7 އޭޕްރީލް، އީރާން ހަނގުރާމަ / 39 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇮🇱 - އީރާން އަދި އިޒްރޭލު: އިޒްރޭލުން އީރާނުގެ ޕެޓްރޯކެމިކަލް އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. 🇺🇸🇮🇷🇵🇰 - އެމެރިކާ، އީރާން އަދި ޕާކިސްތާން: ޓްރަމްޕް ވަނީ މިރޭ ދިނުމަށް ރާވާފައި އޮތް ބޮން އެޅުމުގެ ހަރަކާތްތައް މެދުކަނޑާލައި، ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ނިންމަވާފައިވާކަން އިއުލާން ކޮއްފައެވެ. 🇮🇷🇮🇱 - އީރާން އަދި އިޒްރޭލު: ވައިޓް ހައުސްގެ އޮފިޝަލަކު ސީ.އެން.އެން އަށް މައުލޫމާތު ދިން ގޮތުގައި، އިޒްރޭލުންވެސް ވަނީ ވަގުތީ ގޮ

haqqubooks
Apr 82 min read


6 އޭޕްރީލް، އީރާނު ހަނގުރާމައިގެ ޚުލާސާ / 38 ވަނަ ދުވަސް:
🇺🇸🇮🇷 - ދާއިމީ ސުލްހައަކަށް އީރާނުން އެދުން:އީރާނުން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކަމަށާއި، ވަގުތީ ސުލްހައެއް ގަބޫލުނުކުރާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. އަދި ދެވަނަ ފަހަރަށް ހަމަލާއެއް ނާންނާނެ ކަމުގެ ޔަގީންކަމަށް އީރާނުން އެދެއެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން އިގުރާރުވާނެ ކަމަށް ބެލެވެއެވެ. 🇮🇷 - ހޯރްމޫޒް ކަނޑ

haqqubooks
Apr 72 min read


5 އޭޕްރީލް، އީރާން ހަނގުރާމަ | 37 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇷 - އެމެރިކާ އަދި އީރާން: ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި، އީރާނުގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި އެމެރިކާގެ ދެ މަތިންދާބޯޓަކަށް ގެއްލުންވެ، އެ ތަކެތި ދޫކޮށްލުމަށްފަހު ވަނީ ގޮއްވާލާފައެވެ. އޭބީސީ ނިއުސް އިން ބުނާ ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މި މިޝަންގައި އެމެރިކާ ސިފައިން ވަނީ އެމީހުންގެ އަމިއްލަ ދެ އެމް.ސީ-130ޖޭ މަތިންދާބޯޓާއި ހަތަރު އެމް.އެޗް-6 ހެލިކޮޕްޓަރު ގަސްތުގައި ހަލާކުކޮށްލާފައެވެ. 🇮🇷🇦🇪 - އީރާން އަދި ޔޫ.އޭ.އީ: އީރާނުން ދިން މިސައިލް އަ

haqqubooks
Apr 62 min read


3 އޭޕްރީލް، އީރާނު ހަނގުރާމަ / 35 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇰🇼 - ކުވެއިތުގެ ތެޔޮ ސާފުކުރާ މަރުކަޒަށް ހަމަލާދިނުން:އީރާނުން ކުވެއިތުގެ މިނާ އަލް-އަހްމަދީ ރިފައިނަރީއަށް ހަމަލާދީފިއެވެ. މި ހަމަލާއާ ގުޅިގެން އެތަނުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 🇱🇧🇮🇱 - އިސްރާއީލް އަސްކަރިއްޔާގެ ބަޔާން:އިސްރާއީލް އަސްކަރިއްޔާ (އައި.ޑީ.އެފް) އިން ބުނި ގޮތުގައި، މި މަރުހަލާގައި ލުބުނާނުގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ މަގުސަދަކީ ހިޒްބުاللهގެ ހަތިޔާރު އެޅި ބާރުތައް އުވާލު

haqqubooks
Apr 42 min read


29 މާރިޗު، އީރާނު ހަނގުރާމައިގެ ޚުލާސާ / 30 ވަނަ ދުވަސް:
🇺🇸🇮🇷 - އީރާނުގެ ޔުނިވަރސިޓީތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރިކުރުމަށް އެމެރިކާއަށް މާރިޗު 30 ގެ މެންދުރު 12:00 އާ ހަމައަށް (ތެހެރާން ގަޑިން) އީރާނުން މުހުލަތެއް ދީފިއެވެ. މި މުހުލަތުގައި އެކަން ނުކޮށްފިނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އެކި ޔުނިވަރސިޓީތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. 🇺🇸🇮🇷🇷🇺 - ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ހާމަކުރި ގޮތުގައި، އީރާނު ހަނގުރާމަ މިހާރު އޮތް ހާލަތަށް ބަލާއިރު، ޓްރަމްޕްގެ "ޞުލްޙައިގެ މަޖިލީހު

haqqubooks
Mar 302 min read


27 މާރިޗު، އީރާނު ހަނގުރާމަ / 28 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇰🇼 - ކުވެއިތުގެ ބަނދަރުތަކަށް ހަމަލާދިނުން:ކުވެއިތުގެ ޝުވައިޚް ބަނދަރަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް އަމާޒުވެ، މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ. މީގެ އިތުރުން، ކުވެއިތުގެ މުބާރަކް އަލް-ކަބީރު ބަނދަރަށް އީރާނުން ފޮނުވާލި ހަމަލާތަކެއް އަރައި، އެ ތަނުގެ އިންފްރާސްޓްރަކްޗަރަށް ގެއްލުންވެފައިވާ ކަމަށް މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްއިން ބުނެއެވެ. 🇺🇸 - އެފް.ބީ.އައި ޑިރެކްޓަރުގެ އީމެއިލް ހެކްކުރުން:އެފް.ބީ.އަ

haqqubooks
Mar 281 min read


26 މާރިޗު، އީރާނު ހަނގުރާމަ / 27 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇷🇹🇷 - "އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގަލްފުގެ އަރަބި ގައުމުތައް ބައިވެރިވިޔަނުދީ ހުއްޓުވުމަށްޓަކައި ތުރުކީން އަންނަނީ ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކުރަމުން،" - ބްލޫމްބާގް. 🇮🇷🇱🇧🇮🇱 - "އެމެރިކާއާއި އިސްރާއީލާއެކު ވެވޭ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ހިޒްބުالله ބައިވެރިކުރަންވާނެ ކަމަށް އީރާނުން މެދުވެރިން މެދުވެރިކޮށް އަންގައިފި،" - ރޮއިޓާސް. 🇺🇸🇮🇷🇮🇱 - "އީރާނުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރުމަށް

haqqubooks
Mar 272 min read


މާރިޗު 24، އީރާނު ހަނގުރާމަ / 25 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇮🇱 - އީރާނުން އިޒްރޭލަށް މިއަދު ދިން ގިނަ މިސައިލް ހަމަލާތަކެއްގައި ދިހަވަރަކަށް މީހުން ޒަޚަމްވެ، ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހަމަލާތަކުގައި ކްނެސެޓްގެ މެންބަރެއް ކަމަށްވާ މީރާވް ބެން-އަރީގެ ގެ ވަނީ މުޅިން ސުންނާފަތިވެފައެވެ. 🇸🇦🇦🇪🇮🇷 - "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކުރާ ގޮތުގައި، ސައުދީ އަރަބިއްޔާއިން ދަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމާ ގާތް

haqqubooks
Mar 252 min read


އީރާނު ހަނގުރާމައިގެ ޚުލާސާ / 20 މާރިޗު، 21 ވަނަ ދުވަސް:
🇺🇸🇮🇷 - އެމެރިކާގެ ޓްރެޜަރީން ވަނީ އީރާނުގެ ސާފުނުކުރާ ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ވިއްކުމުގެ އައު ހުއްދަތަކެއް ދޫކޮށްފައެވެ. މީގެ ސަބަބުން އީރާނަށް ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ. 🇮🇷🇰🇼 - ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނާ ގޮތުގައި، އީރާނުގެ ޑްރޯން ހަމަލާއެއް ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް އަމާޒުވެ، އެތަނުގެ އެކި ބައިތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 🇮🇷🛢 -

haqqubooks
Mar 212 min read


އީރާނު ހަނގުރާމައިގެ ޚުލާސާ / 19 މާރިޗު، 20 ވަނަ ދުވަސް:
🇮🇷🇰🇼 - ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެތަނުގައި ވަނީ އަލިފާން ރޯވެފައެވެ. 🇸🇦🇮🇷 - ސައުދީ އަރަބިއްޔާގެ ޔަންބޫ ބަނދަރުގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވެސް ޑްރޯން ހަމަލާއެއް ވަނީ އަރާފައެވެ. 🇮🇷🇰🇼 - ކުވެއިތުގެ އިންފޮމޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، މިއަދު ހެނދުނު ކުވެއިތުގެ ތެޔޮ ސާފުކުރާ އެހެން ކާރުޚާނާތަކަށް ވެސް ވަނީ ހަމަލާދީފައެވެ. މި ހަމަލާތ

haqqubooks
Mar 202 min read








































