މީސްތަކުން ޢިލްމުގައިވަނީ އެކި ދަރަޖައާއި ފަންތީގައިއެވެ.
- --
- 2 days ago
- 1 min read

🌾އިމާމް އައްޝާފިޢީ (204ހ) ވިދާޅުވިއެވެ:
”މީސްތަކުން ޢިލްމުގައިވަނީ އެކި ދަރަޖައާއި ފަންތީގައިއެވެ.
ޢިލްމުގައި އެމީހުންގެ ދަރަޖަވަނީ: އެ ޢިލްމުން އެމީހުން ދަނެފައިހުރި ދަރަޖަތައް ހުރި ވަރަކަށެވެ.
ފަހެ ޢިލްމު އުނގެނޭ މީހުން، އެ ޢިލްމު ގިނަކުރުމަށް އެމީހުންނަށް ކުރެވެން އޮތް އެންމެ ބޮޑަކަށް މަސައްކަތްކޮށް، އަދި ޢިލްމު ހޯދުމުގެ ދެމެދުގައިވާ ކޮންމެ ހުރަހަކަށް ކެތްތެރިވެ،
އަދި ﷲ ދެއްވި ޢިލްމުގެ ނައްޞާއި، އަދި އިސްތިންބާޠުކޮށް ޙުކުމް ހޯދައިގަތުމުގައި އެކަލާނގެއަށް ނިޔަތް އިޚްލާޞްތެރިކުރުމާއި، އަދި އެކަމުގެ މައްޗަށް އެހީތެރިކަން ދެއްވުމަށް ﷲ ގެ ޙަޟްރަތަށް ދެންނެވުމަކީ އެމީހުންގެ މައްޗަށް ޙައްޤުވެގެންވާކަމެކެވެ.
ފަހެ އެކަލާނގެ އެހީތެރިކަމާއި ވާތްގާއި ނުލާ އެއްވެސް ހެވެއް ހޯދައިނުގަނެވޭނެއެވެ.
ދެންފަހެ ﷲ ތަޢާލާގެ ފޮތުގައިވާ އެކަލާނގެ ޙުކުމްތަކުގެ ޢިލްމުގެ ނައްޞާއި ދަލީލުކުރާ ގޮތް ދެނެގަނެ، އެއިން އޭނާއަށް އެނގުނު އެއްޗަކުން ބަސްބުނެ ޢަމަލުކުރުމަށް އެކަލާނގެ ތައުފީޤު ދެއްވައިފި މީހަކު, ފަހެ އޭނާގެ ދީނާއި ދުނިޔޭގައި ހެޔޮކަމާއި މޮޅުކަން ކާމިޔާބުކޮށްފިއެވެ.
އަދި އޭނާގެ ކިބައިން ޝައްކާއި ތުހުމަތުކުރެވުން ނަފީވެ،
އޭނާގެ ހިތުގައި ޙިކްމަތުގެ އަލިކަން ދެއްވެވި،
ދީނުގައި އިމާމުވެރިކަން ލިބުމުގެ މަޤާމު ޙައްޤުވެއްޖެއެވެ.“
📖 އައްރިސާލާ ލިއްޝާފިޢީ 📖



























































































