top of page
Featured Posts

އިބްނުލް ޤައްޔިމުގެ ތަރުބަވީ ބަސްފުޅުތައް-9

"ގިނަގިނައިން ކެއުމާއި، އިތުރުވާ މިންވަރަށް ވާހަކަދެއްކުމާއި، ގިނައިން ނިދުމާއި އަދި ފާފަވެރިންނާއި އެކުވެ އުޅުމުން ކުއްޖާ ދުރުކުރާހުށިކަމެވެ. ފަހެ މިކަންކަން ގިނަކުރުމަކީ ގެއްލި ހަލާކުވުން އެކުލެވިގެންވާ ކަމެކެވެ. އަދި މިކަންތައް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން އަޅާއަށް ލިބިޔަނުދީ ފާއިތުކޮށްލައެވެ.


އޭގެ އިތުރުން، ބަނޑާއި ފަރުޖާއި ގުޅިފައިވާ ގެއްލުންދެނިވި ޝަހްވަތްތަކުން ކުއްޖާ އިންތިހާއަށް އެކަހެރިކުރާހުށިކަމެވެ. އެހެނީ އެކަންކަމުގެ ސަބަބުތައް ކުއްޖާއަށް ތަނަވަސްކޮށްދީ އެފަދަ ކަންކަމަށް އަރައިގަންނަން ކުއްޖާ ދޫކޮށްލައިފިނަމަ، ދެން އަނބުރާ އިޞްލާޙުވުން ނާދިރުވެގެންވާ ފަސާދައަކުން އެކުއްޖާ ފަސާދަވެގެންދާނެއެވެ.


ކުއްޖާއަށް އިހްމާލުވެ، ކުއްޖާ އަދަބުވެރިކުރުން ދޫކޮށްލާ، ކުއްޖާ ބޭނުންހާ ކަންކަން ކުރުމަށް އެހީވުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލޮލުގެ ފިނިކަންފަދަ ދަރިން ބަދުނަސީބު ބަޔަކަށް ހަދާލީ ކިތައްކިތައް މީހުންހެއްޔެވެ!؟ އޭނާ ދަޢުވާކުރާގޮތުން އޭނާ އެކުއްޖާއަށް ހެޔޮކޮށްހިތަނީއެވެ. އެކަމަކު ޙަޤީޤަތުގައި އޭނާވަނީ އެކުއްޖާ އިހާނެތިކޮށްލާފައެވެ. އަދި އޭނާ ހީކުރާ ގޮތުގައި އޭނާ އެކުއްޖާއަށް ރަޙުމްކުރަނީއެވެ. އެކަމަކު ޙަޤީޤަތުގައި އޭނާވަނީ އެކުއްޖާއަށް އަނިޔާވެރިވެ ޙަރާންކޯރުވެފައިއެވެ.


ދެންފަހެ އޭނާގެ ދަރިފުޅުގެ ކިބައިން އޭނާއަށް އެއްވެސް ފައިދާއެއް ނުކޮށް ފާއިތުވެގެންދިޔައެވެ. އަދި އެއާއިއެކު ދުނިޔެއާއި އާޚިރަތުގައި އެކުއްޖާގެ ނަޞީބު ބަރުބާދުކޮށްލިއެވެ.


ފަހެ ތިބާ، ދަރިންގެ ކިބައިގައިވާ ފަސާދަވުމަށް ބަލައި ފިކުރުކޮށްފިނަމަ ތިބާއަށް ފެނިގެންދާނީ ގިނަފަހަރު އެހެން އެކަންވެފައިވަނީ މައިންބަފައިންގެ ސަބަބުންކަމެވެ."


📖 ތުޙްފަތުލް މައުދޫދު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page