ފުރަތަމަ ކަންތަކުގައި ވަނީ ނުބުއްވަތާއި ރަޙުމަތެވެ.
- haqqubooks
- Nov 10, 2023
- 1 min read

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.: ((މިކަމުގެ (އިސްލާމްދީނުގެ ދަޢުވަތުގެ) ފުރަތަމަ ކަންތަކުގައި ވަނީ ނުބުއްވަތާއި ރަޙުމަތެވެ. ދެން އެއަށްފަހު ޚިލާފަތާއި ރަޙުމަތެވެ. ދެން އެއަށްފަހު ރަސްކަމާއި ރަޙުމަތެވެ. ދެން އެއަށްފަހު އިމާރަތާއި (އެމިރޭޓް އެއް ގެ ގޮތުގައި) ރަޙުމަތެވެ. ދެންއެއަށްފަހު ޙިމާރުތައް ހުއިގަނޑަށް ޖަމާވެ ދަތްއަޅާފަދައިން، އޭގައި ދަތްއަޅާނެއެވެ. ފަހެ އެހިނދުން ތިޔަބައިމީހުންނަށް ވަނީ ޖިހާދުކުރުމެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ އެންމެ ހެޔޮވެގެންވާ ޖިހާދަކީ، ރިބާޠުކުރުމެވެ. އަދި ތިޔަބައިމީހުންގެ އެންމެ ހެޔޮ ރިބާޠަކީ ޢަސްޤަލާނުގައި ކުރާ ރިބާޠެވެ.))
(އައްޠަބަރާނީ، މުޢުޖަމުލްކަބީރު / އިމާމް އަލްބާނީ ޞައްޙަކުރައްވާފައި )
ނޯޓް : ޢަސްޤަލާނީ އަކީ، ޞަޙީޙް ބުޚާރީގެ އެންމެ ފުރިހަމަ ޝަރަޙައެއް ލިޔުއްވި އިމާމް އިބްނު ޙަޖަރުގެ ރަށެވެ. އަދި އެއީ ޣައްޒާއާއި އިންވެގެން، ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި އޮންނަ ސްޓްރެޓެޖިކް ސަރަޙައްދެކެވެ. ކުރީގައިވެސް ކަނޑުމަގުގެ ވިޔަފާރި ދަތުރުތަކުގެ މުހިއްމު ބަނދަރެކެވެ.
މިޙަދީޘުން އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މާތް ނަބިއްޔާ ﷺ ގެ ނުބުއްވަތުގެ ތެދުކަމެވެ. މިއަދު ޣައްޒާގެ މުޖާހިދުންނާއި، އިސްލާމްދީނުގެ އެންމެ ބޮޑެތި ޢަދާވާތްތެރިންކަމަށްވާ ޔަހޫދީންނާއި ދެމެދު ބޯޑަރލައިން ވާ ސަރަޙައްދަކަށް ޣައްޒާ އާއި، ޢަސްޤަލާން އެވަނީ ވެފައެވެ. ވީއިރު އެ މުޖާހިދުން އެކުރަމުންދަނީ ކޮންފަދަ މަތިވެރި ޖިހާދެއް ހެއްޔެވެ؟ އަދި އެތާނގައި އެކުރަނީ ކޮންފަދަ ހެޔޮވެގެންވާ ރިބާޠެއް ހެއްޔެވެ؟
ފަހެ ޖިހާދަށްނިކުމެ ނަފްސާއި މުދަލުން ފިދާވަމުން އެދާ މުސްލިމުންގެ އަބްޠާލުންނާއި، ގޭގައި ކޮފީމޭޒުތައް ދޮށުގައި އިށީނދެ ތިބިމީހުނާ ހަމަހަމަ ވާނެހެއްޔެވެ؟
(مَا لَكُمۡ كَیۡفَ تَحۡكُمُونَ)
ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
(އަލްޤަލަމް، 36)