top of page
Featured Posts

26 މާރިޗު، އީރާނު ހަނގުރާމަ /  27 ވަނަ ދުވަހުގެ ޚުލާސާ:


🇺🇸🇮🇷🇹🇷 -

"އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގަލްފުގެ އަރަބި ގައުމުތައް ބައިވެރިވިޔަނުދީ ހުއްޓުވުމަށްޓަކައި ތުރުކީން އަންނަނީ ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކުރަމުން،" - ބްލޫމްބާގް.


🇮🇷🇱🇧🇮🇱 -

"އެމެރިކާއާއި އިސްރާއީލާއެކު ވެވޭ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ހިޒްބުالله ބައިވެރިކުރަންވާނެ ކަމަށް އީރާނުން މެދުވެރިން މެދުވެރިކޮށް އަންގައިފި،" - ރޮއިޓާސް.


🇺🇸🇮🇷🇮🇱 -

"އީރާނުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް ގޮވާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފުތާގައި ބޭނުންވި އެވެ. ނަމަވެސް ރައީސް ޓްރަމްޕް ވަނީ އެއީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެކަން ހުއްޓުވާފަ އެވެ. 'މަގުތަކަށް ނުކުމެ ހަމަލާތަކުގެ ޝިކާރައަކަށް ވެގެންދާނެ ބަޔަކަށް އެކަމަށް ގޮވާލުމުގެ ބޭނުމަކީ ކޮބައި؟' ނަތަންޔާހޫއަށް ކުރެއްވި ފޯނު ކޯލެއްގައި ޓްރަމްޕް ބުނި ކަމަށްވެ އެވެ،" - އެކްސިއޯސް.


🇱🇧🇮🇱 -

އިއްޔެ ހިޒްބުالله އާއެކު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ދެ ސިފައިން މަރުވެ، އިތުރު ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލް އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.


🛢 - ދުނިޔޭގެ ބާޒާރުގައި ބްރެންޓް ސާފުނުކުރާ ތެލުގެ އަގު 3.5 އިންސައްތައަށްވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު 106 ޑޮލަރަށް އަރައިފި އެވެ.


🇺🇸🇮🇷🇮🇱⚡️-

އީރާނުގެ ވެރިރަށް ތެހެރާނަށާއި ހުޅަނގުގެ ސަރަހައްދުތަކަށް އެމެރިކާއާއި އިސްރާއީލުން ދޭ ހަމަލާތައް މެދުނުކެނޑި ދަނީ ކުރިއަށެވެ.


🇮🇷🇸🇦🇮🇱 -

އީރާނުން އަންނަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ގަލްފުގެ ގައުމުތަކަށާއި އިސްރާއީލަށް ހަމަލާދެމުންނެވެ.


🇺🇸🇮🇷🇮🇱 -

"އީރާނަށް 'ނިހާއީ ހަމަލާއެއް' ދިނުމަށް ޕެންޓަގަނުން ދަނީ އަސްކަރީ ގޮތްތަކެއް ތައްޔާރުކުރަމުންނެވެ. މީގެ ތެރޭގައި އެއްގަމު މަގުން ސިފައިން ފޮނުވުމާއި ވަރުގަދަ ބޮން އެޅުމުގެ ކެމްޕޭނެއް ހިމެނިދާނެ އެވެ. ސިޔާސީ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭނަމަ، އަދި ޚާއްސަކޮށް ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ ނަމަ، އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވުމުގެ ފުރުސަތު ބޮޑެވެ،" - އެމެރިކާގެ އިސް ދެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ރިޕޯޓްކުރެ އެވެ.


🇾🇪🇮🇷 -

އީރާނަށް ތާއީދުކުރުމުގެ ގޮތުން ރަތްކަނޑުގެ އުޅަނދުފަހަރަށް ހަމަލާދިނުމަށް ތައްޔާރަށް ތިބި ކަމަށް ހޫތީންގެ ލީޑަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ.


🇺🇸🇮🇷 -

ފްލޮރިޑާގެ ޓާމްޕާގައި ހުންނަ މެކްޑިލް އެއަރ ފޯސް ބޭސްގައި ގޮއްވާލަން ތައްޔާރުކޮށްފައި އޮތް ގޮވާ އެއްޗެއް ފެނިފައިވާ ކަމަށް ފޮކްސް ނިއުސް އިން ރިޕޯޓްކޮށްފި އެވެ. އެފް.ބީ.އައިގެ ޑިރެކްޓަރ ކާޝް ޕަޓޭލް ބުނީ މިކަމުގެ ތުހުމަތުގައި ދެބެންނަށް ދައުވާ އުފުލާފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކު ހައްޔަރުކުރެވިފައިވާއިރު އަނެކަކު ވަނީ ޗައިނާއަށް ފިލާފައި ކަމަށެވެ.


🇺🇸🇮🇷 -

އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް އޭޕްރީލް 6 އާ ހަމައަށް ރައީސް ޓްރަމްޕް 10 ދުވަހަށް އިތުރުކޮށްފި އެވެ. ޓްރަމްޕް ބުނާ ގޮތުގައި މިއީ އީރާނުން އެދިގެން ކުރި ކަމެކެވެ. ނަމަވެސް އީރާނުންނާއި މެދުވެރިން ވަނީ އެފަދަ ކަމަކަށް އެދިފައިނުވާނެ ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.


🇺🇸 -

އީރާނު ހަނގުރާމަ ފެށުނު ފަހުން ވޯލް ސްޓްރީޓަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ދުވަހަކީ އިއްޔެ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުނެފި އެވެ.


🇮🇷 -

އީރާނުގައި ނިއުކްލިއާ ބޮމެއް އުފެއްދުމަށް ގޮވާލާ އަޑުތައް ހަރުކަށި ފިކުރުގެ މީހުން ދަނީ ގަދަކުރަމުންނެވެ. ހަނގުރާމަ ފެށުނު ދުވަސްކޮޅު، ފެބްރުއަރީ 28 ގައި ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީ މަރާލުމާ ގުޅިގެން، ރިވޮލިއުޝަނަރީ ގާޑުންގެ ނުފޫޒު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް އީރާނުގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރެ އެވެ.


🇮🇷🇹🇭 -

އީރާނުގެ ހަމަލާއެއް އެރި ތައިލެންޑުގެ މުދާ އުފުލާ އުޅަނދެއް ކަމަށްވާ "މަޔޫރީ ނަރީ" އީރާނުގެ ގޭޝްމް ރަށުގެ އަތިރިމައްޗަށް ބަނދަރުވެފައިވާ ކަމަށް ތަސްނީމް ނިއުސް އިން ބުނެފި އެވެ.


🇮🇷 -

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ 23 ދުވަހާ އަޅާބަލާއިރު، މާރިޗު މަހުގެ ފުރަތަމަ 23 ދުވަހު ތެޔޮ އެކްސްޕޯޓްކުރި މިންވަރު (TankerTrackers އާ ހަވާލާދީ):


އިރާގު (ބަޣުދާދު): -76%

ކުވެއިތު: -72%

ސައުދީ އަރަބިއްޔާ: -52%

އިރާގު (ކުރުދިސްތާން): -49%

އީރާނު: +4%

އޮމާން: +7%

ރަޝިއާ: +14%


🇱🇧🇮🇱 -

ހިޒްބުالله އިން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގައި އޮންނަ ކިރިޔަތު ޝްމޯނާގެ ރައްޔިތުން އެނބުރި ގެއަށް ދިއުމަށް އިންކާރު ކުރަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.


🇺🇸🇮🇷 -

ރައީސް ޓްރަމްޕަށް އަސްކަރީ ގޮތުން އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި މެދުއިރުމައްޗަށް އިތުރު 10,000 ސިފައިން ފޮނުވުމަށް ޕެންޓަގަނުން ދަނީ ވިސްނަމުން ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page