ތިން އަންހެންދަރިން އެމީހަކަށް ލިބި:
- --
- 3 days ago
- 1 min read

”ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރެވެއެވެ:
"ތިން އަންހެންދަރިން އެމީހަކަށް ލިބި:
1-ދެން އެކުދިން އަދަބުވެރިކުރުވާ
2-އަދި އެކުދިން ކައިވެނިކުރުވާ
3- އަދި އެކުދިންނަށް ހެޔޮކޮށް ހިތައިފިނަމަ
ފަހެ އެމީހަކަށްވަނީ ސުވަރުގެއެވެ."
📖 ސުނަނު އަބީ ދާވޫދު 📖
ފަހެ ތިބާގެ އަންހެން ދަރިން ކައިވެނިކުރުވުމުގައި ފަރުވާކުޑަކޮށް، ޢާއިލާއެއް ބިނާކޮށް ކައިވެންޏެއް ޤާއިމުކުރުން ދޫކޮށްފައި ކިޔެވުމާއި އެހެން މަޤްޞަދުތަކުގައި އެކުދިން މަޝްޣޫލުކުރުވުމާމެދު ތިބާ ނަމަނަމަ ސަމާލުވެ ހުށިޔާރުވާށެވެ!
ފަހެ ތިބާގެ އަންހެންދަރިން ހުއްސަރިބަޔަށް ހުރުމުގެ ޞިފަ ތިޔަ ޤާއިމުކުރަނީ ތިބާއެވެ.
އެއީ އެކުދިންގެ ޅަ ސިކުނިޑތަކުގައި, ސެޓްފިކެޓަކީ ހަތިޔާރެއްކަމުގައި، އަދި ވަޒީފާއަކީ ކާމިޔާބެއްކަމުގައި، އަދި ކައިވެންޏަކީ ފަހުން ކުރަން އޮންނަ ކަމެއްކަމުގެ ވިސްނުން އިންދައިގެން ފަޅުވައިގެންނެވެ.“
- ނަޤުލުކުރެވިފައި -





































































































