top of page
Featured Posts

މާރިޗު 16، އީރާނު ހަނގުރާމަ 17 ވަނަ ދުވަހުގެ ޚުލާޞާ:


🇺🇸🇸🇦🇮🇷 -

ސައުދީ އަރަބިއްޔާއިން ފާޅުގައި ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް، އީރާނަށް ދޭ ހަމަލާތައް ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ސިއްރިއްޔާތުގައި ޓްރަމްޕަށް ލަފާދެއްވަމުންދާ ކަމަށް "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފިއެވެ.


🇱🇧🇮🇱 -

އިސްރާއީލް ސިފައިން ވަނީ ލުބުނާނުގެ ދެކުނަށް "މިންވަރެއްގެ" އެއްގަމު ހަމަލާތަކެއް ދޭން ފަށާފައެވެ. ހިޒްބުﷲ އާއި އިސްރާއީލް ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާތާ އެތައް ގަޑިއިރެއް ވެފައިވާއިރު، މިއަދު އެކަނިވެސް އިސްރާއީލުގެ ފަސް "މޭކާވާ" ޓޭންކް ހަލާކުކޮށްލާފައިވާ ކަމަށް ހިޒްބުﷲ އިން ބުނެއެވެ.


🇮🇷🇮🇱 -

އީރާނުން އިސްރާއީލުގެ މަރުކަޒީ އަދި އުތުރުގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދީފައިވާއިރު، ގަލްފުގެ އެކި ގައުމުތަކަށް ދޭ ހަމަލާތައް ވެސް ދަނީ ކުރިއަށެވެ.


🇺🇸🇮🇱🇮🇷 -

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ ހުޅަނގު ސަރަހައްދުތަކަށް ދޭ ހަމަލާތައް މެދުނުކެނޑި ކުރިއަށްދެއެވެ.


🇺🇸🇬🇧🇮🇷 -

"އަޅުގަނޑުމެން މި ބޮޑު ހަނގުރާމައިގެ ތެރެއަކަށް ނުވަންނާނަން." — އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ.


🇺🇸🇮🇷🇦🇪 -

އީރާނު ހަނގުރާމައާ ގުޅިގެން ސަލާމަތީ ހާލަތު ގޯސްވަމުންދާތީ، ޔޫ.އޭ.އީގައި ހުރި "ސިޓީ ބޭންކް" ގެ ގިނަ ގޮފިތަކާއި އޮފީސްތައް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވާ ކަމަށް ރޮއިޓާސްއިން ބުނެފިއެވެ.


🇮🇷🇦🇪 -

ޔޫ.އޭ.އީގެ ފުޖައިރާ ބަނދަރަށް ދިން ޑްރޯން ހަމަލާއެއްގައި ތެޔޮ ސާފުކުރާ ތަނެއްގައި އަލިފާން ރޯވުމާ ގުޅިގެން، އެ ބަނދަރުން ތެޔޮ ބަރުކުރުމުގެ މަސައްކަތްތައް ވަނީ މެދުކަނޑާލާފައެވެ.


🇺🇸🇩🇪🇮🇷 -

"އެމެރިކާގެ ވަރުގަދަ ކަނޑުގެ ސިފައިންނަށް ނުކުރެވުނު ކަމެއް، ޔޫރަޕްގެ މަދު މަނަވަރުތަކަކުން ކުރާނެ ކަމަށް ޓްރަމްޕް އުންމީދު ކުރައްވަނީ ކީއްވެ؟ މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން، އަދި މިއީ އަހަރެމެން ފެށި ކަމެއް ވެސް ނޫން." — ޖަރުމަނުގެ ދިފާއީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް.


🇬🇧🇫🇷🇩🇪 -

ޔޫރަޕްގެ ތިން ގައުމު (ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް) ގުޅިގެން، ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެހީވުމަށްޓަކައި ހަނގުރާމަވެރި މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ކުރެއްވި އެދުމަށް ވަނީ އިންކާރުކޮށްފައެވެ.


🇮🇷🇵🇰 -

ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ތިން ތެޔޮ ޓޭންކަރެއް ރައްކާތެރިކަމާއެކު ހޯރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށާއި، މީގެން ދޭހަވަނީ ވަކި ގައުމުތަކަކަށް އީރާނުން މަގު ހުޅުވައިދޭކަން ކަމަށް CNN އިން ބުނެފިއެވެ.


🇺🇸🇮🇷 -

އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީއާ ދެމެދު މުއާމަލާތްތައް އަލުން ފަށާފައިވާ ކަމަށް "އެކްސިއޯސް" އިން ރިޕޯޓްކުރުމުން، އަރާޣްޗީ ވަނީ އެކަން ސީދާ ދޮގުކޮއްފައެވެ. އޭނާ ބުނީ އެއީ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް ދައްކާ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.


🇱🇧🇮🇱🇪🇺 -

ޖަރުމަނު، ފަރަންސޭސިވިލާތް، އިޓަލީ، ކެނެޑާ އަދި އިނގިރޭސިވިލާތް ގުޅިގެން ނެރުނު ބަޔާނެއްގައި، އިސްރާއީލުން ލުބުނާނަށް އަރައިގަތުމާ ވަނީ ދެކޮޅު ހަދާފައެވެ.


🇮🇷🇮🇶 -

ޢިރާގުގެ ބަޣުދާދުގައި ހުންނަ "އަލް-ރަޝީދު" ހޮޓަލަށް ޑްރޯން ހަމަލާއެއް ސީދާ އަމާޒުވެއްޖެއެވެ. އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި އެ ހޮޓަލުގައި ޔޫރަޕްގެ ވަފުދުތައް ދަނީ ތިބެމުންނެވެ.


🇺🇸🇲🇾 -

ގަލްފުގައި ތިބި އެމެރިކާގެ މައިން ނައްތާލާ ދެ މަނަވަރު ކަމަށްވާ "ޔޫ.އެސް.އެސް ޓަލްސާ" އާއި "ޔޫ.އެސް.އެސް ސަންޓާ ބާބަރާ" ގަލްފު ދޫކޮށް 4,000 މޭލު ދުރުގައިވާ މެލޭޝިއާއަށް ދަތުރުކޮށްފިއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނަނީ މިއީ "ލޮޖިސްޓިކް" ބޭނުމަކަށް ކުރި ދަތުރެއް ކަމަށެވެ.


🇺🇸🇮🇷 -

ޢިރާގުގެ ކުރުދިސްތާނުގެ އަރްބީލްގައި ހުންނަ އެމެރިކާގެ މަރުކަޒަށް ހަމަލާތަކެއް އަމާޒުވެއްޖެއެވެ.


🇺🇸🇮🇶 -

ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް އެތައް ޑްރޯން ހަމަލާއެއް ދީ، އެ ތަނަށް ސީދާ ހަމަލާ އަރާފައިވެއެވެ.


🇺🇸🇮🇱 -

އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓުގައި އެމެރިކާގެ ތެޔޮ އަޅާ ބޯޓެއް (KC-135) ހިމެނޭހެން ކުއްލި ނުރައްކަލުގެ ހާލަތެއް އުފެދިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.


🇮🇷🇦🇪 -

ޔޫ.އޭ.އީގެ ފުޖައިރާގައި ހުރި ތެޔޮ މަރުކަޒުތަކަށް ޑްރޯން ހަމަލާއެއް އަރައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާތީ، އެތަން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.


🛢 - ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 95.20 ޑޮލަރުގައެވެ. ބްރެންޓް ތެޔޮ ފީފާއެއްގެ އަގު ހުރީ 103 ޑޮލަރުގައެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page