”ނަފްސުގެ ކަންކަން ރާވާ ބެލެހެއްޓުމުގެ ތެރޭގައި: މަގުފުރެދިފައިވާ ބަޔަކުގެ ކިބައިގައިވާ މޮޅެތި ރިވެތި ކަންކަމަށް ބަލާ ވިސްނުން ދިގު ނުކުރުންވެއެވެ.
- --
- 2 days ago
- 1 min read

އެމީހުންގެ މަގުފުރެދުމާއި އެމޮޅެތި ކަންކަމާ ގުޅުމެއް ނުވެއެވެ.
އެހެނީ ނަފްސަކީ ވަޒަންހަމަވާ އެއްޗެއް ނޫނެވެ. ނަފްސު ކަންކަން މަސްހުނިކޮށްލައެވެ.
އެގޮތުން މީހަކު ބުރު ސޫރަ ރީތި ފުރިހަމަ، މުދާތައް ތަނަވަސްވެ، އެކަމަކު އެއާއެކު ޢަޤީދާއާއި ފިކުރު ފުރެދިގެންވާ މީހަކަށް ވެދާނެއެވެ.
ދެން މިފަދަ މީހަކުގެ ރީތިކަމާއި އޭނާގެ މޮޅެތި ތަކެއްޗަށްޓަކައި ބެލުމަކީ: އޭނާގެ ޢަޤީދާއާއި ޤަބޫލުކުރާ ގޮތްތަކާއި ފިކުރުވެސް ނަފްސަށް ރަނގަޅުކޮށް ޖަރީކޮށްދޭ ކަމެކެވެ.
އެއީ (ޙަޤީޤަތުގައި) އެ ދެކަންތަކުގެ ދެމެދުގައި އެކަތި އަނެކަތި ލާޒިމްކުރުމެއް ނެތިއެވެ.
ނަފްސުގެ ކަންކަން ރާވާ ކޮންޓުރޯލުކުރުމުގައި ބުއްދިން އަދާކުރަން ޖެހޭ ވާޖިބެއްކަމުގައި މިކަންވެއެވެ.
ގިނަ މީސްތަކުން މިތަނުން ލާފައި ވެއްޓިގެންދެއެވެ. އެއީ ނަފްސު ލޯބިކުރާ ލައްޒަތާއި، އަނެއްކޮޅުން ބުއްދިން ބޭނުންވާ ދަލީލުތަކާ ވަކިކޮށް ތަފާތުކުރުމެއް ނެތިއެވެ.
މިހެންވެ ފަޤީރުން މުއްސަނދިން ކޮޕީކޮށް، އަދި ބަލިކަށިމީހުން ވަރުގަދަ މީހުން ކޮޕީކޮށްގެން އެމީހުން ގޮތަށް އުޅެވޭތޯ ބަލައެވެ.
އަދި ޢަޤީދާއާއި ފިކުރާއި، އުޅުމާއި ޙާލަތުގައިވެސް އެގޮތަށް ކަންތައްކުރުމުގެ ސަބަބުން ބޯލަނބައިގެން ދެއެވެ.
މިފަދަ ދަނޑިވަޅުތަކުގައި ނަފްސުގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމުގެ ތެރޭގައި: ބެލުން ދިގުނުކުރުންވެއެވެ.
އެއްވެސް ވަރަކަށް ނުފެންނަ ވާހަކައެއް ނޫނެވެ. އެހެނީ ލޯ އުފެއްދެވުނީ ހުއްދަ ތަކެއްޗަށް ބެލުމަށެވެ.
ނަމަވެސް މިތަނުގައި މުރާދަކީ ބެލުން ދިގުނުކުރުމެވެ. އެހެނީ މިކަމަކީ ވަޤުތު ދާ ވަރަކަށް، މަތިކޮށް މޮޅުކުރުމާއި، ހައިބަތުދީ ފަސްޖެހުމާއި، ތަބަޢަވެ އެގޮތަށް އުޅުމުގެ އަހުރާމު ބިނާކުރާ ކަންތަކެވެ.
ﷲ ތަޢާލާގެ ބަސްފުޅުވަނީ މިކަމުގައިއެވެ:
(لَا تَمُدَّنَّ عَیۡنَیۡكَ) (الحجر: ٨٨)
"ތިބާގެ ދެލޯ ދިއްކޮށްގެން ބަލަން ނުހުންނާށެވެ."
«މައްދު» ކުރުމަކީ ދިގުކުރުމެވެ.
"ތިބާގެ ބެލުން ތިރިކުރާށޭ" އެކަލާނގެ އެކަމުގައި ނާންގަވައެވެ...“
- ޝެއިޚު ޠަރީފީ -
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖





































































































