top of page
Featured Posts

”ބުއްދިވެރިޔާ ދައްކާ ވާހަކަތައް،

  • --
  • 4 days ago
  • 1 min read

🌴 އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ:


”ބުއްދިވެރިޔާ ދައްކާ ވާހަކަތައް،


ޞައްޙަކޮށް ސަލާމަތުންވާ ހަށިގަނޑެއް ސީދާވާހެން ސީދާވާނެއެވެ.


އަނެއްކޮޅުން ޖާހިލުމީހާ ދައްކާ ވާހަކަތައް،


ބަލިވެފައިވާ ހަށިގަނޑެއް އެގޮތްމިގޮތްވާހެން ފުށޫއަރާ އިދިކީލަވާނެއެވެ.


އަދި ބުއްދިވެރިޔާގެ ބަސްތައް އެއީ ކިތަންމެ މަދު ބަސްތަކެއްވިޔަސް އޭގެ ޤަދަރު ބޮޑުވެގެންވެއެވެ.


އެއީ ފާފަވެރިޔާގެ ކުރިމަތިލުން ކިތަންމެ ކުޑަކަމެއްވިޔަސް އޭގެ މުޞީބާތް ބޮޑުވެގެންވާ ގޮތަށެވެ.


އަދި ބުއްދިވެރިކަމުގެ ތެރޭގައި: އެއްވެސް ކަމެއްގެ ތެރެއަށް ވަނުމުގެ ކުރިން އެކަމެއްގެ އެކޮޅުމިކޮޅު ބަލާ ޘާބިތުކުރުންވެއެވެ.


ބުއްދީގެ އާފާތަކީ: ތިމާއަށް ތިމާ ފެނި މޮޅުވުމެވެ.


ކިއެއްތަ، ބުއްދިވެރިޔާގެ މައްޗަށްވަނީ ނުބައި އަވަށްޓެރިޔާއާއި، ނުބައި އެކުވެރިޔާއާއި، ނުބައި ތިމާގެމީހާގެ މައްޗަށް ކެތްތެރިވުމަށް ނަފްސު ހާނުވާ ޤަޞްދުކޮށްފައި ބެހެއްޓުމެވެ.


އެހެނީ އެއީ ދުވަސްތައް ފާއިތުވާވަރަކަށް އޭނާއަށް ނުޖެހި ނުދާނޭކަމެކެވެ.


އަދި ބުއްދިވެރިޔާ، ބުއްދިވެރިޔެއްކަމަށް ނަންދެވިގެންވުމަށް ލޯބިކުރާކަށް ނުޖެހެއެވެ.


އެހެނީ ތޫނުފިލި މީހެއްކަމަށް އެނގިގެންވާ މީހަކާމެދު ސަމާލުވެވޭނެއެވެ.


އަދި ބުއްދިވެރިޔާގެ ބުއްދިވެރިކަމުގެ ތެރޭގައި: އޭނާއަށްވީ ވަރަކަށް ބުއްދިވެރިކަން (ހާމަނުކޮށް) ފަސްއަޅާފައި ބެހެއްޓުންވެއެވެ.


އެހެނީ ބިމުގައި އޮށްތައް ދުވަސްތަކެއް ވަންދެން ފޮރުވިފައިވިޔަސް، އޭގެ ވަޤުތު ޖެހުމުން ކޮންމެހެންވެސް ފާޅުވާނެއެވެ.


އެފަދައިންމެ ބުއްދިވެރިޔާގެ މަސައްކަތްތައް ފޮރުވިޔަސް، އޭނާގެ ބުއްދިވެރިކަން ފޮރުވިގެން ނުދާނެއެވެ.“


📖 ރައުޟަތުލް ޢުޤަލާ 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page