top of page
Featured Posts

ވިސްނާލާށެވެ. ޓެކްސްގެ ނުބައިކަން ޢިލްމުވެރިން ގާތުގައި ބޮޑު މިންވަރަކީ....

ޓެކްސްގެ ނުބައިކަން ބޮޑުކުރައްވާ، ޓެކްސް ނެގޭ ތަންތަނުގައި ނަމާދުކުރުންވެސް މަކްރޫހަވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.


އެގޮތުން ޝާފިޢީ މަޛްހަބުގެ ބޮޑު ޢިލްމުވެރިއެއްކަމުގައިވާ ނަވަވީގެ މަޖްމޫޢުގައިވެއެވެ:


"ޝައިޠާނުން ގޮސް އުޅޭ ތަންތަނުގައި ނަމާދުކުރުމަކީ ޢިލްމުވެރިންގެ އިއްތިފާޤުން މަކްރޫހަކަމެކެވެ.


އެއީ: ރާބޮވޯ ތަންތަނާއި، ރާ ޚާނާތަކާއި، ޓެކްސް ނަގައި ޖަމާކުރެވޭތަންތަން ފަދަ ތަންތަނެވެ. އަދި އެނޫންވެސް އެފަދަ ފާޙިޝް އުރެދުންތަކަށް އަރައިގަނެވޭ ތަންތަނާއި، ކަނީސާތަކާއި ، ފައްޅިތަކާއި ފާޚަނާފަދަ ތަންތަނެވެ."

-އަލްމަޖްމޫޢު ޝަރްޙުލް މުހައްޛަބު-


ވިސްނާލާށެވެ. ޓެކްސްގެ ނުބައިކަން ޢިލްމުވެރިން ގާތުގައި ބޮޑު މިންވަރަކީ ރާޚާނަތަކާއި، ފާޙިޝް ކަންތައް ހިނގާ ތަންތަނާއި، ފައްޅިތައް ފަދަ ޝައިޠާނުން ދެމިތިބޭ ގޮވެތިތަކާއި އެކުގައި ޓެކްސް ނެގުމަށް ހަދާފައި ހުންނަ މަރްކަޒުތައް އެއްހަމައެއްގައި ހިމަނުއްވާކަމެވެ.


އަދި ޓެކްސް ނަގާ މީހާގެ ޙުރުމަތްކެނޑި އޭނާގެ އެކަމުގެ ވާހަކަ ދައްކާ ޣީބަ ބުނުންވެސް ހުއްދަވާނޭކަމަށް ޢިލްމުވެރިން ބަޔާންކުރެއްވިއެވެ:


"ޣީބަ ބުނުން ހުއްދަވާ ސަބަބު ތަކުގެ ތެރޭގައި އެމީހަކުގެ އުރެދުންތެރިކަން ނުވަތަ ބިދުޢަވެރިކަން ހާމައަށް ފާޅުކޮށްގެންވުން ހިމެނެއެވެ. އެއީ ރާބުއިމާއި، މީސްތަކުންގެ މުދާތައް ގަދަބާރުން ނެގުމާއި، ވާރު ޓެކްސްތައް ނަގައި އެއްކުރުމާއި، ބާޠިލު ކަންކަމާއި ހަވާލުވުންފަދަ ކަންކަމެވެ. ފަހެ މިފަދަ މީހަކު ފާޅުކޮށްފައިވާ އެފަދަ ކަމެއްގެ ވާހަކަ ދެއްކުން ހުއްދަވެގެންވެއެވެ. "


-ރައުޟަތުއް ޠާލިބީން-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page