top of page
Featured Posts

”ނަފްސުގެ ހަރުލާފައި ހުރި ޠަބީޢަތް ދެނެގަތުމާއި، އަދި ނަފްސުގެ އެދުންވެރިކަން ބުއްދިން ވަޒަންކުރުމަށް އެއިން ކުރާ އަސަރު:

  • --
  • 14 hours ago
  • 1 min read

ނަފްސުގެ ޠަބީޢަތުގެ ހުރި ޞިފަތަކަކީ ކޮބައިކަން ނޭނގެނީސް، ނަފްސު ޝަހުވަތްތައް ނަގައިގަންނަ ގޮތް ވަޒަންކުރަން ބުއްދިއަށް ކުޅަދާނަނުވެއެވެ.


ނަފްސުތަކުގައިވާ ކޮންމެ ޠަބީޢަތަކުންވެސް، އެތައް ބައިވަރު ޝަހުވަތްތައް އެނަފްސު ބަލައިގަންނަ ގޮތަށް އަސަރުކުރެއެވެ.


އެގޮތުން ނަފްސަކީ މަތިވެ ބޮޑުވެގަންނަން ބޭނުންވާ ނަފްސެއްނަމަ؛ މީސްތަކުންގެ މަދަޙަ ތަޢުރީފު ބަލައިގަތުން މަދުކުރަން ޖެހެއެވެ.


އެއީ އެ ޠަބީޢަތާއެކު މަދަޙަޘަނާ ލިބުމުން؛ ހެއްލުންތެރިކަމާއި، ބޮޑާކަމާއި، ނަފްސުގެ ޢައިބުތައް ހަނދާންނައްތާލުމަށް ދިޔަދޭކަމަކަށް ނުވުމަށެވެ.


އޭގެ އަނެއްކޮޅަށްވަނީ: ބަލިކަށި، އަދި އެއްޗެހިކިޔޭހިނދު ހިތްވަރު އެލިގެންދާ ނާޒުކު ނަފްސެވެ.


ފަހެ ބުއްދިން އެފަދަ ނަފްސުތައް ބެލެހެއްޓުމުގެ ތެރޭގައި: އެނަފްސަށް އެއްޗެހިކިޔި ނުބައިކޮށްފައި ޢައިބުކިޔޭ މަޤާމުތަކުން ނަފްސު ދުރުކުރުންވެއެވެ.


އެއީ އެނަފްސުގައި ހުރި ބަލިކަށި ޠަބީޢަތަށް އެއްޗެހިކިޔުން ގިނަވެގެން ދެން ޢަމަލުކުރުން ދޫކޮށްލާ ސަބަބަކަށް އެކަންވިޔަ ނުދިނުމަށެވެ.


އެކަމަކު ނަފްސަށް ކިޔޭ ފާޑުކިޔުންތަކުން ނަގަންވާނީ އެނަފްސު ސީދާކޮށް ހަމަމަގަށް އެޅުވޭ ކަންކަމެވެ. އެއަށްވުރެ އިތުރުވާ ތަކުރާރު ކުރުންތަކުން ދުރުވެ އެއްކިބާވާނީއެވެ.


ފަހަރެއްގައި މިކަންކަމުގައި ނަފްސު ރާވައިގެން ނުބެލެހެއްޓޭނަމަ؛ އެއީ މަދަޙަޘަނާއާއި ފާޑުކިޔުންތައް އަންނަ ގޮތެއްގެ މައްޗަށް ރައުޔުތަކާއި ޢަޤީދާތައް ފުރޮޅާ ބަދަލުކުރުމަށް ގެންދާކަމަކަށް ވެދާނެއެވެ.


ދެކޭ ގޮތް ބަދަލުކުރި ބައެއް މީހުން އެކަންކުރީ ކޮންމެހެން ވިސްނުން ވަރުގަދަވެގެން ނޫނެވެ!


އެކަމަކު ނަފްސު ބުއްދީގެ މައްޗަށް ގަދަވެގަތުމުންނެވެ.


ބުއްދި ހޯދަން އުޅެނީ ދަލީލުތަކެވެ.


ނަފްސު ހޯދަން އުޅެނީ ޝަހުވަތެވެ.“


- ޝެއިޚު ޠަރީފީ -


📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page