ދުނިޔެއަކީ އޭގެ ފަހަތުން ހޯދަން އުޅޭ މީހާގެ އަމީރެވެ.
- --
- 2 hours ago
- 1 min read

❄️ ޔަޙްޔާ ބްނު މުޢާޛު (258ހ) ވިދާޅުވިއެވެ:
”ދުނިޔެއަކީ އޭގެ ފަހަތުން ހޯދަން އުޅޭ މީހާގެ އަމީރެވެ.
އެ ދުނިޔެ ދޫކޮށްލާ މީހާއަށްހުރި ޚާދިމެކެވެ.
ދުނިޔެއަކީ ހޯދައިގަނެވޭ އަދި އެހެން މީހުން ހޯދާ އެއްޗެކެވެ.
ފަހެ އެދުނިޔެ ހޯދަން އުޅެފި މީހާއަށް އެދުނިޔެ ދެކޮޅުހަދައެވެ. އެދުނިޔެއަށް ދެކޮޅުހަދައިފި މީހާގެ ފަހަތުން އެދުނިޔެ ހޯދަން ދެއެވެ.
ދުނިޔެއަކީ އާޚިރަތަށްވާ ފާލަމެކެވެ. ފަހެ އެފާލަން ހުރަސްކޮށްލާފައި ދާށެވެ.
އަދި އެތަން އާރާސްތުކުރަން ނޫޅޭށެވެ. ފާލަންތަކެއްގެ މަތީގައި ގަނޑުވަރުތަކެއް އެޅުމަކީ ވިސްނޭ ހަމަޖެހޭ ކަމެއް ނޫނެވެ.
ދުނިޔެއަކީ ކައިވެނިކުރެވޭ އަންހެނެއްފަދަ އެއްޗެކެވެ. އޭގެ ފަހަތުން އުޅޭ މީހާއަކީ އޭނާގެ ބޮލުފުނާއަޅާދޭ މީހާއެވެ.
އެއާމެދު ޒުހުދުވެރިވެއްޖެނަމަ އިސްތަށިތައް އުފުރާ، މޫނު ކަޅުކޮށް، ހެދުންތައް ވީދައެވެ.
ދުނިޔެ ވަރިކޮށްލައިފި މީހާ, ފަހެ އޭނާގެ އަތްނބެއްކަމުގައި އާޚިރަތް ވެދެއެވެ.
ދުނިޔެއަކީ ފަހެ ބުއްދިވެރި ވިސްނޭމީހުން ވަރިކޮށްލާނޭ އެއްޗެކެވެ. ދުވަހަކުވެސް އޭގެ ޢިއްދަ ހަމަނުވާނެއެވެ.
އެހެންކަމުން ތިބާ ދުނިޔެ ދޫކޮށްލާށެވެ.
ދުނިޔެމަތިން ހަނދާންކޮށް އުޅޭނެކަމެއް ނެތެވެ.
އަދި އާޚިރަތް މަތިން ހަނދުމަކުރާށެވެ.
އޭގެ މަތިން ހަނދާން ނައްތާނުލާށެވެ.
އަދި ދުނިޔެއިން ތިބާ ނަގަންވީ އާޚިރަތަށް ތިބާ ފޯރުކޮށްދޭނެ އެއްޗެކެވެ.
އަދި ތިބާއަށް އާޚިރަތް މަނާކުރާނޭ އެއްޗެއް ދުނިޔެއިން ނުނަގާށެވެ.“
📖 ޙިލްޔަތުލް އައުލިޔާ 📖























































































