Search
އެއްވެސް އަޅެއްގެ ހިތުގައި ދުނިޔެ ހަމަޖެހި ޤަރާރުވެއްޖެނަމަ އޭނާގެ ހިތުގައި ތިން ކަމެއް އެލިގަނެގެން މެނުވީ ނުވެއެވެ:
- --
- 1 day ago
- 1 min read

🍂 ޢީސާ عليه الصلاة والسلام ވިދާޅުވިކަމަށް ރިވާކުރެވެއެވެ:
”އެއްވެސް އަޅެއްގެ ހިތުގައި ދުނިޔެ ހަމަޖެހި ޤަރާރުވެއްޖެނަމަ އޭނާގެ ހިތުގައި ތިން ކަމެއް އެލިގަނެގެން މެނުވީ ނުވެއެވެ:
▪️ވަރުބަލިކަން ފިލައިނުދާނޭ އަވަދިނެތިވުމެކެވެ.
▪️އަދި ފުދުންތެރިކަން ހޯދައިނުގަނެވޭ ފަޤީރުކަމެކެވެ.
▪️އަދި ނިމުމަށް ނުފޯރާނޭ އުއްމީދުތަކެކެވެ.
ދުނިޔެއަކީ ހޯދާ އަދި ހޯދައިގަނެވޭ އެއްޗެކެވެ.
އެގޮތުން އާޚިރަތް ހޯދަން އުޅޭ މީހާ،
އޭނާގެ ރިޒްޤު ފުރިހަމަވަންދެން ދުނިޔެ އޭނާ ހުރިތާކުން ހޯދާނެއެވެ.
އަދި ދުނިޔެ ހޯދަން އުޅޭމީހާ,
އާޚިރަތް އޭނާގެ ފަހަތުން ހޯދާ، މަރު އައިސް އޭނާގެ ކަނދުރާގައި ހިފައިގެން ގެންދާނެއެވެ.“
📚 އައްޒުހްދު ލިއިބްނު އަބިއް ދުންޔާ، ތާރީޚު ދިމަޝްޤު، ޢުއްދަތުއް ޞާބިރީން 📚























































































