top of page
Featured Posts

ސުންނަތާއި ޖަމާޢަތުގެ އިމާމުންނާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ކިބައިގައި ޢިލްމާއި ޢަދުލުވެރިކަމާއި ރަޙުމްކުރުންވެއެވެ.


ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:


”ސުންނަތާއި ޖަމާޢަތުގެ އިމާމުންނާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ކިބައިގައި ޢިލްމާއި ޢަދުލުވެރިކަމާއި ރަޙުމްކުރުންވެއެވެ.


އެގޮތުން އެއިން ސުންނަތާ ދިމާވާނޭ، އަދި ބިދުޢައިން ސަލާމާތްވާނޭ ޙައްޤަކީ ކޮބައިކަން އެމީހުން ދަނެއެވެ.


އަދި އެއިން ބޭރުވާ މީހުންނާމެދު ސުންނަތުގެ އަހުލުވެރިން ޢަދުލުވެރިވެއެވެ.

އެއީ އެމީހުން ސުންނަތުގެ އަހުލުވެރިންނަށް އަނިޔާވެރިވިޔަސްމެއެވެ...


އަދި އެމީހުން ޚަލްޤުތަކުންނަށް ރަޙުމްކުރެއެވެ. އެގޮތުން ހެވާއި ހިދާޔަތާއި ޢިލްމު ޚަލްޤުތަކުންނަށް ލިބުމަށް އެމީހުން އެދެއެވެ.


އިސްވެ ޚަލްޤުތަކުންނަށް ނުބައި ޖައްސާކަށް އެމީހުން ޤަޞްދެއް ނުކުރެއެވެ.


ކިއެއްތަ، އެމީހުން ބަޔަކަށް ޢުޤޫބާތްދީ،

އަދި އެބަޔަކުގެ ކުށާއި ޖާހިލުކަމާއި އަނިޔާ ބަޔާންކޮށްދިން ކަމުގައިވިޔަސް،

އެކަންތަކުގައި އެމީހުންގެ ޤަޞްދަކަށްވާހުށީ ޙައްޤު ބަޔާންކޮށް މީސްތަކުންނަށް ރަޙުމްކުރުމެވެ.


އަދި ހެޔޮކަމަށް އަމުރުކޮށް ނުބައިކަން ނަހީކޮށް،

އަދި ދީން އެކުއެކީ ﷲ އަށްވެ، އަދި ﷲ ގެ ކަލިމަފުޅު އެންމެ މަތީ ކަލިމަކަމުގައިވުމެވެ.“


📖 އަލްއިސްތިޣާޘާ ފިއް ރައްދި ޢަލާ އަލްބަކްރީ 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page