”ތިބޭފުޅުން ޢިލްމު އުނގެނުނީ ކާކަށްޓަކައިތޯއެވެ؟“
- --
- 1 day ago
- 1 min read

🌵 އަލްވަލީދު ބްނު މުސްލިމް (195ހ) ވިދާޅުވިއެވެ:
”އަހަރެން އަލްއައުޒާޢީ (157ހ) އާއި، ސަޢީދު ބްނު ޢަބްދުލް ޢަޒީޒު (167ހ) އާއި، އިބްނު ޖުރައިޖު (150ހ) ގެ އަރިހުން ސުވާލުކުރީމެވެ:
”ތިބޭފުޅުން ޢިލްމު އުނގެނުނީ ކާކަށްޓަކައިތޯއެވެ؟“
އެހުރިހާ ބޭކަލުން ވިދާޅުވީ ތިމަންނާގެ އަމިއްލަ ނަފްސަށްޓަކައިއެވެ. އިބްނު ޖުރައިޖު މެނުވީއެވެ. އެކަލޭގެފާނު ވިދާޅުވީ:
"ތިމަންނާ ޢިލްމު ހޯދީ މީސްތަކުންނަށްޓަކައިއެވެ."
އައްޛަހަބީ (748ހ) މިރިވާޔަތް ގެންނަވާފައި ވިދާޅުވިއެވެ:
”ތެދުބަހުން ބުނުމުގެ ހެޔޮކަމާއެވެ!
އެކަމަކު މިއަދު މިއުޅޭ ގަމާރު ފިޤުހުވެރިއެއްގެ ގާތުން ތިބާ ޢިލްމު ހޯދީ ކާކަށްޓަކައިހޭ އަހާލާއިރަށް އަވަސްއަވަހަށް ޖަވާބުދީ ދޮގުހަދައިގެން ބުނެއެވެ:
"އަހަރެން ޢިލްމު އުނގެނުނީ ﷲ އަށްޓަކައިއެވެ."
އޭނާ ޙަޤީޤަތުގައި ޢިލްމު ހޯދީ ދުނިޔެއަށްޓަކައިއެވެ.
އަދި ޢިލްމުން އޭނާއަށް އެނގޭ އެއްޗެއްގެ މަދުވެސްކަމާއެވެ.“
📖 ސިޔަރު އަޢުލާމުއް ނުބަލާއު 📖























































































