އަހަރެންގެ ހަތަރު އަނބިން ތިބެއެވެ.
- --
- 6 days ago
- 1 min read

🍁 ޙައްޖާޖު ބްނު ޔޫސުފު (95ހ) ކިޔާދިންކަމަށް ރިވާކުރެވެއެވެ:
”އަހަރެންގެ ހަތަރު އަނބިން ތިބެއެވެ.
އެއީ: ހިންދު ބިންތު އަލްމުހައްލަބު އާއި،
ހިންދު ބިންތު އަސްމާއު ބްނު ޚާރިޖާ އާއި،
އުންމުލް ޖުލާސް ބިންތު ޢަބްދުއް ރަޙްމާނު ބްނު އުސައިދު އާއި،
އަމަތުއް ރަޙްމާނު ބިންތު ޖަރީރު ބްނު ޢަބްދި ﷲ އަލްބަޖަލީއެވެ.
ދެންފަހެ ހިންދު ބިންތު އަލްމުހައްލަބުގެ ގާތުގައި އަހަރެން ރޭކުރާ ރެޔަކީ: ޒުވާނުންތަކެއްގެ ތެރޭގައިވާ ޒުވާން ފުރައިގެ ކުއްޖެއް ކުޅެ މަޖާކުރުމުގައި ހޭދަކުރާކަހަލަ ރެޔެކެވެ.
ދެން ހިންދު ބިންތު އަސްމާއުގެ ގާތުގައި އަހަރެން ހޭދަކުރާ ރެޔަކީ: ރަސްކަލުންގެ ތެރެއިން ރަސްކަލެއް ހޭދަކުރާކަހަލަ ރެޔެކެވެ.
އަދި އުންމުލް ޖުލާސްގެ ގާތުގައި އަހަރެން ހޭދަކުރާ ރެޔަކީ: ރަށްފުށު ހިސާބު ބަދަވީއަކު އެހެން ބަދަވީންނާއެކު ވާހަކަތައް ދައްކާ، ޅެންތައް ކިޔާ އުޅުމުގައި ހޭދަކުރާކަހަލަ ރެޔެކެވެ.
އަދި އަމަތުއް ރަޙްމާނު ބިންތު ޖަރީރުގެ ގާތުގައި ހޭދަކުރާ ރެޔަކީ: ޢިލްމުވެރިންނާއި ފިޤުހުވެރިންގެ ތެރޭގައި ޢިލްމުވެރިޔަކު ހޭދަކުރާކަހަލަ ރެޔެކެވެ.“
📚 ޠަބާއިޢުއް ނިސާއު، އަލްޢިޤްދުލް ފަރީދު 📚























































































