top of page
Featured Posts

އަހަރެންގެ ބައްޕަގެ ޙިމާރެއް ގެއްލުނެވެ.

  • --
  • 2 days ago
  • 1 min read

🌱 ޖަޢުފަރު ބްނު މުޙައްމަދު (148ހ) ކިޔާދެއްވިއެވެ:


”އަހަރެންގެ ބައްޕަގެ ޙިމާރެއް ގެއްލުނެވެ. ދެން ބައްޕަ ވިދާޅުވިއެވެ:


”ﷲ ތަޢާލާ އަހަރެންނަށް އޭތި އަނބުރާ ރައްދުކުރައްވައިފިނަމަ ފަހެ އެކަލާނގެ ރުއްސަވާނޭ ޙަމްދުގެ ބަސްތަކަކުން އަހަރެން އެކަލާނގެއަށް ޙަމްދުކުރާހުށީމެވެ.“


ދެން މާ ގިނައިރެއް ނުވެ އޭގެ އަސްދާނުގޮނޑިއާއި ލަގަނާއި އެކީގައި އޭތި ގެނެވުނެވެ. ދެން އެކަލޭގެފާނު އެއަށް ސަވާރުވިއެވެ.


އަދި އޭގެ މައްޗަށް ސީދާވިހިނދު، ހެދުން ބޮނޑިކޮށްލައްވާފައި، އުޑާއި ދިމާލަށް އިސްތަށިފުޅު އުފުއްލަވާފައި ވިދާޅުވިއެވެ:

«الحمد لله» (ހުރިހާ ޙަމްދެއްހުރީ ﷲ އަށެވެ.)


އެއަށްވުރެ އެއްޗެއް އިތުރެއް ނުކުރައްވައެވެ. ދެން އެކަމާމެދު ސުވާލުކުރެވުމުން ވިދާޅުވިއެވެ:


”އަހަރެން އެއްޗެއް ބާކީކޮށްފިންހެއްޔެވެ؟

ހުރިހާ ޙަމްދެއް އެކުއެކީ ވަނީ ﷲ ޢައްޒަ ވަޖައްލައަށް އަހަރެން މިހެދީއެވެ.“


📚 އައްޝުކްރު ލިއިބްނު އަބިއް ދުންޔާ، ޙިލްޔަތުލް އައުލިޔާ، ޝުޢަބުލް އީމާން ލިލްބައިހަޤީ 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page