top of page
Featured Posts

”ތިބާގެ އަންހެން ދަރިފުޅު މީހަކާ ނީނދެ ހުންނަން ހިތްވަރުދިނުމާމެދު ތިބާ ހުށިޔާރުވެ ޚަބަރުދާރުވާށެވެ!

  • --
  • 5 hours ago
  • 1 min read

އެގޮތަށް ތިމަންނާ ހިތްވަރުދެނީ ކިހިނެއްހެއްޔެވެ؟


އެކަމަށް ހިތްވަރުދޭން ބޭނުންކުރާ ފެތުރިގެންވާ ފަސް ގޮތެއް އަހަރެން ތިބާއަށް ކިޔާދޭނަމެވެ. ތިބާގެ އަންހެން ދަރިފުޅަށް އަދި އެކުއްޖާގެ މުސްތަޤްބަލަށް އެކަމުގެ ނުރައްކާ ނޭނގިހުރެވެސް ތިބާ އެކަމަށް ވެއްޓިފައި ވެދާނެއެވެ:


1- އާމްދަނީ ހޯދަން މަސައްކަތްކުރުމާއި ވަޒީފާ އަދާކުރުމުގެ ދަރަޖަ ބޮޑުކޮށް މަތިކުރުމެވެ. ޚާއްޞަކޮށް ޑޮކްޓަރީކަމާއި އިންޖިނޭރުކަންފަދަ ވަޒީފާތަކެވެ.


އެހެނީ ވަޒީފާ އަދާކުރުމުގެ ދަރަޖަ ބޮޑުކޮށް މަތިކުރާ ޒުވާން އަންހެނާ ކައިވެނިކުރުން ލަސްކުރެއެވެ. އެހެނީ އެއީ ތިބާ އެކުއްޖާގެ ކިބައިގައި އިންދާފައިވާ އަމާޒުތައް ޙާޞިލުކުރުމަށް ސީދާ ހުރަސްއެޅޭ ކަމަކަށްވާތީއެވެ.


2- ކައިވެންޏަކީ މާ މުހިއްމުކަން ބޮޑު ނޫންކަމެއްކަމުގައި ހަދާ، އެއީ ޢުމުރުގެ ކޮންމެ މަރްޙަލާއެއްގައިވެސް ކޮށްލެވިދާނޭ އާދައިގެ ފަސޭހަކަމެއްކަމުގައި ހެދުމެވެ.


އެގޮތުން ޒުވާން އަންހެނާއަށް "ހުރިހާ ކަމަކީ ކައިވެންޏެއް ނޫނޭ، ކައިވެނި ކުރެވުނީމާ އެ ނިމުނީހޭ، ކައިވެނިކޮށްގެން އުޅޭ އަންހެނާ ކާމިޔާބުވީހޭ" މިފަދަ ޢިބާރާތައް އަޑުއިވެއެވެ.


3- ކައިވެނީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މާ ބޮޑުކޮށްގެން، ބިރުވެރިކަން އުފައްދައިގެން ގެނެސް، އެއީ ވަރަށް ބޮޑަށް ރޯފިލައިގެން ނޫނީ އަދާނުކުރެވޭނެ ފަދަ ކަންކަން ކަމުގައި ދައްކައިދިނުމެވެ.


އެއީ ޙަޤީޤަތުގައި ކައިވެންޏަކީ ފިޠުރީކަމަކަށްވުމާއެކުއެވެ. އަދި ފިޠުރަތުން، އެކަންކަން ކުޅަދާނަކަން ހުރި އެކި ގޮތްގޮތަށް ދައްކައިދެއެވެ.


4- އަންހެން ކުއްޖާ ފިރިހެންވަންތަ ކުރުމެވެ. އެއީ އެކުއްޖާގެ ބޮލުގައި (ފިރިހެނުން އުފުލާފަދަ) މަސްއޫލިއްޔަތުތައް އަޅުވައިގެން، ކޮންމެ ދުވަހަކު މަގުމައްޗަށް ނެރެގެން، އަދި އެކުއްޖާގެ އެތެރޭގައިވާ އަންހެންވަންތަކަން ވަޅުލައިގެންނެވެ.


5- މަތީ ސެޓްފިކެޓުތައް ހޯދައިދީގެން، އެކުއްޖާ ބަލާ މިންގަނޑުތައް މާ މަތިކޮށްގެން، ކައިވެނީގެ ފުރުސަތުތައް މަދުކުރުމެވެ.


އެގޮތުން ސެޓްފިކެޓުތަކުގެ ހަރުފަތުގައި ޒުވާން އަންހެނާ މަތިވާވަރަކަށް, އޭނާއަށް ކައިވެންޏަށް ހުށަހަޅާނޭ ކުފޫ ހަމަވާކަމަށް ފެންނަ މީހުން މަދުވެއެވެ.


އެގޮތުން ޕީއެޗްޑީ ހޯދާފައި ހުރި އަންހެނަކު، ހަމަ އެފަދަ ނުވަތަ އެއަށްވުރެ މައްޗަށް ކިޔަވައިގެން ސެޓްފިކެޓު ހޯދައިގެން ހުންނަ ފިރިހެނަކަށް މެނުވީ ގިނަފަހަރު ޤަބޫލު ނުވެއެވެ.


އަދި މުޖްތަމަޢުގައި ޕީއެޗްޑީ ސެޓްފިކެޓުތައް ހޯދާފައިވާ މީހުން މަދުވެގެންވެއެވެ. އަދި ވަކި ސަބަބަކާހުރެ ޤަބޫލުވިޔަސް، އެފިރިހެނާގެ ޤަދަރު އޭނާގެ ކައިރީގައި ކުޑަވެ، ފިރިމީހާގެ އިސްކަމަށް ބުރޫއަރައެވެ.


އަންހެނާ އެފަދައިން ސެޓްފިކެޓުތަކުގެ ހަރުގައި މަތިވާވަރަކަށް ކައިވެނިކުރަން ފުރުސަތު ލިބޭ މީހުން މަދުވެއެވެ.


އަންހެން ޑޮކްޓަރުންގެ ތެރޭގައި މީހުންނާ ނީނދެ ތިބުން ގިނަވުމުގެ ސިއްރަކީ މިއެވެ.


ޙައްލަކީ: ޒުވާން އަންހެނާ ކުޑައިރުއްސުރެ ކައިވެންޏަށް ތައްޔާރުކޮށްދީ، އެކުއްޖާގެ އުއްމީދާއި ހުވަފެންތައްކަމުގައި މައިވަންތަކަން ހަދައިދީ، މި އުއްމީދުތައް ޙަޤީޤަތަކަށްވުމަށް މިކަންކަން ބަލަހައްޓައިދިނުމެވެ.“


-ނަޤުލުކުރެވިފައި-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page