”އެމީހެއްގެ ވިސްނުން ރަނގަޅުވެ، އެކަމަކު މޫނުމަތީގެ ސޫރަ ހުތުރުވެއްޖެ މީހާ,
- --
- 4 days ago
- 1 min read

☘️ އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ:
”އެމީހެއްގެ ވިސްނުން ރަނގަޅުވެ، އެކަމަކު މޫނުމަތީގެ ސޫރަ ހުތުރުވެއްޖެ މީހާ,
ފަހެ އޭނާގެ ނަފްސުގެ (ބުއްދިއާއި ވިސްނުމުގެ) ހެޔޮކަމުން އޭނާގެ މޫނުގެ ހުތުރުކަން ހަނދާން ނައްތާލައެވެ.
އަނެއްކޮޅުން އެމީހަކުގެ މޫނުމަތި ރީތިވެ، އެކަމަކު ވިސްނުން ކޮށި ވެއްޖެނަމަ, އޭނާގެ ނަފްސުގެ އުނިކަމާހުރެ މޫނުމަތީގެ ހުރި ރީތިކަން ދާހުއްޓެވެ.
އެހެންކަމުން ވިސްނުންތެރި މީހާގެ އަތުގައި އެއްޗެއް ނެތަސް ކަންބޮޑުވެ ހިތާމަކުރުމެއް ނެތެވެ.
އެހެނީ ބުއްދިވެރިޔާއަށް ތަނަވަސްކަން ލިބުމަށް އުއްމީދުކުރެވެއެވެ.
އަނެއްކޮޅުން ޖާހިލުމީހާ ކިތަންމެ ގިނައިން މުދަލާއި ފައިސާ ހުއްޓަސް، އޭނާގެ މުދާތައް ގެއްލިދިޔަ ނުދީ ބެހެއްޓޭނެކަމުގެ އިތުބާރެއް އޭނާއަކަށް ނެތެވެ.
ބުއްދިވެރިޔާގެ މުދަލަކީ އޭނާގެ ބުއްދިއާއި ވިސްނުމެވެ. އަދި އޭނާ އިސްވެކުޅަ ޞާލިޙު ޢަމަލެވެ.
ބުއްދިވެރިކަމަށްޖެހޭ އާފާތަކީ:
ކިބުރުވެރިކަމާއި، ހަލާކުކޮށްލަނިވި ބަލާވެރިކަމާއި،
ހިސާބަށްވުރެ ބޮޑަށް ފާގަތިވުމެވެ.
އެހެނީ ބަލާތައް ފުލުފުލުން ބުއްދިއަށް އަތުވެއްޖެނަމަ ބުއްދި ހަލާކުކޮށްލައެވެ.
އަދި ފާގަތިކަމާއި ތަނަވަސްކަން މާބޮޑަށް އައިސްފިނަމަ ބުއްދި މަޑުޖައްސާ ބުރަޖައްސައެވެ.“
📖 ރައުޟަތުލް ޢުޤަލާ 📖





































































































