top of page
Featured Posts

ދުނިޔެއަކީ ޤާއިމުވުމުގެ ގޮވެއްޗެއް ނޫނެވެ.

  • --
  • 22 hours ago
  • 1 min read

🍁 އަލްފުޟައިލު ބްނު ޢިޔާޟު (187ހ) ވިދާޅުވިއެވެ:


”ދުނިޔެއަކީ ޤާއިމުވުމުގެ ގޮވެއްޗެއް ނޫނެވެ.


އާދަމުގެފާނު ދުނިޔެއަށް ބޭލެއްވުނީ ޢުޤޫބާތެއްގެ ގޮތުންނެވެ.


(އެހެން ރިވާޔަތެއްގައި: އެކަލޭގެފާނަށާއި އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ޤިޔާމަތްދުވަހާ ހަމައަށް ކަންކަންވަމުންދާ ގޮތް ނުފެނޭހެއްޔެވެ؟)


ފަހެ އެކަލާނގެ އިންސާނާގެ ކިބައިން އެދުނިޔެ ފޭކުރައްވާ ގޮތް ނުފެނޭހެއްޔެވެ؟


އެއްފަހަރު ބަނޑުހައިހޫނުކަން ޖައްސަވާ،


އަނެއްފަހަރު އުނުއޮރިޔާން ނިވާކުރަން ދަތިކުރައްވާ،


އަނެއްފަހަރު ޙާޖަތް ޖައްސަވައިގެން އެދުނިޔެ އޭނާއަށް ހިތި އެއްޗެއްކަމުގައި ހައްދަވާތަން ނުފެނޭހެއްޔެވެ؟


(އެކަލާނގެ އެމީހުންނަށް އެދުނިޔެ ހިތިކުރައްވާ، އެއީ ވަރުބަލިކަމުގެ ގޮވެއްޗެއްކަމުގައި ލެއްވިއެވެ. އާދަމުގެ ދަރީންނާމެދު އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންކުރައްވައެވެ.)


އެއީ ދަރިފުޅަށް އޯގާތެރިވެ ރަޙުމްކުރާ މަންމަ އެކުއްޖާއާމެދު ކަންތައްކުރާ ގޮތަށެވެ.


އެއްފަހަރު ހިތިފަތު ދިޔަ، އަނެއްފަހަރު ހަބަރު އެކުއްޖާއަށް ބޯންދެއެވެ.


[އަނެއްފަހަރު ހިތި ނޫން ބޭސް ދެއެވެ.]


އެހުރިހާ ކަމެއްކުރަނީވެސް އެކުއްޖާއަށް ހެވަކަށް އަދި އެންމެ ފައިދާބޮޑު ގޮތްކަމުގައިވާތީއެވެ.“


📚 ޙިލްޔަތުލް އައުލިޔާ، މިރްއާތުއް ޒަމާން، ސިޔަރު އަޢުލާމުއް ނުބަލާއު 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page