top of page
Featured Posts

އީރާނު ހަނގުރާމައިގެ ޚުލާސާ / 20 މާރިޗު، 21 ވަނަ ދުވަސް:


🇺🇸🇮🇷 -

އެމެރިކާގެ ޓްރެޜަރީން ވަނީ އީރާނުގެ ސާފުނުކުރާ ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ވިއްކުމުގެ އައު ހުއްދަތަކެއް ދޫކޮށްފައެވެ. މީގެ ސަބަބުން އީރާނަށް ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.


🇮🇷🇰🇼 -

ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނާ ގޮތުގައި، އީރާނުގެ ޑްރޯން ހަމަލާއެއް ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް އަމާޒުވެ، އެތަނުގެ އެކި ބައިތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.


🇮🇷🛢 -

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކުރާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ހޯދުމަށް ތެޔޮ އުފުލާ ކުންފުންޏަކުން އީރާނަށް 2 މިލިއަން ޑޮލަރު ދައްކާފައިވެއެވެ. އީރާނުން ދަނީ އެ ގައުމުން އިސްކަންދޭ ގައުމުތަކުގެ އުޅަނދުތަކުން އެ ކަނޑުއޮޅި ހުރަސްކުރުމަށް ފީއެއް ނަގަމުންނެވެ.


🇸🇾🇮🇱 -

އިސްރާއީލުން ރޭގަނޑުގެ ވަގުތެއްގައި ސޫރިޔާގެ ދެކުނުގައި ހުރި ސަރުކާރުގެ މަރުކަޒުތަކަށާއި އަސްކަރީ ކޭމްޕްތަކަށް ހަމަލާދީފައިވެއެވެ. އަދި ފަހުން ދިމިޝްގުގައި ހުރި ބައެއް ތަންތަނަށް ހަމަލާދިނީ "ދްރޫޒް ދަރިކޮޅުގެ މީހުންނަށް ދިން ހަމަލާތަކުގެ" ރައްދުގައެވެ.


🇺🇸🇮🇷 -

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (IRGC) އިން ބުނެފައިވަނީ، އެމެރިކާގެ މެރިން ސިފައިން އަންނާނެ ވަގުތަކަށް އެ ފަރާތްތަކުން ކެތްމަދުވެފައި ތިބި ކަމަށާއި، ކަނޑުމަތީގައި އެމީހުންނަށް ދޭނެ "ހައިރާންކުރުވަނިވި ހަދިޔާތަކެއް" ތައްޔާރުކޮށްފައިވާ ކަމަށެވެ.


🇮🇷🇮🇱 -

އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނު ވަނީ މަރާލާފައެވެ.


🇺🇸🇮🇷🇮🇱 -

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހުޅަނގު ސަރަހައްދުތަކަށާއި ތެހެރާނަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށްދެއެވެ.


🇮🇷 -

އީރާނުން އިސްރާއީލަށާއި ގަލްފުގެ އެކި ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެއެވެ.


🇷🇺🇱🇧🇮🇱 -

ލުބުނާނުގެ ދެކުނުގައި އާރް.ޓީ (RT) ގެ ނޫސްވެރިޔާ ސްޓީވް ސްވީނީއަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއާ ގުޅިގެން، ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ މޮސްކޯގައި ހުރި އިސްރާއީލުގެ ސަފީރު ހާޒިރުކޮށް ސުވާލުކޮށްފައެވެ.


🇮🇶 -

ނޭޓޯ (NATO) އިން ވަނީ އިރާގުގައި ހިންގާ އެ ޖަމާއަތުގެ މިޝަން މެދުކަނޑާލައި، އެ ގައުމުގައި ތިބި 600 މުވައްޒަފުން ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ.


🇵🇱🇮🇶 -

ޕޮލެންޑުން ވެސް މިއަދު ވަނީ އެ ގައުމުގެ ސިފައިން އިރާގުން ބާލާފައެވެ.


🇺🇸🇮🇷 -

އޭ.ބީ.ސީ ނިއުސްއިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބުނާ ގޮތުގައި، އީރާނު ހަނގުރާމަ ފެށުނީއްސުރެ އެމެރިކާގެ 232 ސިފައިންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މީގެ ތެރެއިން ގިނަ މީހުންނަށް ސިކުނޑިއަށް ގެއްލުންލިބޭ ފަދަ އަނިޔާތައް ލިބިފައިވާއިރު، 10 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.


🇺🇸🇮🇷 -

ސީ.އެން.އެން އިން ރިޕޯޓްކުރާ ގޮތުގައި، އިންޑޯ-ޕެސިފިކް ސަރަހައްދަށް ފޮނުވަން ކުރިން ނިންމާފައި އޮތް އެމެރިކާގެ އަސްކަރީ ފައުޖުތައް މިހާރު ވަނީ އަވަސްކަމާއެކު މެދުއިރުމަތީގެ ސަރަހައްދަށް މިސްރާބު ބަދަލުކޮށްފައެވެ.


🇺🇸🇬🇧🇮🇷 -

ބީ.ބީ.ސީ އިން ބުނާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިއަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތަކާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތްތަކުގައި، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން ވަނީ ދީފައެވެ.


🇺🇸 -

އެމެރިކާގެ ލޫސިއާނާގައި ހުންނަ ނިއުކްލިއާ ކޮމާންޑް ސައިޓެއް ކަމަށްވާ ބާކްސްޑޭލް އެއާފޯސް ބޭސް މަތިން، ހުއްދަނެތް އެތައް ޑްރޯންތަކެއް އުދުހިފައިވާތީ ސަލާމަތީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.


🇮🇶 -

އިރާގުން ވަނީ ބޭރުގެ ކުންފުނިތަކުން ތަރައްގީކުރަމުންދާ ހުރިހާ ތެޔޮ ބިންތަކެއްގެ މަސައްކަތް "ފޯސް މެޖޫރާ" (ކޮންޓްރޯލުން ބޭރު ހާލަތެއް) ގެ ދަށުން ހުއްޓާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.


🇺🇸🇮🇷 -

ސީ.ބީ.އެސް އިން ރިޕޯޓްކުރާ ގޮތުގައި، އީރާނުގެ ތެރެއަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތަކަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މިކަމުގައި އަދި ވަކި ގޮތެއް ނުނިންމައެވެ.


🇺🇸🇮🇶 -

އިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާގެ ވިކްޓޯރިއާ ބޭސްއަށް، އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތަކުން 12 ގަޑިއިރު ތެރޭގައި އެތައް ފަހަރަކު ހަމަލާދީފައިވެއެވެ.


🇺🇸🇸🇦🇮🇷 -

މިޑްލް އީސްޓް އައި އިން ބުނާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުންކުރުމަށް ސައުދީ އަރަބިއްޔާގެ ތާއިފްގައި ހުންނަ ކިންގް ފަހްދު އެއާ ބޭސް އެމެރިކާއަށް ދިނުމަށް ސައުދީން ވަނީ އެއްބަސްވެފައެވެ.


🇮🇷🇦🇪 -

އީރާނުން ވަނީ ޔޫ.އޭ.އީގެ ރައުސުލް ޚައިމާގައި ދިރިއުޅޭ ގާތްގަނޑަކަށް 2 ލައްކަ މީހުން އެ ސިޓީ ހުސްކުރުމަށް އަމުރުކޮށްފައެވެ.


🇺🇸🇬🇧🇮🇷 -

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކުރާ ގޮތުގައި، އީރާނުން ޑިއޭގޯ ގާސިއާ އެއާބޭސްއަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ވަނީ ދަނިކޮށް ވައްޓާލާފައެވެ. ޑިއޭގޯ ގާސިއާއަކީ އީރާނާ 4,000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނަކަށްވުމުން، އީރާނުގެ މިސައިލްތަކުގެ ބާރު ކުރިން ހީކުރި ވަރަށްވުރެ ގަދަ ކަމަށް ބެލެވެއެވެ.


🛢 - ދުނިޔޭގެ ބާޒާރުގައި ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 112 ޑޮލަރަށް އުފުލިފައިވާއިރު، ޑަބްލިއު.ޓީ.އައި ތެޔޮ ފީފާއެއްގެ އަގު ވަނީ 98 ޑޮލަރަށް އަރާފައެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page