top of page
Featured Posts

"މި ތަކެތި އުފުލާމީހާވެސް ބަކުރަށްވުރެ ފިޤުހުވެރިއެވެ."

  • --
  • Jul 3
  • 1 min read

🔅 ބަކްރު ބްނު ޢަބްދި ﷲ އަލްމުޒަނީ (108ހ) ކިޔާދެއްވިއެވެ:


”އަހަރެން އެއްފަހަރަކު ގެއިން ނިކުމެގެންދަނިކޮށް އެއްޗެހި އުފުލުމުގެ މަސައްކަތްކުރާ މީހަކާ ދިމާވިއެވެ.


އޭނާގެ ސާމާނު އޭރު އުފުލަމުންދިޔައެވެ.


އޭރު އޭނާ ކިޔަމުންދިޔައެވެ: «الْحَمْدُ لِله، أسْتَغْفِرُ الله» އެވެ.


އެއަށްވުރެ އިތުރަށް އެއްޗެއް ނުކިޔައެވެ.


ދެން އޭނާ ވަކިތަނަކަށް ދިޔައެވެ. ދެން އޭނާގެ ބުރަކަށީގައި ހުރި ސާމާނުތައް ބަހައްޓަންދެން އަހަރެން ހުރީމެވެ. ދެން ބުނެފީމެވެ:


"މި ނޫން އެއްޗެއް ކިޔަން ތިބާއަށް ރަނގަޅަށް ނޭނގެނީހެއްޔެވެ؟"


(އެހެން ރިވާޔަތެއްގައި: އޭ ﷲ ގެ އަޅާއެވެ! ދެ ކަލިމައެއް ކިޔާލަ ކިޔާލާ އެހެން އެއްޗެއް އިތުރުނުކޮށް ތިބާ ހުރީ ކީއްވެހެއްޔެވެ؟)


އޭނާ ބުންޏެވެ:


"ނޫނެކެވެ. އެތައް ގިނަ ހެޔޮތަކެތި ކިޔަން އަހަރެންނަށް އެނގެއެވެ. ﷲ ގެ ފޮތްވެސް ކިޔަވަމެވެ.


އެކަމަކު އަޅާވަނީ ނިޢުމަތަކާއި ފާފައެއްގެ ދޭތެރޭގައިއެވެ.


އެހެންކަމުން ﷲ ތަޢާލާގެ ގިނަގުނަވެގެންވާ ނިޢުމަތްތަކަށް އަހަރެން އެކަލާނގެއަށް ޙަމްދުކުރަނީއެވެ.


އަދި އަހަރެންގެ ފާފަތައް ފުއްސަވާދެއްވުމަށް އެދި އަހަރެން އިސްތިޣުފާރުކުރަނީއެވެ."


އެހިނދު އަހަރެން ބުނީމެވެ:


"މި ތަކެތި އުފުލާމީހާވެސް ބަކުރަށްވުރެ ފިޤުހުވެރިއެވެ."


(އެހެން ރިވާޔަތެއްގައި އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވިދާޅުވިއެވެ: ﷲ ގަންދީ ބުނަމެވެ! އޭ ބަކުރެވެ! ތިޔަ ދިމާވީ ތިބާއަށްވުރެ މާބޮޑަށް ފިޤުހުވެރި މީހަކާއެވެ.) “


📚 އަންސާބުލް އަޝްރާފު، އައްޝުކްރު ލިއިބްނު އަބިއް ދުންޔާ، ޝުޢަބުލް އީމާން ލިލްބައިހަޤީ 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page