top of page
Featured Posts

މާރިޗު 15އީރާނު ހަނގުރާމަ 16 ވަނަ ދުވަހުގެ ޚުލާޞާ:


🇮🇷🇱🇧🇮🇱 -

އީރާނާއި ހިޒްބުﷲ ގުޅިގެން މިއަދުގެ އެކި ވަގުތުތަކުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.


🇺🇸🇮🇷🇮🇱 -

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހުޅަނގު ސަރަހައްދުތަކަށާއި ތެހެރާންގެ ބައެއް ބައިތަކަށް ދޭ ހަމަލާތައް މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވެއެވެ.


🇮🇷🇧🇭 -

އީރާނުން ބަޙްރައިންގައި ހުންނަ "ޢީސާ އެއާ ބޭސް" އަށް ސީދާ ހަމަލާއެއް ދީފިއެވެ.


🇮🇳🇮🇷 -

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޭސް ލިބުމަށް ދަތިވުމާ ގުޅިގެން، އިންޑިއާގެ "ހިންޑަލްކޯ އިންޑަސްޓްރީޒް" އިން އެލްމިނިއަމް އުފެއްދުން ހުއްޓާލާފައިވާ ކަމަށް ރޮއިޓާސްއިން ބުނެފިއެވެ.


🇺🇸🇮🇷🇮🇱 -

އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލަރީޖާނީ ތުހުމަތުކުރި ގޮތުގައި، އެމެރިކާގެ މަސްއޫލުވެރިން ދަނީ 9/11 ފަދަ ބޮޑު ހާދިސާއެއް އަމިއްލައަށް ރާވައި، އޭގެ އިލްޒާމް އީރާނުގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުންނެވެ.


🇺🇦🇮🇱 -

ޔޫކްރެއިންގައި އުފައްދާ ހަމަލާ ހުއްޓުވާ މިސައިލްތައް (interceptors) ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ފޯނުން ގުޅުމަށް އެދިފައިވާ ކަމަށް "ވައިނެޓް" (Ynet) އިން ރިޕޯޓްކޮށްފިއެވެ.


🇮🇶 -

ޢިރާގުގެ ތެޔޮ ދާއިރާގެ މަސްއޫލުވެރިއަކާ ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި، ޢިރާގުގެ ދެކުނުގައިވާ ބަޞަރާގެ ހުރިހާ ބަނދަރުތަކަކުން ތެޔޮ ބޭރުކުރުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.


🇺🇸🇮🇶 -

ޢިރާގުގެ ބަޣުދާދުގައި ހުންނަ "ވިކްޓޯރިއާ ބޭސް" އަށް ރޮކެޓް ހަމަލާތަކެއް އެރުމުގެ ސަބަބުން އެތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.


🇺🇸🇮🇷 -

ޗައިނާގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި، އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" މިހާރު ވަނީ އީރާނުގެ އައްސޭރިފަށާ ދުރަށް، އޮމާންގެ ޞަލާލާ ކައިރިއަށް ޖައްސާފައެވެ. މިހާރު އެ މަނަވަރު އޮތީ އީރާނާ 1,100 ކިލޯމީޓަރު ދުރުގައެވެ. ހަމައެއާއެކު "ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑް" ވެސް ވަނީ ރަތް ކަނޑުގެ ދެކުނަށް، ސައުދީގެ ޖިއްދާއާ ދިމާލަށް ޖައްސާފައެވެ.


🇮🇱🇱🇧 -

އިސްރާއީލާއި ލުބުނާނާ ދެމެދު ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.


🇺🇸🇮🇷 -

ރައީސް ޓްރަމްޕް ބުނީ، ހޯރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށްޓަކައި ގަލްފުގެ ޢަރަބި ގައުމުތަކުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.


🇺🇸🇮🇷 -

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހިމާޔަތް ދިނުމަށްޓަކައި، އެކި ގައުމުތައް ހިމެނޭ ބޮޑު އިއްތިހާދެއް އެކުލަވާލިކަން އެމެރިކާއިން އިއުލާނުކުރަން އުޅޭ ކަމަށް "ވޯލް ސްޓްރީޓް ޖަރނަލް" އިން ބުނެފިއެވެ.


🇺🇸🇪🇺🇮🇷 -

"ފައިނޭންޝަލް ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި، އީރާނު ހަނގުރާމައިގައި އެމެރިކާއަށް އެހީތެރިނުވާނަމަ، ނޭޓޯ (NATO) އަށް އޮތީ ވަރަށް ބިރުވެރި މުސްތަގުބަލެއް ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.


🇺🇸🇮🇷 -

  ޓްރަމްޕް ތުހުމަތުކުރި ގޮތުގައި، އީރާނުން ދަނީ އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން، ޓޭންކަރުތަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ފޭކު ވީޑިއޯތައް އުފައްދަމުންނެވެ. އަދި އެމެރިކާގެ މީޑިއާތަކުން "ޚިޔާނާތްތެރި" ވަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.


🇮🇷🇦🇪 -

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ގުދަނަކަށް ޑްރޯން ހަމަލާއެއް އަރައި ބޮޑު އަލިފާންގަނޑެއް ރޯވުމާ ގުޅިގެން، އެއާޕޯޓުގެ ފްލައިޓްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ.


🇺🇸🇦🇺🇮🇷 -

ހޯރްމޫޒް ކަނޑުއޮޅި ހުޅުވުމުގެ މަސައްކަތަށް އެހީވުމަށްޓަކައި އެއްވެސް މަނަވަރެއް ނުފޮނުވާނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެފިއެވެ.


🇺🇸🇯🇵🇮🇷 -

ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ ބުނީ، މެދުއިރުމައްޗަށް ޖަޕާނުގެ އަސްކަރީ މަނަވަރުތައް ފޮނުވުމުގެ އެއްވެސް ރޭވުމެއް މިވަގުތު ނެތް ކަމަށެވެ.


🇺🇸🇮🇷 -

އީރާނުގެ ޚަރްގް ރަށް (Kharg Island) އެމެރިކާގެ ބާރުގެ ދަށަށް ގެނައުމާ މެދު  ޓްރަމްޕް ވިސްނަވަމުންދާ ކަމަށް "އެކްސިއޯސް" (Axios) އިން ރިޕޯޓްކޮށްފިއެވެ.


🛢 - ހޯރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ދަނީ މެދުނުކެނޑި އުފުލެމުންނެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page