Search
”އޭނާގެ ވިސްނުމާ ގުޅޭ "އަންޑަރސްޓޭންޑިންގ" އަންހެނަކު ހޯދަން ވަރުބަލިވެގެން އުޅެއެވެ.
- --
- 2 days ago
- 1 min read

އޭ އަޚާއެވެ!
ތިބާއާ އެއްފަދަ ފިރިހެނަކާ މެނުވީ ތިބާގެ ވިސްނުމާ އެއްގޮތްވެ އަންޑަރސްޓޭންޑު ނުވެވޭނެއެވެ.
ދެންފަހެ އަންހެނާއަށް ބަލާއިރު ތިޔަ ދެމީހުންގެ ގުޅުމަކީ އެކަކު އަނެކަކުގެ ވިސްނުން ފަހުމްވެ ދޭހަވުމަށްވުރެ މާ މަތީ ގުޅުމެކެވެ. އެއީ އެކަކު އަނެކަކު ފުރިހަމަކޮށްދޭ ގުޅުމެކެވެ.
އެހެންކަމުން، ތިބާގެ ވިސްނުމާއި ޚިޔާލާ އެއްގޮތްވެ ވިސްނޭ އަންހެނަކު ހޯދަން ތިބާއަށް ޙާޖަތެއް ނުވެއެވެ.
ތިބާ ޙާޖަތް ޖެހިގެންވަނީ ތިބާގެ ވިސްނުމާއި ޚިޔާލާއެކު ތިބާ ބަލައިގަންނަ އަންހެނަކު ހޯދުމެވެ.
އެހެންކަމުން އެކަކު އަނެކަކުގެ ޚިޔާލު އެއްގޮތަށް ވިސްނޭ މީހަކު ހޯދަން ވަޤުތު ނަގައިނުލާށެވެ.
ފަހެ އިންސާނާގެ ވިސްނުމާއި ޚިޔާލު ދިމާވާނީ ހަމަ އޭނާއާ އެއްފަދަ އެހެން މީހަކާއެވެ.
އަނެއްކޮޅުން ފިރިހެނާއަކީ އަންހެނާއާ އެއްފަދަ އެއްގޮތް މީހެއް ނޫނެވެ.“
-ނަޤުލުކުރެވިފައި-



































































































