top of page
Featured Posts

”މީހަކަށް ލިބޭނެ އެންމެ ހެޔޮ ރަނގަޅުކަމަކީ ކޮބައިތޯއެވެ؟“

  • --
  • 5 days ago
  • 1 min read

🪨 އިބްނުލް މުބާރަކު (181ހ) އަށް ދެންނެވުނެވެ:


”މީހަކަށް ލިބޭނެ އެންމެ ހެޔޮ ރަނގަޅުކަމަކީ ކޮބައިތޯއެވެ؟“


ވިދާޅުވިއެވެ:

”އޭނާގެ ކިބައިގައިވާ ފުރާ ފުރިހަމަ ބުއްދިއެވެ.“



ދެންނެވުނެވެ:

”އެގޮތަށް ލިބިގެންނުވިނަމަ ދެން ކޮން އެއްޗެއްތޯއެވެ؟“


ވިދާޅުވިއެވެ:

”ރިވެތި ރަނގަޅު އަދަބެކެވެ.“


ދެންނެވުނެވެ:

”އެކަން ނެތްނަމަ ދެން ކޮންކަމެއްތޯއެވެ؟“


ވިދާޅުވިއެވެ:

”އޭނާ މަޝްވަރާއަށް އަހާނޭ ރަނގަޅު ޞާލިޙު އަޚެކެވެ.“


ދެންނެވުނެވެ:

”އެގޮތަށް ނެތްނަމަ ދެން ކޮންކަމެއްތޯއެވެ؟“


ވިދާޅުވިއެވެ:

”ދިގުކޮށް ހަނުހުރުމެވެ.“


ދެންނެވުނެވެ:

”އެހެންވެސް ނުވާނަމަ ދެން ކޮންކަމެއްތޯއެވެ؟“


ވިދާޅުވިއެވެ:

”އަވަހަށް މަރުވުމެވެ.“


📚 ރައުޟަތުލް ޢުޤަލާ، ތާރީޚު ދިމަޝްޤު، ޛަންމުލް ހަވާ ލިއިބްނުލް ޖައުޒީ 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page