top of page
Featured Posts

"ކަލޭގެ އިޒާރު އުފުލާ ﷲ އަށް ތަޤްވާވެރިވާށެވެ!"


މިއީ މީހަކު ދުވެފައި އައިސް ބުނި އެއްޗެކެވެ. ކާކުކަން އެނގޭހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم އެވެ. އެކަލޭގެފާނަށް ބާޒާރުން މީހަކު އިޒާރު ތިރިކޮށްގެން ދާތަން ފެނިވަޑައިގަތްހިނދު އެމީހާގެ ކައިރިއަށް އަވަސް އަވަހަށް ދުވެވަޑައިގެން އެހެން އެއްވެސް ސުވާލެއް އަދި ވާހަކައެއް ވެސް ނުދައްކަވާ ޙަދީޘް ކުރެއްވި ބަސްފުޅެވެ.

( مسند أحمد: 19475)


"އޭ އަޚާގެ ދަރިޔާއެވެ! ކަލޭގެ އިޒާރު ހިއްލާށެވެ! ހަމަކަށަވަރުން އެއީ ކަލޭގެ ވެރި ރައްބަށް ތަޤްވާވެރިވުން އެންމެ ބޮޑު، އަދި ކަލޭގެ ފޭރާމަށްވެސް އެންމެ ސާފުކަން ބޮޑު ގޮތެވެ."

( المصنف ابن أبي شيبة: 24815)


މިހެން ވިދާޅުވީ ޢުމަރު ބްނުލް ޚައްޠާބުއެވެ. އެއީ ކޮން އިރެއްގައި ކޮންފަދަ ޙާލަތެއްގައި ކަން އެނގޭހެއްޔެވެ؟ އެއީ އެކަލޭގެފާނުގެ ހަށިކޮޅުގެ އެތައް ތަނަކަށް ޚަންޖަރު ހެރި، ގޮހޮރު ބުރިކޮށްލެވުމުގެ ސަބަބުން ވެއްޓި ހޭފުޅުނެތިފައި އޮށްވާ، ދެން އެކަލޭގެފާނުގެ ގެކޮޅަށް ގެންދެވި، އިރުއިރުކޮޅުން ހޭފުޅުއަރާ އަނެއްކާ ހޭފުޅުނެތި، އަދި ފަރިއްކުޅުވާ އެއްވެސް އެއްޗެއް ހަރުނުލާ، ބަނޑުން ހޯސްލާފައި ލޭތަކާއި އެކީގައި ނިކުމެގެންގޮސް، އަވަހާރަވުމުގެ ތުންފަތްމަތީ އޮންނަވަނިކޮށް، އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރި ޒުވާނަކަށެވެ. އެފަދަ ނާޒުކު ޙާލަތެއްގައިވެސް އެކަލޭގެފާނު އިސްކަންދެއްވި ކަމެއް، މިހާރު މިވަނީ އެއްވެސް ކަމަކަށް ނުވެފައިއެވެ.


MuhammedAlMaldheefi

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page