Search
”ޝަރީޢަތާއި ދީން ދިފާޢުކުރާކަމަށް ދަޢުވާކުރާ އޭ މިހިރަ މީހާއެވެ!
- --
- 2 hours ago
- 1 min read

ތިބާގެ ދައުރަކީ އޮތްގޮތަށް ފޯރުކޮށްދިނުމެވެ.
އޭނާ ހިތްހަމަޖެހޭ ގޮތަށް ބަދަލުކޮށް އޮޅުވާލުމެއް ނޫނެވެ.
ތިބާގެ ޒިންމާއަކީ ބަޔާންކޮށްދިނުމެވެ.
އަނެކާ ހިތްރުހޭ ގޮތަށް މަތިއޮމާންކޮށް ދަޅަދެއްކުމެއް ނޫނެވެ.
ތިބާގެ އަތުގައި އޮތް އަމާނާތް އަދާކުރުމެވެ.
އެމީހުން ލޯބިވާ އެއްޗެއް ތިބާ ފާޅުކޮށްފައި، އެމީހުން ނުރުހޭނެކަހަލަ ކަމެއްވިއްޔާ ފޮރުވުމެއް ނޫނެވެ.
އޭރުން ތިބާއަށް އެމީހުންނަށް ތިޔަދެވެނީ އެމީހުންގެ އަމިއްލަ އެދުންތަކާ އެއްބަސްވެ އެއްގޮތްވާ އިސްލާމްކަމެކެވެ.
އެކަމާމެދު ހުށިޔާރުވާށެވެ!
މިއީ ޔަހޫދީންވެސް ކަންތައްކުރި ގޮތެވެ. އެއީ ރޯމަނުންނާއި އެނޫން މީހުން ރުއްސުމަށް ބަސްތައް އޮންނަންޖެހޭ ތަނުން ބަދަލުކޮށްގެންނެވެ.
ދެން އެމީހުންނަށް ﷲ ގެ ލަޢުނަތް ޙައްޤުވިއެވެ.“
-ނަޤުލުކުރެވިފައި-























































































