Search
ތިޔަ ވާހަކަތައް ދޫކޮށްލަާފަ، އަހަރުމެންނަށް ޙަދީޘް ކިޔާދެއްވައިފިއްޔާ އަހަރުމެންނަށް މާރަނގަޅެވެ.
- haqqubooks
- Nov 18, 2023
- 1 min read

ސުފްޔާނު އައްޘައުރީގެ އެންމެ އަރިސް ދަރިވަރު، އަދި އިމާމް ބުޚާރީގެ އެންމެ ބޮޑު އެއް އުސްތާޛުކަމުގައިވާ:
މުޙައްމަދު ބްނު ޔޫސުފު އަލްފިރްޔާބީ
އެއްދުވަހަކު މަޖްލިސެއްގައި އިށީންދެގެން އިންނަވާ ބިދުޢަވެރިންގެ ނަންގަނެ، އެމީހުންގެ ވާހަކަތައް ދައްކަވަން ފެށިއެވެ.
އެހިނދު އެތަނުގައި އިން މީހަކު ބުނެފިއެވެ:
'ތިޔަ ވާހަކަތައް ދޫކޮށްލަާފަ، އަހަރުމެންނަށް ޙަދީޘް ކިޔާދެއްވައިފިއްޔާ އަހަރުމެންނަށް މާރަނގަޅެވެ.'
އެހިނދު އެކަލޭގެފާނު ކޯފާއިސްކުރައްވާ ވިދާޅުވިއެވެ: 'އަހަރެން ބިދުޢައިގެ އަހުލުވެރިންނާއި މެދުގައި ވާހަކަދެއްކުން،
ފަސްދޮޅަސް އަހަރު އަޅުކަންކުރަން އިނުމަށްވުރެވެސް އަހަރެންނަށް މާލޮބުވެތިކަން ބޮޑެވެ!'
-ތަލްބީސް އިބްލީސް-