ނަފްސުގެ ޝަހުވަތްތަކަކީ ބުއްދިއަށް އެންމެ ބޮޑަށް އަސަރުކުރުވާ ކަންކަމެވެ.
ނަފްސުގެ ޝަހުވަތްތަކަކީ ބުއްދިއަށް އެންމެ ބޮޑަށް އަސަރުކުރުވާ ކަންކަމެވެ. އަދި ނަފްސުގެ ޠަބީޢަތްތަކުގައި ނުވާކަހަލަ ބާރަކާއި އަތްގަދަކުރުމަކާއި ވެރިވުމެއް ޝަހުވަތްތަކަށް ލިބިގެންވެއެވެ. އެގޮތުން ނަފްސު ޝަހުވަތެއްގައި ޖެހި އެދުންވެރިވާހިނދު ބުއްދި އަސީރުކޮށްލައެވެ. އަދި އެނަފްސުގެ އެދުންތައް ޙަޤީޤަތަކަށް ހެދުމަށް ބުއްދި ދަމާ ގެންދެއެވެ. ޝަހުވަތްތަކުން އަސީރުވެގެންވާ ނަފްސަށް ކިޔަނީ ފަޤީރު ނަފްސެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި...
--
3 days ago1 min read


ހޯދައިގަނެ އަށަގަންނަ ޠަބީޢަތްތައް
އެއީ އިންސާނާއާއެކު އުފަންނުވާ ޠަބީޢަތްތަކެވެ. އެކަމަކު އެޠަބީޢަތްތައް އަށަގަންނަނީއެވެ. މިސާލަކަށް: ކިބުރުވެރިކަމާއި ހިތްތިރިކަން، މަޑުމައިތިރިކަމާއި ހަރުކަށިކަން، ދީލަތިކަމާއި ދަހިވެތިކަމެވެ. އެފަދައިން ރަށްފުށު ހިސާބާއި ސަހަރާތަކުގައި އުޅޭ މީހާ ހަރުކަށިކަމާއި ވަރުގަދަކަމާއި، ހިތްހަރުކަމާއި ކައްޓަރުކަމުގެ ޠަބީޢަތް ޖެހެއެވެ. ސިޓީތަކާއި އަތިރިހިސާބުގައި އުޅޭ މީހުން އޭގެ އިދިކޮޅެވެ. އެގޮތުން އެއީ ޠަބީޢަތްތައް މަޑުކުރުވާ ކަމެކެވެ. އަދި ދީލަތިމީހުންނާއެކު އުޅޭ މީހާ ދީލަތިކަމުގެ
--
4 days ago2 min read


އިންސާނާ މީސްތަކުންނާ އޮންނާ ގުޅުމުގައި އޭނާގެ ނަފްސު ބެލެހެއްޓުން:
އިންސާނާގެ ނަފްސާ މީސްތަކުންނާ އޮންނަ ގުޅުން އޭނާގެ ބުއްދި ބޭނުންކޮށްގެން ރާވާ ހަމަޖައްސަން ޖެހެއެވެ. އެހެނީ އޭނާގެ އަމިއްލަ ނަފްސުގެ ޠަބީޢަތާއި ނަފްސު ލެނބޭ ކަންތައް އެންމެ ބޮޑަށް ދަންނަނީ އޭނާއެވެ. އެގޮތުން އެހެން އެއްޗަކުން އެނަފްސަށް އުނދަގޫ ނުޖައްސާ، އަދި އެނަފްސުން އެހެން މީހަކަށްވެސް އުނދަގޫ ނުޖައްސާހުއްޓެވެ. އެކަންވާނެ ގޮތަކީ: އޭނާ އެބަޔަކާ އެކުވެ މަސްހުނިވެ އުޅޭ ނުވަތަ އެކުވެރިވެ ނުވަތަ ބައިވެރިވެގެން އުޅޭ މީހުންގެ ނަފްސުތައް ދެނެގަނެ، އަދި އެމީހުންގެ ނަފްސުތަކާ އޭނާ
--
Jan 71 min read


ދަހިވެތިކަމުގެ ފަރުވާ ބަޔާންކުރުން:
💥 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ދަހިވެތިކަމުގެ ފަރުވާ ބަޔާންކުރުން: ދަންނާށެވެ! ދަހިވެތިކަމުގެ ސަބަބަކީ މުދަލާއި ފައިސާއަށް އޮންނަ ލޯތްބެވެ. ފައިސާދެކެ ލޯބިވުމަށް ދެ ސަބަބެއްވެއެވެ: ފުރަތަމައީ: ފައިސާއިން ލާފައި މެނުވީ އެއަށް ވާޞިލު ނުވެވޭނެ ޝަހުވަތްތަކަށް އޮންނަ ލޯތްބެވެ. އަދި އެއާއެކު (ދުނިޔޭގައި ގިނަ ދުވަހު ހުރުމަށް އޮންނަ) އުއްމީދުތަކާއި ހުވަފެންތައް ދިގުލުމެވެ. އެހެނީ އިންސާނާ މާދަމާ މަރުވާނޭކަން އެނގިއްޖެނަމަ އެހިނދުން އޭނާގެ މުދަލާއި ފައިސާގައި ދަހިވެތިނުވާނެއ
--
Jan 62 min read


ދަންނާށެވެ! ދީލަތިކަމާއި ދަހިވެތިކަންވަނީ ދަރަޖަތަކަކަށެވެ.
🧊 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ: ”ދަންނާށެވެ! ދީލަތިކަމާއި ދަހިވެތިކަންވަނީ ދަރަޖަތަކަކަށެވެ. ދީލަތިކަމުގެ އެންމެ މަތީ ދަރަޖައަކީ: އަމިއްލަ ނަފްސަށްވުރެ އަނެކާ ކުރިއަށް ނެރެ އިސްކުރުމެވެ. އެބަހީ: ތިމާ ޙާޖަތް ޖެހިގެންވާ ޙާލުވެސް ފައިސާ އަނެކާއަށް ދިނުމެވެ. ދީލަތިކަމަކީ ބޭނުން ނުޖެހޭ އެއްޗެއް، ބޭނުން ޖެހިގެންވާ އެހެން މީހަކަށް ނުވަތަ ބޭނުން ނުޖެހޭ މީހަކަށްވިޔަސް ދިނުމެވެ. އަމިއްލައަށް ބޭނުން ޖެހިގެންވުމާއެކު ހޭދަކުރުމަކީ މާ އުނދަގޫކަމެކެވެ. ދީލަތިކަން، އިންސާނާ އެ އެއްޗަ
--
Jan 52 min read


ނަފްސުގެ ޠަބީޢަތާއި މިޒާޖު ޞައްޙަ ޢަމަލަކާ އެއްގޮތްވެ ދިމާވުން
ނަފްސުތަކުގައި ހުންނަ ޠަބީޢަތް ފަހަރެއްގައި ހެޔޮ ރަނގަޅު ޢަމަލުތަކަކާ ދިމާވެދާނެއެވެ. އޭރުން ނަފްސު އެޢަމަލުތަކަށް ވަރުގަދައަށް ލެނބެއެވެ. އެއީ ޠަބީޢަތް އެއަށް ލެނބޭތީ އަދި ހެޔޮ ޢަމަލަކަށްވެސްވާތީ ދެކަންތައް ޖަމަޢަވެގެންނެވެ. މިގޮތަށް ދިމާވުމަކީ ތައުފީޤުލިބި ރަޙުމަތެއް ލިބުންކަމުގައި ޞިފަކުރެވެއެވެ. ނަމަވެސް ބުއްދީގެ މައްޗަށްވަނީ އެހިނދުން ނަފްސާ ދެކޮޅަށް ގަދައަޅާ މަސައްކަތްކޮށް ޖިހާދުކުރުމެވެ. އެއީ ނަފްސު އެކުރާ ޢަމަލުގައި ތެދުވެރިވެ އިޚްލާޞްތެރިވެގެންވުމަށެވެ. އެނަފްސު އެޢަ

haqqubooks
Jan 42 min read


ގިނަ ހެޔޮ ކަންތަކަކަށްވުރެ، ތައުބާވުން އެއާއެކު ގުޅިގެންވި ފާފައެއް އަޅާއަށް މާފައިދާ ބޮޑުވެގެންވެދާނެއެވެ.
🔥އިބްނުލް ޤައްޔިމު (751ހ) ވިދާޅުވިއެވެ: ”ގިނަ ހެޔޮ ކަންތަކަކަށްވުރެ، ތައުބާވުން އެއާއެކު ގުޅިގެންވި ފާފައެއް އަޅާއަށް މާފައިދާ ބޮޑުވެގެންވެދާނެއެވެ. މިއީ ބައެއް ސަލަފުން ވިދާޅުވެފައިވާ މިބަސްފުޅުގެ މާނައެވެ: "އަޅާ ފާފައެއް ކޮށް، ދެން އޭގެ ސަބަބުން ސުވަރުގެ ވަދެއެވެ. އަދި ހެޔޮކަމެއް ކޮށް އޭގެ ސަބަބުން ނަރަކައަށް ވަދެއެވެ." އެމީހުން ބުންޏެވެ: "އެއީ ކިހިނެއްވާނޭ ކަމެއްތޯއެވެ؟" އެބޭކަލަކު ވިދާޅުވިއެވެ: "އޭނާ ފާފައެއްކޮށް، ދެން އެފާފަ އޭނާގެ ދެލޯ ދެމެދުގައި ފެންނަން ހުރުން މެދު ނ
--
Jan 32 min read


މަރު ހަނދުމަކުރުން ގިނަކޮށްފިމީހާ ވަކި އޭނާގެ އަޖަލުޖެހުމުގެ ކުރިން މަރެއް ނުވާނެއެވެ!
💥 ޔަޙްޔާ ބްނު މުޢާޛު (258ހ) ވިދާޅުވިއެވެ: ”މަރު ހަނދުމަކުރުން ގިނަކޮށްފިމީހާ ވަކި އޭނާގެ އަޖަލުޖެހުމުގެ ކުރިން މަރެއް ނުވާނެއެވެ! އެއާއެކު އޭނާއަށް ތިން ހެޔޮކަމެއް ލިބެއެވެ: ▫️ފުރަތަމައީ: ތައުބާވުމަށް އަވަސްވުމެވެ. ▫️ދެވަނައީ: ލިބުނު މަދު ރިޒްޤަކަށްވެސް ހިތްރުހި ފުދުންތެރިވުމެވެ. ▫️ތިންވަނައީ: އަޅުކަމުގައި މުރާލިވެ ހީވާގިވުމެވެ. ދުނިޔެއަށް ދަހިވެތިވެގެން އުޅޭ މީހާ ފަހެ، ﷲ އޭނާއަށް ލިޔުއްވާފައިވާ އެއްޗަކަށްވުރެ ވަކި ބޮޑަކަށް ނުކެވޭނެއެވެ. އަދި އެއާއެކު އޭނާއަށް ތިން ޢައިބެއް
--
Jan 21 min read


ސުންނަތާއި ޖަމާޢަތުގެ އިމާމުންނާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ކިބައިގައި ޢިލްމާއި ޢަދުލުވެރިކަމާއި ރަޙުމްކުރުންވެއެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ: ”ސުންނަތާއި ޖަމާޢަތުގެ އިމާމުންނާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ކިބައިގައި ޢިލްމާއި ޢަދުލުވެރިކަމާއި ރަޙުމްކުރުންވެއެވެ. އެގޮތުން އެއިން ސުންނަތާ ދިމާވާނޭ، އަދި ބިދުޢައިން ސަލާމާތްވާނޭ ޙައްޤަކީ ކޮބައިކަން އެމީހުން ދަނެއެވެ. އަދި އެއިން ބޭރުވާ މީހުންނާމެދު ސުންނަތުގެ އަހުލުވެރިން ޢަދުލުވެރިވެއެވެ. އެއީ އެމީހުން ސުންނަތުގެ އަހުލުވެރިންނަށް އަނިޔާވެރިވިޔަސްމެއެވެ... އަދި އެމީހުން ޚަލްޤުތަކުންނަށް ރަޙުމްކުރެއެވެ.

haqqubooks
Jan 21 min read


'އޭ އަބޫ ޢަބްދުއްރަޙްމާނުއެވެ! ތިބާގެ ގާތުގައި ދައްކަންޖެހޭ ވާހަކައެއް އެބައޮތެވެ.'
ޢުޘްމާނު ބްނު ޢައްފާނުގެ ޚިލާފަތުގައި، އެއްފަހަރަކު މިނާގެ ބިމުގައި އެކަލޭގެފާނާއި އިބްނު މަސްޢޫދުއާއި ބައްދަލުވިއެވެ. އެއިރު އިބްނު...

haqqubooks
Nov 28, 20231 min read








































