top of page
Featured Posts

”ނަފްސާ ދެކޮޅަށް ޢިލްމާއި އީމާންކަން ޖަމަޢަވުން:

  • --
  • May 4
  • 1 min read

އިންސާނާގެ ކިބައިގައި ޢިލްމާއި އީމާންކަން ޖަމަޢަވެއްޖެނަމަ,


އޭނާގެ ނަފްސުގެ ޝަހުވަތްތައް ކޮންޓުރޯލުކޮށް މަތަކުރުމުގައި އޭނާ ވަރުގަދަވެގެންވެއެވެ.


އަދި އޭނާގެ ނަފްސަށާއި އެނޫން ނަފްސުތަކަށްވެސް ބޯނުލަނބާ މީހެއްކަމުގައި އެ ދެކަންތައް އޭނާ ހަދައެވެ.


އިންސާނާގެ ކިބައިގައިވާ ޢިލްމާއި އީމާންކަން އުނިވެގެންވީވަރަކަށް އެއިންސާނާގެ ބުއްދި ބޭނުންގޮތަކަށް އަނބުރާލާ، އެބުއްދިއަށް ބާރުފޯރުވުން ފަސޭހަވެއެވެ.


މިހެންވެ، ސުލްޠާނު މީސްތަކުންގެ މެދުގައި ބޭނުންގޮތަކަށް ވެރިކަންކުރަން ބޭނުންވެއްޖެނަމަ މީސްތަކުންގެ ޢިލްމާއި އީމާންކަން ނިގުޅައިގަނެއެވެ.


އެހެނީ ޖާހިލު ބުއްދިއަކީ ޝުބުހަތަކަށް ލަންބުވާލަން ފަސޭހަ އެއްޗެކެވެ.


އަދި އީމާންކަން ނެތް ބުއްދި ޝަހުވަތްތަކަށް ލަންބުވާލަން ފަސޭހަވެގެންވެއެވެ.


ޢިލްމާއި އީމާންކަން ޖަމަޢަވެގެންވުން ވަރުގަދަކޮށްވާނަމަ؛ ޠަބީޢީ ޞިފަތައް މަތަކޮށް ކޮންޓުރޯލުކުރަން ވަރުގަދަކޮށްދެއެވެ.


އަބޫބަކުރު އާއި ޢުމަރު رضي الله عنهما ޢިލްމާއި އީމާންކަމުގެ ކުރީ ސަފުގައި ތިއްބެވިހިނދު، ދެން ޢަރަބިންގެ ޤަބީލާތަކެއް މުރުތައްދުވެ ނުކިޔަމަންތެރިވި ޙާދިސާ އައިހިނދު، އަބޫބަކުރުގެފާނު މަޑުމައިތިރިކަމުގެ ޠަބީޢަތްހުރެ، އަދި އަނެއްކޮޅުން ޢުމަރުގެފާނު ހަރުކަށިކަމުގެ ޠަބީޢަތްހުރިހިނދު,


އަބޫބަކުރުގެފާނުގެ މަޑުމައިތިރިކަމުގެ ޠަބީޢަތާ ދެކޮޅަށް ޖިހާދުކުރައްވާ ހަރުކަށިކަމުގައި ހިއްޕެވިއެވެ.


އެއީ ހަރުކަށިކަމަކީ ޢުމަރުގެފާނުގެ ޠަބީޢަތްކަމުގައިވެ ޢުމަރުގެފާނު ކުރިއަށް ނެރުން އައުލާވެގެންވާ ޠަބީޢަތްކަމުގައި ވުމާއެކުއެވެ.


ޢުމަރުގެފާނުގެ އީމާންކަމާއި ޢިލްމު ވަރުގަދަވެގެންވުމުން އެންމެ ފުރަތަމަކޮޅު އެކަލޭގެފާނުގެ އިޖްތިހާދުން އެކަލޭގެފާނުގެ ޠަބީޢަތާ ޚިލާފުވެލެއްވިއެވެ.


އެގޮތުން އެކަލޭގެފާނު އެނޫން ގޮތަކަށް ދެކެލެއްވުމަކަށް އެކަލޭގެފާނުގެ ހަރުކަށި ޠަބީޢަތް އަސަރެއް ނުކުރިއެވެ.


އެއީ ޢުމަރުގެފާނުގެ ޠަބީޢަތާ އެއްގޮތްވާގޮތަށް އެފަހަރުވީ އަބޫބަކުރުގެފާނުގެ ޙުއްޖަތް ސާފުވެއްޖައުމަށް ދާންދެނެވެ.


ދެން ދަލީލަށްޓަކައި އެކަލޭގެފާނު އެގޮތުގައި ހިއްޕެވިއެވެ. ޠަބީޢަތަށްޓަކައިއެއް ނޫނެވެ.


އެއިން ކޮންމެ ބޭކަލެއްވެސް އެބޭކަލެއްގެ ޠަބީޢަތް އެބޭކަލަކު އެކުރެއްވި ޢަމަލަށް އަސަރު ނުގެނުވައެވެ.


ތަފާތަކީ އެންމެ ފުރަތަމައިންވެސް ޙައްޤާ ދިމާވެގެން އަބޫބަކުރުގެފާނުގެ ޢިލްމާއި އީމާންކަން އިތުރުވެގެންވީކަމެވެ.“


- ޝެއިޚު ޠަރީފީ -


📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page