ޖަމަލު ހަނގުރާމައިގެ ދުވަހު އުންމުލް މުއުމިނީން ޢާއިޝާ (57ހ) ނިކުމެވަޑައިގަންނަވަން ޤަޞްދުކުރެއްވިހިނދު އުންމުލް މުއުމިނީން އުންމު ސަލަމާ (61ހ) އެކަމަނާއަށް ލިޔުއްވިކަމަށް ރިވާކުރެވެއެވެ:
- --
- 7 hours ago
- 1 min read

”އަންހެނުން ޖިހާދުކުރަން ޖެހޭނެކަމަށްވާނަމަ ﷲ ގެ ރަސޫލާ صلى الله عليه وسلم ކަމަނާއަށް އެކަމަށް ޢަހްދު ހިއްޕެވީހެވެ.
ކަމަނާ (ރަނގަޅު ސީދާ ގޮތުން) ފޭވެއްޖެއެވެ! ފޭވެއްޖެއެވެ!
ރަށްތަކަށް ދަތުރުފަތުރުކޮށް، ކުރިއަށް ނިކުމެއުޅުން އެކަލޭގެފާނު ކަމަނާއަށް ނަހީކުރެއްވިކަމެއް ނޭނގޭހެއްޔެވެ!؟
ފަހެ ދީނުގެ ތަނބު އަރިއަޅައިފިނަމަ އަންހެނުން މެދުވެރިކޮށް އެ ޘާބިތެއް ނުކުރެވޭނެއެވެ!
އަދި އޭގައި ބާގަނޑެއް ހެދިއްޖެނަމަ އަންހެނުންނަކަށް އެ ފޫބައްދާ އިޞްލާޙެއް ނުކުރެވޭނެއެވެ!
އަންހެނުންގެ ޖިހާދަކީ އެހެން ރިވާޔަތެއްގައި: އަންހެނުންނަށް ޙަމްދު ތަޢުރީފު ލިބޭ ކަންކަމަކީ]
ބެލުންތައް ތިރިކުރުމާއި،
އަބުރުތައް ހިފަހައްޓާ ލަދުވެތިވުމާއި
[އެހެން ރިވާޔަތެއްގައި: ހެދުމުގެ ފަސްބައިތައް ހިފެހެއްޓުމާއި] ،
(ލޫޅާފަތި ހިނގުން ދޫކޮށްލާފައި) ލަސް، ބަރު ފިޔަވަޅުތަކުން ހިނގުމެވެ.(އެބަހީ: ނިކުމެ ހިނގާބިގާވެ އުޅުން މަދުކުރުމެވެ.)..“
📚 ޣަރީބުލް ޙަދީޘް ލިއިބްނު ޤުތައިބާ، އަލްޢިޤްދުލް ފަރީދު 📚

































































































