6 އޭޕްރީލް، އީރާނު ހަނގުރާމައިގެ ޚުލާސާ / 38 ވަނަ ދުވަސް:
🇺🇸🇮🇷 - ދާއިމީ ސުލްހައަކަށް އީރާނުން އެދުން:އީރާނުން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކަމަށާއި، ވަގުތީ ސުލްހައެއް ގަބޫލުނުކުރާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ. އަދި ދެވަނަ ފަހަރަށް ހަމަލާއެއް ނާންނާނެ ކަމުގެ ޔަގީންކަމަށް އީރާނުން އެދެއެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން އިގުރާރުވާނެ ކަމަށް ބެލެވެއެވެ. 🇮🇷 - ހޯރްމޫޒް ކަނޑ

haqqubooks
Apr 72 min read


26 މާރިޗު، އީރާނު ހަނގުރާމަ / 27 ވަނަ ދުވަހުގެ ޚުލާސާ:
🇺🇸🇮🇷🇹🇷 - "އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގަލްފުގެ އަރަބި ގައުމުތައް ބައިވެރިވިޔަނުދީ ހުއްޓުވުމަށްޓަކައި ތުރުކީން އަންނަނީ ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކުރަމުން،" - ބްލޫމްބާގް. 🇮🇷🇱🇧🇮🇱 - "އެމެރިކާއާއި އިސްރާއީލާއެކު ވެވޭ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ހިޒްބުالله ބައިވެރިކުރަންވާނެ ކަމަށް އީރާނުން މެދުވެރިން މެދުވެރިކޮށް އަންގައިފި،" - ރޮއިޓާސް. 🇺🇸🇮🇷🇮🇱 - "އީރާނުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރުމަށް

haqqubooks
Mar 272 min read


މާރިޗު 24، އީރާނު ހަނގުރާމަ / 25 ވަނަ ދުވަހުގެ ޚުލާސާ:
🇮🇷🇮🇱 - އީރާނުން އިޒްރޭލަށް މިއަދު ދިން ގިނަ މިސައިލް ހަމަލާތަކެއްގައި ދިހަވަރަކަށް މީހުން ޒަޚަމްވެ، ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހަމަލާތަކުގައި ކްނެސެޓްގެ މެންބަރެއް ކަމަށްވާ މީރާވް ބެން-އަރީގެ ގެ ވަނީ މުޅިން ސުންނާފަތިވެފައެވެ. 🇸🇦🇦🇪🇮🇷 - "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކުރާ ގޮތުގައި، ސައުދީ އަރަބިއްޔާއިން ދަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމާ ގާތް

haqqubooks
Mar 252 min read


އީރާނު ހަނގުރާމައިގެ ޚުލާސާ / 20 މާރިޗު، 21 ވަނަ ދުވަސް:
🇺🇸🇮🇷 - އެމެރިކާގެ ޓްރެޜަރީން ވަނީ އީރާނުގެ ސާފުނުކުރާ ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ވިއްކުމުގެ އައު ހުއްދަތަކެއް ދޫކޮށްފައެވެ. މީގެ ސަބަބުން އީރާނަށް ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ. 🇮🇷🇰🇼 - ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނާ ގޮތުގައި، އީރާނުގެ ޑްރޯން ހަމަލާއެއް ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް އަމާޒުވެ، އެތަނުގެ އެކި ބައިތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 🇮🇷🛢 -

haqqubooks
Mar 212 min read


އީރާނު ހަނގުރާމައިގެ ޚުލާސާ / 19 މާރިޗު، 20 ވަނަ ދުވަސް:
🇮🇷🇰🇼 - ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެތަނުގައި ވަނީ އަލިފާން ރޯވެފައެވެ. 🇸🇦🇮🇷 - ސައުދީ އަރަބިއްޔާގެ ޔަންބޫ ބަނދަރުގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވެސް ޑްރޯން ހަމަލާއެއް ވަނީ އަރާފައެވެ. 🇮🇷🇰🇼 - ކުވެއިތުގެ އިންފޮމޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، މިއަދު ހެނދުނު ކުވެއިތުގެ ތެޔޮ ސާފުކުރާ އެހެން ކާރުޚާނާތަކަށް ވެސް ވަނީ ހަމަލާދީފައެވެ. މި ހަމަލާތ

haqqubooks
Mar 202 min read


18 މާރިޗު - އީރާން ހަނގުރާމަ 19ވަނަ ދުވަހުގެ ޚުލާސާ:
🇱🇧🇮🇱 ލުބުނާން އަދި އިސްރާއީލް: އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެންމެ ފަހުގެ އަންދާޒާތަކުން ދައްކާގޮތުން ހިޒްބުﷲގެ އަތުގައި އަދިވެސް ކުރު ރާސްތާގެ އެތައް ހާސް ރޮކެޓެއް އެބަހުއްޓެވެ. 🇮🇷🇮🇱 އީރާން އަދި އިސްރާއީލް: އިސްރާއީލުގެ މީޑިއާތަކުން ބުނާގޮތުގައި، ރޭގެ ވަގުތެއްގައި ތެހެރާންގައި ދިން ހަމަލާއެއްގެ އަމާޒަކީ އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚާތިބު އަވަހާރަކޮށްލުމެވެ. 🇱🇧🇮🇱 ލުބުނާން އަދި އިސްރާއީލް: އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަ

haqqubooks
Mar 193 min read


މާރިޗު 16، އީރާނު ހަނގުރާމަ 17 ވަނަ ދުވަހުގެ ޚުލާޞާ:
🇺🇸🇸🇦🇮🇷 - ސައުދީ އަރަބިއްޔާއިން ފާޅުގައި ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް، އީރާނަށް ދޭ ހަމަލާތައް ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ސިއްރިއްޔާތުގައި ޓްރަމްޕަށް ލަފާދެއްވަމުންދާ ކަމަށް "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފިއެވެ. 🇱🇧🇮🇱 - އިސްރާއީލް ސިފައިން ވަނީ ލުބުނާނުގެ ދެކުނަށް "މިންވަރެއްގެ" އެއްގަމު ހަމަލާތަކެއް ދޭން ފަށާފައެވެ. ހިޒްބުﷲ އާއި އިސްރާއީލް ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާތާ އެތައް ގަ

haqqubooks
Mar 172 min read


މާރިޗު 15އީރާނު ހަނގުރާމަ 16 ވަނަ ދުވަހުގެ ޚުލާޞާ:
🇮🇷🇱🇧🇮🇱 - އީރާނާއި ހިޒްބުﷲ ގުޅިގެން މިއަދުގެ އެކި ވަގުތުތަކުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. 🇺🇸🇮🇷🇮🇱 - އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހުޅަނގު ސަރަހައްދުތަކަށާއި ތެހެރާންގެ ބައެއް ބައިތަކަށް ދޭ ހަމަލާތައް މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވެއެވެ. 🇮🇷🇧🇭 - އީރާނުން ބަޙްރައިންގައި ހުންނަ "ޢީސާ އެއާ ބޭސް" އަށް ސީދާ ހަމަލާއެއް ދީފިއެވެ. 🇮🇳🇮🇷 - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމަށް ދަތިވުމާ ގުޅިގެން، އިންޑިއާގެ "ހިންޑަލްކޯ އިންޑ

haqqubooks
Mar 162 min read


އީރާނު ހަނގުރާމަ: 5 ވަނަ ދުވަހުގެ ޚުލާސާ - މާރިޗު 4
🇦🇪🇶🇦🇧🇭🇰🇼🇸🇦 ޚަލީޖުގެ ޤައުމުތަކާއި އެމެރިކާ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ، ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި ޔޫ.އޭ.އީ، ޤަޠަރު، ބަޙްރައިން، ކުވައިތު އަދި ސައުދީ އަރަބިއްޔާއިން ދަނީ އެކި މިންވަރަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އެ ޤައުމުތަކުން އިސްވެ ހަމަލާ ދިނުމާއި، އެމެރިކާގެ އަސްކަރިއްޔާއަށް ބޭސްތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އިތުރަށް ދިނުން ހިމެނެއެވެ. 🇶🇦 ޤަޠަރު: ޤަޠަރުގެ ރައުސް ލައްފާން ޕްލާންޓުން އެލް.އެން.ޖީ (LNG) އުފެ

haqqubooks
Mar 52 min read


ނުރައްކާތެރި ވައިރަހެއް ފެތުރުން ހުއްޓުވުމަށް އިންޑިއާއިން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފި
ނިޕާ (Nipah) ވައިރަހަކީ މިހާތަނަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ، ފުރާނައަށް ނުހަނު ނުރައްކާތެރި ވައިރަހެކެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން %40 އާއި %75 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވާކަމަށް ރިކޯޑުކުރެވިފައިވެއެވެ. ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިންޑިއާއިން ވަނީ މި ވައިރަސް ޖެހިފައިވާ ފަސް މީހަކު ފެނިފައެވެ. މިކަމާ ގުޅިގެން ގާތްގަނޑަކަށް 100 އެއްހާ މީހުން ކަރަންޓީނުވާން އަންގާފައިވާއިރު، އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އާންމުގޮތެއްގ

haqqubooks
Jan 251 min read










































