top of page
Featured Posts

ފިރިހެނުން ހަތަރެކެވެ!

ree

🪴އަލްޚަލީލު ބްނު އަޙްމަދު އަލްފަރާހީދީ (170ހ) ވިދާޅުވިއެވެ:

”ފިރިހެނުން ހަތަރެކެވެ:


▪️ފުރަތަމައީ އެނގޭ މީހެކެވެ. އެކަމަކު އޭނާއަށް އެނގޭކަން އޭނާއަކަށް ނޭނގެއެވެ.

ފަހެ އެއީ ޣާފިލުވެ ސަމާލުކަން ގެއްލިފައިވާ މީހެކެވެ. އެހެންކަމުން އޭނާގެ ސަމާލުކަން ގެނެސް ހޭލައްވާލާށެވެ.

▪️އަދި ނޭނގޭ މީހެކެވެ. އަދި އެއާއެކު އޭނާއަށް ނޭނގޭކަން އޭނާ ދަނެއެވެ.

ފަހެ އޭނާއަކީ ޖާހިލެކެވެ. އެހެންކަމުން ތިޔަބައިމީހުން އޭނާއަށް އުނގަންނައިދޭށެވެ.

▪️އަދި އެނގޭ މީހެކެވެ. އަދި އޭނާއަކީ އެނގޭ މީހެއްކަން އޭނާ ދަނެއެވެ.

އެއީ ބުއްދިވެރިޔާއެވެ. ތިޔަބައިމީހުން އޭނާއަށް ތަބަޢަވާށެވެ.

▪️އަދި އެއްޗެއް ނޭނގޭ ނުދަންނަ މީހެކެވެ. އެއާއެކު އޭނާއަށް ނޭނގޭކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

ފަހެ އޭނާއަކީ ގަމާރު މޮޔައެކެވެ. ތިޔަބައިމީހުން އޭނާއާމެދު ސަމާލުވެ ޚަބަރުދާރުވާށެވެ!“

📚 ޖާމިޢު ބަޔާނިލް ޢިލްމު، އަލްމުޖާލަސާ ވަޖަވާހިރުލް ޢިލްމު 📚

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page