top of page
Featured Posts

ދުނިޔެމަތީގައި މީހަކަށް ލިބޭނެ ހެޔޮ ޞިފަތަކުން އެންމެ ފުރަތަމަކަމަކީ ބުއްދިވެރިކަމެވެ.

  • --
  • 11 minutes ago
  • 1 min read

🪴 އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ:


"ދުނިޔެމަތީގައި މީހަކަށް ލިބޭނެ ހެޔޮ ޞިފަތަކުން އެންމެ ފުރަތަމަކަމަކީ ބުއްދިވެރިކަމެވެ. އަދި އެއީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވި އެންމެ ހެޔޮ ރަނގަޅު ކަންތަކުންވާ ކަމެކެވެ.


އެހެންކަމުން އެއާ އިދިކޮޅު ޞިފައެއް ޤާއިމުކޮށްގެން ހުރި މީހަކާ އެކުގައި އިށީންދެ އުޅެގެން ﷲ ދެއްވި ނިޢުމަތް ގަޑުބަޑުކޮށް ހުތުރުނުކުރާހުއްޓެވެ...


ބުއްދިއާއި ވިސްނުންތެރިކަން އިތުރުކޮށްދޭނެ ކަމަކީ: އޭނާފަދަ (އެހެން ބުއްދިވެރިންނާ) ގާތްވުމާއި، އެއާ އިދިކޮޅު އިދިކީލި މީހުންނާ ދުރުވުމެވެ...


އަބޫ މާލިކު އަލްޣަނަވީ ވިދާޅުވިއެވެ:


"ރަޙުމަތްތެރިންވިޔަސް އަދި ދުޝްމަނުންވިޔަސް ތިޔަބައިމީހުން ބުއްދިވެރިންނާއެކު އިށީންދެ އުޅޭށެވެ.


އެހެނީ ބުއްދިތަކުން އެހެން ބުއްދިތައް ޖޯޑުކުރުވައެވެ."


ބުއްދިވެރިންނާއެކު އިށީންނުން ދެ މާނައިންކުރެ އެއް މާނައެއް ނެތި ނުދެއެވެ:


އެއްގޮތަކީ: ބުއްދިވެރިޔާ ސަމާލުވާންޖެހޭ ޙާލަތެއް އޭނާއަށް (އެހެން ބުއްދިވެރިންގެ ފުށުން) ހަނދާންކޮށްދިނުމެވެ.


ނުވަތަ އަނެއްގޮތަކީ: ޖާހިލުމީހާ ދަންނަންޖެހޭ ނުރައްކާތެރި މުހިއްމު ކަމެއް އޭނާއަށް އަންގައިދިނުމެވެ.


ބުއްދިވެރިޔާގެ ގާތްވުމަކީ އޭނާފަދަ މީހުންނަށް ހުރި ޣަނީމާއެކެވެ.


އަދި އޭގެ އިދިކޮޅު މީހުންނަށް ހުރި ޢިބްރަތެކެވެ.


ހުރިހާ ޙާލަތެއްގައިވެސްމެއެވެ. .“


📖 ރައުޟަތުލް ޢުޤަލާ 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page