ދުނިޔެއަކީ އަހަރެން އުޅެން އޮތް ގޮވެތިކަމުގައި ނުވާއިރުވެސް އެތަނަށް ޙާޖަތްޖެހޭވަރު ބޮޑުވަނީ ކިހިނަކުންހެއްޔެވެ!؟
- --
- 4 days ago
- 1 min read

🔥ޢަވްނު ބްނު ޢަބްދި ﷲ ބްނު ޢުތުބާ (110-120ހ~) ވިދާޅުވިއެވެ:
”އަހަރެންނަށް ހުރި ސަހަރޯއެވެ!
ދުނިޔެއަކީ އަހަރެން އުޅެން އޮތް ގޮވެތިކަމުގައި ނުވާއިރުވެސް އެތަނަށް ޙާޖަތްޖެހޭވަރު ބޮޑުވަނީ ކިހިނަކުންހެއްޔެވެ!؟
ނުވަތަ އެތަން ފިޔަވައި އެހެން ތަނެއްގައި އަހަރެން ޤަރާރުވެ ދެމިހުރުން ވަނިކޮށް މިދުނިޔެއަށްޓަކައި (މުދަލާއި ފައިސާ) މިހިރަ ޖަމަޢަކުރެވެނީ ކިހިނަކުންހެއްޔެވެ!؟
ނުވަތަ މިދުނިޔެއިން އަހަރެން (މަރުވާއިރު) ފަހަށް ދޫކުރާ އެއްޗަކުން އަހަރެންނަށް އެއްވެސް ފައިދާއެއް ނުކުރާއިރު ދެން މިތަނުގެ މައްޗަށް މިހިރަ ދަހިވެތިކަމާއި ޝައުޤު ބޮޑުވަނީ ކިހިނަކުންހެއްޔެވެ!؟
ނުވަތަ އަހަރެންގެ ކުރިން މިދުނިޔެއަށް އިސްކަންދިން މީހުންނަށް ގެއްލުންވެގެން ވަނިކޮށް ދެން އަނެއްކާ އަހަރެން މިދުނިޔެއަށް އިސްކަންދީ ކުރިއަށް ނެރޭނީ ކިހިނަކުންހެއްޔެވެ!؟
ނުވަތަ އަހަރެންގެ މުއްދަތު ހަމަވުމުގެ ކުރިން ޢަމަލުތައް ކުރުމާގެން އަހަރެން އަވަސްނުވެ ހުންނާނީ ކިހިނަކުންހެއްޔެވެ!؟
ނުވަތަ އަހަރެންގެ ރަހުނު ބަންދުވެ އަތުލެވުމުގެ ކުރިން އަހަރެންގެ ނަފްސު ފާސްކޮށް ބަލާނުހޯދާ ހުންނާނީ ކިހިނަކުންހެއްޔެވެ!؟
ނުވަތަ އަހަރެންގެ އަމިއްލަ އެދުން އެކަމުގެ މައްޗަށް ގަދަނުވާނޭކަމަކަށް އަހަރެންގެ ނަފްސު ހުށަހަޅާނީ ކިހިނަކުންހެއްޔެވެ!؟
ނުވަތަ މިދުނިޔެ އަހަރެންނާ ވަކިވެގެން ކެނޑިގެންދާނޭއިރު ދެން މިދުނިޔެ ކަމުގޮސްގެން ޢަޖައިބު ބޮޑުވެގެން އުޅޭނީ ކިހިނަކުންހެއްޔެވެ!؟“
📖 އައްޒުހްދު ލިއިބްނު އަބިއް ދުންޔާ 📖























































































