top of page
Featured Posts

އެއްފަހަރަކު އުޅުނު ރަސްކަލަކު، ﷲ އަށް އީމާންވެއްޖެ މީހުންގެ ތެރެއިން މީހަކު އަތުޖެހިއްޖެނަމަ އެމީހަކު ޞަލީބަށް އެރުވުމަށް އަމުރުކުރަމުން ދިޔައެވެ.

  • --
  • 2 days ago
  • 1 min read

🌴 ހިޝާމު ބްނު އިސްމާޢީލު (217ހ) ކިޔާދެއްވިއެވެ:


”އެއްފަހަރަކު އުޅުނު ރަސްކަލަކު،


ﷲ އަށް އީމާންވެއްޖެ މީހުންގެ ތެރެއިން މީހަކު އަތުޖެހިއްޖެނަމަ އެމީހަކު ޞަލީބަށް އެރުވުމަށް އަމުރުކުރަމުން ދިޔައެވެ.


ދެން ﷲ އަށް އީމާންވާ މީހުންގެ ތެރެއިން މީހަކު ގެނެވި ޞަލީބަށް އެރުވުމަށް އަމުރުކުރިހިނދު އޭނާއަށް ބުނެވުނެވެ:


"ވަޞިއްޔަތެއް އޮތިއްޔާ ކުރާށެވެ."


ދެން އޭނާ ބުނެފިއެވެ:


"އަހަރެން ވަޞިއްޔަތް ކުރާނީ ކޮންކަމަކަށްހެއްޔެވެ. އަހަރެން ދުނިޔެއަށް ވެއްދުނީ އަހަރެންގެ ލަފައެއް ނެތިއެވެ. އެތަނުގައި ދިރިއުޅުނީ ޖާހިލެއްގެ ގޮތުގައިއެވެ. އަދި މިހާރު މި ނިކުންނަނީ ނުރުހޭ ޙާލުގައިއެވެ."


އެޒަމާނުގައި ރަށުން ބޭރަށް ނިކުންނަ މީހަކު ނިކުންނަނީ ފާރިސީން ރަން ނުވަތަ ރިހި އަޅަން ގެންގުޅޭ ވަށް ދަބަހެއް ހިފައިގެންނެވެ.


ދެން މީނާ ޤަތުލުކޮށްލެވުނުހިނދު މީނާގެ ދަބަސް ބެލުމަށް އެމީހުން އަވަސްވިއެވެ. އެއީ އޭގައި ރަން ނުވަތަ ރިހި ހުރިކަމަށް ހީކޮށެވެ.


ދެން އެމީހުންނަށް އެއިން ފެނުނީ ލިޔުމެކެވެ. އޭގައިވަނީ ތިން ކަލިމައެވެ:


"ޤަޟާޤަދަރަކީ ޙައްޤުކަމުގައިވާނަމަ ސަމާލުވެގެން ދަހިވެތިވެގެން އުޅުމުގެ ބޭނުމެއް ނެތެވެ.


ޚިޔާނަތްތެރިވެ ޣައްދާރުވުމަކީ މީސްތަކުންގެ ތެރޭގައިވާ ޠަބީޢަތެއްކަމުގައިވާނަމަ، ދެންފަހެ ކޮންމެ މީހަކަށް އިތުބާރުކުރުމަކީ ނުކުޅެދުމެކެވެ.


ކޮންމެ މީހަކަށް މަރު ބަލަބަލާ ފާރައަށްވާނަމަ ދެންފަހެ ދުނިޔެއަށް ހިތްހަމަޖެހިވުމަކީ މޮޔަކަމެކެވެ." “


📚 އައްޒުހްދު ލިއިބްނު އަބިއް ދުންޔާ، އަލްމުޖާލަސާ ވަޖަވާހިރުލް ޢިލްމު 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page