top of page
Featured Posts

އީރާނު ހަނގުރާމައިގެ ޚުލާސާ / 19 މާރިޗު، 20 ވަނަ ދުވަސް:


🇮🇷🇰🇼 -

ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކުވެއިތުގެ މިނާ އަލް އަހުމަދީ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެތަނުގައި ވަނީ އަލިފާން ރޯވެފައެވެ.


🇸🇦🇮🇷 -

ސައުދީ އަރަބިއްޔާގެ ޔަންބޫ ބަނދަރުގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވެސް ޑްރޯން ހަމަލާއެއް ވަނީ އަރާފައެވެ.


🇮🇷🇰🇼 -

ކުވެއިތުގެ އިންފޮމޭޝަން މިނިސްޓްރީން ބުނާ ގޮތުގައި، މިއަދު ހެނދުނު ކުވެއިތުގެ ތެޔޮ ސާފުކުރާ އެހެން ކާރުޚާނާތަކަށް ވެސް ވަނީ ހަމަލާދީފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ މިނާ އަލް އަހުމަދީ ކާރުޚާނާގެ ވެރިފަރާތް, ކަމަށްވާ ކުންފުނީގެ އެހެން މަރުކަޒުތަކަށެވެ.


🇪🇺 -

މެދުއިރުމަތީގެ ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަށް އަލުން ހަމަލާދޭން ފެށުމާ ގުޅިގެން، ޔޫރަޕްގެ ހިއްސާގެ ބާޒާރުތަކަށް މި އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހީނަރުކަން މިއަދު ވަނީ ތަހައްމަލުކުރަން ޖެހިފައެވެ.


🇮🇷🇮🇳🇮🇱 -

ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިންޑިއާގައި ފުޅީގައި ބަންދުކުރި ފެނުގެ އަގު ވަނީ 11 އިންސައްތަ އުފުލިފައެވެ.


🇮🇷🇸🇦🇦🇪 -

އީރާނުން ދަނީ ގަލްފުގެ ގައުމުތަކަށް މެދުނުކެނޑި ހަމަލާދެމުންނެވެ.


🇺🇸🇮🇷🇮🇱 -

އެމެރިކާއާއި އިސްރާއީލުން ދަނީ އީރާނުގެ ހުޅަނގު ސަރަހައްދުތަކަށާއި ވެރިރަށް ތެހެރާނަށް، އަދި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.


🇱🇧🇮🇱 -

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާ ދިނުމާއި، ލުބުނާނުގެ ދެކުނުގައި އިސްރާއީލު ސިފައިންނަށް ހަމަލާދީ ކުއްލި ސުޕްރައިޒް އެޓޭކްތައް ދިނުން ކުރިއަށް ގެންދެއެވެ.


🇮🇷🇮🇱 -

ކެސްޕިއަން ކަނޑުގައި ހުރި އީރާނުގެ ގިނަ ބަނދަރުތަކަކަށާއި، އެ ސަރަހައްދުގައި އޮތް އީރާނުގެ އަސްކަރީ ގިނަ އުޅަނދުތަކަކަށް އިއްޔެ ކާމިޔާބު ހަމަލާތަކެއް ދީފައިވާނޭ ކަމަށް އިސްރާއީލުން ދައުވާކުރެއެވެ.


🇮🇷🇮🇱 -

އީރާނުން ވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ ހައިފާގައި ހުރި 'ބަޒާން ގްރޫޕް' ގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ކާމިޔާބު ހަމަލާއެއް ދީފައެވެ. މިއީ އިސްރާއީލުގައި ހުރި މިފަދަ ދެ ކާރުޚާނާގެ ތެރެއިން އެކެކެވެ. މިއީ އިސްރާއީލަށް ބޭނުންވާ ތެލުގެ ތިންބައިކުޅަ ދެބައި އުފައްދާ މަރުކަޒެވެ.


🇺🇸🇮🇷 -

އެމެރިކާގެ އެފް-35 މަތިންދާބޯޓަކަށް އީރާނުގެ ވައިގެ ދިފާއީ ހަތިޔާރަކުން ހަމަލާ އެރުމުގެ ސަބަބުން، މެދުއިރުމަތީގެ ސަރަހައްދަކަށް ކުއްލި ހާލަތުގައި ބޯޓު ބާލަން ޖެހިފައިވެއެވެ. މިއީ ހަނގުރާމައެއްގެ ތެރޭގައި އެފް-35 މަތިންދާބޯޓަކަށް ހަމަލާއެއް އަރައި ގެއްލުންވި ފުރަތަމަ ފަހަރެވެ.


🇹🇯🇮🇷 -

ތަޖިކިސްތާނުން އީރާނަށް ގިނަ އަދަދެއްގެ މުދާ އުފުލާ ލޮރީތަކުގެ ބޮޑު ގާފިލާއެއް ވަނީ ގޮސްފައެވެ. ތަޖިކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެ ގައުމުން އީރާނަށް ޑްރޯން ފޮނުވަނީ އިންސާނީ އެހީގެ ނަމުގައެވެ.


🇮🇷 -

ލޮއިޑްސް ލިސްޓުން ރިޕޯޓްކުރާ ގޮތުގައި، ގަލްފުގެ ސަރަހައްދުގައި އީރާނުގެ ބެލުމުގެ ދަށުން ހިންގާ ކަނޑުގެ ދަތުރުފަތުރުގެ މަގެއް ހެދުމާ ގުޅޭގޮތުން އީރާނުން ދަނީ އިންޑިއާ، ޕާކިސްތާން، އިރާގު، މެލޭޝިއާ އަދި ޗައިނާއާއެކު މަޝްވަރާ ކުރަމުންނެވެ.


🇺🇸🇮🇷 -

އެމެރިކާއިން އީރާނުގެ ތެލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، މިހާރު ކަނޑުމަގުން އުފުލަމުންދާ 140 މިލިއަން ފީފާ ތެލަށް ދީފައިވާ ފިޔަވަޅުތައް އުވާލުމަށް ވިސްނަމުންދާ ކަމަށްވެއެވެ.


🇺🇸🇮🇷🇮🇱 -

ހަނގުރާމަ ފެށުނީއްސުރެ އެމެރިކާއާއި އިސްރާއީލުން އީރާނަށް 16,000 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވެއެވެ.


🇱🇧🇮🇱 -

ހިޒްބުالله އިން ވަނީ އިސްރާއީލުގެ 'މަރުކާވާ' މަރުކާގެ އެތައް ޓޭންކެއް ހަލާކުކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ.


🇸🇾🇮🇱 -

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސޫރިޔާގެ ތެރެއިން އިސްރާއީލުގެ ގޯލާން ސަރަހައްދަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް i24 އިން ރިޕޯޓްކުރެއެވެ.


🇺🇸🇮🇷 -

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހަރަކާތްތެރިވާ ސިފައިންނަށް އެހީތެރިވުމަށްޓަކައި، އެމެރިކާގެ އަސްކަރިއްޔާއިން އެތައް ހާސް މެރިން ސިފައިންނެއް މެދުއިރުމަތީގެ ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް އަވަސްކޮށްފައިވާ ކަމަށް ނިއުސްމެކްސްއިން ބުނެއެވެ.


🇺🇸 -

ޖޭޑީ ވެންސް، އާއިލީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރުމަށް ވިސްނަމުންދާ ކަމަށްވެއެވެ.


🇮🇷🇧🇭 -

ބަހްރޭނުގެ އިންޓީރިއާ މިނިސްޓްރީން ބުނާ ގޮތުގައި، އީރާނުގެ މިސައިލް ހަމަލާއެއް އަމާޒުވުމުގެ ސަބަބުން ބަހްރޭނުގައި ހުރި ގުދަނެއްގައި ވަނީ އަލިފާން ރޯވެފައެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page