top of page
Featured Posts

”ފަހަރެއްގައި ދިމާވާ އިޙްސާސެއް އެއީ ނުރުހޭ އިޙްސާސަކަށްވެދާނެއެވެ. މިސާލަކަށް ކަމަކާމެދު ބިރުގަތުމެވެ.

  • --
  • 16 hours ago
  • 1 min read

”ފަހަރެއްގައި ދިމާވާ އިޙްސާސެއް އެއީ ނުރުހޭ އިޙްސާސަކަށްވެދާނެއެވެ. މިސާލަކަށް ކަމަކާމެދު ބިރުގަތުމެވެ.


ދެން އެއިޙްސާސް ވަރުގަދަވެގެންވާނަމަ؛ އެކަމަކާމެދު ނަފުރަތްތެރިވެ، އަދި އެކަންކުރި މީހަކަށްވެސް ނަފުރަތުކުރުން މެދުވެރިކުރުވައެވެ. އެއީ ފިޠުރީގޮތުން ޠަބީޢަތް އެކަމަށް ލެނބިގެންވިޔަސްމެއެވެ.


މިސާލަކަށް އަންހެނާ ފިރިހެނާއަށް ލެނބެއެވެ. ދެން ފިރިހެނާއާމެދު ނުރުހުންވެ ނަފުރަތްތެރިވާ ކަހަލަ ކަމެއް އަންހެނާއަށް ދިމާވެ ވަރުގަދަ އިޙްސާސެއް އޭނާއަށް އާދެއެވެ.


އަދި އެއާއެކު އެއަންހެނާގެ ކިބައިގައި ޝަހުވަތުގެ އެދުން ފުއްދުމުގެ ބާރު ފޮރުވިގެންވެއެވެ. ދެން އެބާރު ހުއްޓުވާ ދުރަށްލާން އޭނާ ނުކުޅެދިއްޖެނަމަ އެހެން ކޮންމެވެސް ގޮތަކަށް އެބާރު އަނބުރާލާއެވެ. އެއްޖިންސުގެ ގުޅުމަށްވެސްދެއެވެ.


ފިރިހެނާ އަންހެނާއާމެދު މިހެން ކަންތައްވެއްޖެނަމަވެސް ހަމަ ކަންތައްވަނީ މިގޮތަށެވެ.


ނަފްސަށް ދިމާވާ ލޯބިވާކަހަލަ ރަނގަޅު އިޙްސާސްތައް ވަރުގަދަވެގެންވާނަމަ, ފަހަރެއްގައި ނުބައި ގޮތުގެ މައްޗަށް ޠަބީޢަތް ހުރި މީހަކު ހެޔޮ ރަނގަޅު ގޮތަށް އަނބުރާ އިޢާދަވެސް ކޮށްފާނެއެވެ.


މިސާލަކަށް ހަދިޔާބަދިޔާ ދީގެން އަދި ޒިޔާރަތްކޮށްގެން އެމީހަކު އުފާކޮށްދީގެންނެވެ.


ނުވަތަ މަދަޙަޘަނާއަށް ލޯބިކުރާ، ޖާހާއި މަޤާމެއް ލިބިގެންވާ މީހަކަށް ތަޢުރީފުކޮށް ޘަނާކިޔައިގެންނެވެ.


އަނެއްކޮޅުން ނުރުހުންވާ ކަހަލަ އިޙްސާސްތަކުން މީހަކު ނުބައިކަމަށް އަނބުރާވެސް ލާފާނެއެވެ.


މިސާލަކަށް ޙަރާމްގޮތުގައި ލޭ އޮހޮރުވާލަން މެދުވެރިކުރާ ގޮތަށް އަންނަ އިޙްސާސްތަކާއި ޝުޢޫރުތަކެވެ. ދެން އޭނާ އެގޮތަށް މީހަކު މަރާލައިފިނަމަ, އޭނާގެ ޞައްޙަ ޠަބީޢަތުން ކަމެއް މަރުވެގެން ބިދިގެންދިޔަހެން އިޙްސާސްވެއެވެ.


ދެން އޭގެ ސަބަބުން އޭނާގެ މަގުފުރެދުމާއި ކަސިޔާރުވުން އެކި ދިމާތަކަށް ގަދަވެގެންދެއެވެ..“


- ޝެއިޚު ޠަރީފީ -


📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page