6 އޭޕްރީލް، އީރާނު ހަނގުރާމައިގެ ޚުލާސާ / 38 ވަނަ ދުވަސް:
- haqqubooks

- 6 days ago
- 2 min read

🇺🇸🇮🇷 -
ދާއިމީ ސުލްހައަކަށް އީރާނުން އެދުން:އީރާނުން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކަމަށާއި، ވަގުތީ ސުލްހައެއް ގަބޫލުނުކުރާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. އަދި ދެވަނަ ފަހަރަށް ހަމަލާއެއް ނާންނާނެ ކަމުގެ ޔަގީންކަމަށް އީރާނުން އެދެއެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން އިގުރާރުވާނެ ކަމަށް ބެލެވެއެވެ.
🇮🇷 -
ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން:"ސަލާމަތީ ފީ" އެއް ދެއްކުމުން ހޯރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ އީރާނުން ދޭން ނިންމައިފިއެވެ. މިގޮތުން ލިބޭ ފައިސާ ބޭނުންކުރާނީ ހަނގުރާމައިގެ ބަދަލު ނުވަތަ ރިޕަރޭޝަންގެ ގޮތުގައެވެ. އިންޑިއާ، ޕާކިސްތާނު، ތުރުކީ އަދި ފަރަންސޭސިވިލާތުގެ ބައެއް އުޅަނދުތަކަށް މިހާރު ވަނީ ހުއްދަ ދީފައި ކަމަށް އީރާނުގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.
🇺🇸🇮🇷 -
"އެމެރިކާގެ އިސް އޮފިޝަލަކު އަޅުގަނޑަށް މައުލޫމާތު ދެއްވި ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހެޅި ހުށަހެޅުމަށް އީރާނުން މިއަދު ވަނީ 10 ނުކުތާގެ މައްޗަށް އެކުލެވޭ ޖަވާބެއް ދީފައެވެ. އެ އޮފިޝަލް ސިފަކުރި ގޮތުގައި އީރާނުގެ މި ޖަވާބަކީ 'ވަރަށް މަތީ އުންމީދުތަކެއް' ނުވަތަ 'ގިނަ ކަންތައްތަކަކަށް އެދިފައިވާ' (maximalist) ޖަވާބެކެވެ. އަދި މި ޖަވާބުގެ ސަބަބުން ސިޔާސީ ހައްލަކަށް ދިއުމަށް އިތުރު ކުރިއެރުމެއް ލިބިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ." — ބަރަކް ރާވިޑް، އެކްސިއޯސްގެ އިސްރާއީލް ނޫސްވެރިޔާ
🇮🇷🇮🇱 -
ޖާސޫސުކުރުމުގެ ތުހުމަތު:އީރާނަށް ޖާސޫސުކޮށްދޭ ކަމުގެ ތުހުމަތުގައި އިސްރާއީލް އަސްކަރިއްޔާ (އައި.ޑީ.އެފް) ގެ ހަތަރު ސިފައިންނެއް ޝިން ބެޓް އިން ހައްޔަރުކޮށްފިއެވެ.
🇮🇷🇷🇺🇮🇱 -
ރަޝިއާގެ އިންޓެލިޖެންސް އެހީ:އިސްރާއީލުގައި ހުރި ހަކަތަ އުފައްދާ މުހިންމު 55 ތަނެއްގެ ތަފްސީލީ ލިސްޓެއް ރަޝިއާއިން އީރާނަށް ފޯރުކޮށްދީފައިވާ ކަމަށް ޖެރޫސަލަމް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.
🇮🇷🇸🇦🇦🇪 -
ގަލްފު ގައުމުތަކަށް ދޭ ހަމަލާތައް:އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
🇺🇸🇮🇷🇮🇱 -
އީރާނަށް ދޭ ހަމަލާތައް:އެމެރިކާއާއި އިސްރާއީލުން އީރާނުގެ އިސްފަހާން، ތެހެރާން އަދި ދެކުނުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.
🇮🇷 -
އީރާނުގެ އިންޒާރު:އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާއެއް ދީފިނަމަ، މުޅި ސަރަހައްދު އަނދިރިކޮށްލާނެ ކަމަށް ބުނެ އީރާނުން މުޅި ސަރަހައްދަށް އިންޒާރު ދީފިއެވެ.
🇮🇷🇮🇱 -
ހަމަލާތަކުގެ ކާމިޔާބީ:ހަނގުރާމައިގެ ފުރަތަމަ ދެ ހަފުތާގައި އީރާނުގެ މިސައިލް ހަމަލާތައް އަމާޒަށް ވާސިލުވާ މިންވަރު 3 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު އެ މިންވަރު 27 އިންސައްތައަށް އުފުލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
🇺🇸🇮🇷🇰🇼 -
އެމެރިކާ ސިފައިން ޒަޚަމްވުން:ކުވެއިތުގައި ހުންނަ އަލީ އަލް ސާލިމް އެއަރ ބޭސްއަށް ރޭ އީރާނުން ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާގެ 15 ސިފައިން ޒަޚަމްވެފައިވާ ކަމަށް ސީ.ބީ.އެސް ނިއުސްއިން ބުނެފިއެވެ.
🇮🇷🇸🇦 -
ސައުދީގެ ސާބިކް ކުންފުންޏަށް ހަމަލާދިނުން:ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ޕެޓްރޯކެމިކަލް ކުންފުނި ކަމަށްވާ ސައުދީގެ 'ސާބިކް' (SABIC) އަށް އީރާނުގެ މިސައިލް ހަމަލާތަކެއް އަރާފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
🇮🇷🇮🇶 -
އިރާގަށް ދިން ހަމަލާ:އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި ހުންނަ ދުހޯކް ތެޔޮ ސާފުކުރާ މަރުކަޒަކަށް ހަމަލާތަކެއް އަރައިފިއެވެ.
🇺🇸🇮🇷 -
އީރާނުގެ ރައްދު:އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އެޑްވައިޒަރު މަހްދީ މުހައްމަދީ ބުނީ، އީރާނަށް އަމާންދިނުމަށް ޓްރަމްޕަށް އޮތީ އެންމެ 20 ގަޑިއިރު ކަމަށެވެ. އެހެން ނޫންނަމަ އެމެރިކާގެ ބައިވެރިން "އިހުގެ ޒަމާނަށް" (Stone Age) ފޮނުވާލާނެ ކަމަށް އޭނާ ވަނީ އިންޒާރު ދީފައެވެ.





















































































