފިރިމިހާގެ ގާތުން އެހެން އަހައިފިނަމަ ބުނާނީ ތިމަންނާގެ އަނބިމީހާއާއި ޢާއިލާގެ ބޭނުންތައް ފުއްދާ ޚަރަދުކުރުމަށެވެ.


އަދި ފިރިހެން ދަރިފުޅު ގާތުން އެހެން އަހައިފިނަމަވެސް އެކުއްޖާ ބުނާނީ: "ތިމަންނާގެ މަންމަގެ ރުހުން ހޯދާ ރުއްސާދިނުމަށެވެ."


ފެމިނިސްޓުން ހީކުރަނީ އަންހެނާގެ ޢިއްޒަތާއި ޝަރަފަކީ މިހުރިހާ އެންމެންގެ ކިބައިން މިނިވަންވެ މުސްތަޤިއްލުވެ އަމިއްލަ ފައިމައްޗަށް ތެދުވުންކަމުގައިއެވެ.


ކަންތައް އޮތީ އިދިކޮޅަށެވެ.


ތިބާގެ ޢިއްޒަތާއި ޝަރަފުވަނީ އޮފީސް މެނޭޖަރާއި ފިރިހެން މަސައްކަތު އެކުވެރިންނާ ދިމާވާން ނުޖެހި ފުދިގެންވުމުގައިއެވެ.“


- ނަޤުލުކުރެވިފައި -

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page