top of page
Featured Posts

އަހަރެން ދެރަވެ ހިތާމަކުރެވޭ ކަމެއް އެބަ ދިމާވެއެވެ.

  • --
  • 2 days ago
  • 1 min read

🍁 ޢަބްދުއް ރަޙްމާނު ބްނު ޒައިދު ބްނު އަސްލަމް (182ހ) ކިޔާދެއްވިއެވެ:


”އަހަރެން އެއްދުވަހަކު އަބޫ ޙާޒިމު (133ހ)އަށް ދެންނެވީމެވެ:

"އަހަރެން ދެރަވެ ހިތާމަކުރެވޭ ކަމެއް އެބަ ދިމާވެއެވެ."


އެކަލޭގެފާނު ވިދާޅުވިއެވެ:

"އޭ އަޚާގެ ދަރިޔާއެވެ! އެއީ ކޮންކަމެއް ހެއްޔެވެ؟"


އަހަރެން ދެންނެވީމެވެ:

"ދުނިޔެދެކެ ލޯބިވެވެނީއެވެ."


ދެން އެކަލޭގެފާނު ވިދާޅުވިއެވެ:

"އޭ އަޚާގެ ދަރިޔާއެވެ! ދަންނާށެވެ!

މިކަންތަކަށް ބަލާއިރު، ﷲ ތަޢާލާ އަހަރެން ލޯބިޖެއްސެވި އެއްޗެއްދެކެ ލޯބިވެވިގެން އަހަރެންގެ ނަފްސު ކުށްވެރި ނުކުރަމެވެ. އެހެނީ ﷲ ޢައްޒަ ވަޖައްލަވަނީ އަހަރުމެންނަށް ދުނިޔެ ލޯބިހުރި އެއްޗެއްކަމުގައި ލައްވާފައިއެވެ.


ނަމަވެސް އަހަރުމެންގެ ނަފްސުތައް ކުށްވެރިކުރަންޖެހެނީ މިނޫން ކަމެއްގައިއެވެ.

އެއީ އެދުނިޔެދެކެ ވާ ލޯބިން، ﷲ ތަޢާލާ ނުރުއްސަވާ އެއްޗެއް އަހަރުމެން ހިފުމަށް ގޮވާލިޔަ ނުދިނުމަށާއި،

އަދި ﷲ ލޯބިވެވޮޑިގެންވާ ކަމަކުންކުރެ ކަމެއް އަހަރުމެންނަށް މަނާކުރިޔަ ނުދިނުމަށެވެ.


ފަހެ އަހަރުމެން އެފަދައިން ކަންތައްކޮށްފިނަމަ, ދެން ދުނިޔެދެކެ އޮންނަ ލޯތްބަކުން އަހަރުމެންނަށް ގެއްލުމެއް ނެތެވެ." “


📚 ޙިލްޔަތުލް އައުލިޔާ، ތާރީޚު ދިމަޝްޤު، ސިޔަރު އަޢުލާމުއް ނުބަލާއު 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page