top of page
Featured Posts

ފަލަސްޠީނުގެ މިކުޑަކުއްޖާ، އޭނާގެ ޢާއިލާގެ މެމްބަރުންނަށް އަލްވަދާޢުކިޔަމުންދާއިރު......

، އެތުއްތު ކުއްޖާގެ އިޙްސާސްތައް އެ މަޢުސޫމު ދެލޮލުން ބުނެދެމުން ދެއެވެ.


އުފަންވެގެން އައީ ގެދޮރުނެތި ވިއްސިވިހާލިވެގެންވާ ޙާލެއްގައެވެ. ބަޔަކު އެހިތެރިވުމުން ޖިފުޓިގަނޑެއް ފަދަ ކުޑަ އެޕާޓްމަންޓެއް ހެދޭއިރު، ޔަހޫދީ ބުލްޑޯޒަރުތަކުން އެގެތައް ފުނޑާލައެވެ. ނުވަތަ ޔަހޫދީ ޖެޓްތަކުންދޭ ޙަމަލާތަކުގައި ގެތައް ގޮއްވާލައި ކުރިން ގެއެއް އަޅަންކުރި މަސައްކަތް އަނެއްކާވެސް ކުރަންޖެހެއެވެ. ނަމަވެސް އޭރު ބައްޕަ މުސްކުޅިވެ ވަރުބަލިކޮށްލާފިއެވެ.


އަދާކުރާނެ ވަޒީފާއެއްނޯވެއެވެ. ލާރިހޯދަން މަސައްކަތްކޮށް ވިޔަފާރި ބިނާކުރާނެ އިޤްތިޞާދެއް ނޯވެއެވެ. ޔަހޫދީންނަށް ގުލާނުތަޅައިގެން ފައިސާހޯދުން ނުވަތަ ދުނިޔޭގެ އެހީޖަމިއްޔާތަކާއި، ޔޫއެންގައި ސަލާންޖެހުން މިއީ ފަލަސްޠީނު ރައްޔިތުންގެ ވަޒީފާކަމުގައި، އެމެރިކާއިން ހަދައިފިއެވެ.


ފަހެ އެހުރިހާ އުނދަގުލެއް ތަޙައްމަލުކުރަމުންދާ މިކުޑަކުއްޖާ ފަދަ ކިތައްކުދިން މިއަދު ޣައްޒާގައި ވޭހެއްޔެވެ؟ އެކުދިންނަށް ނަޞްރު ދިނުމަށް އެއަތްތަކުގައި ހިފާލީ އުއްމަތުގެ ކޮން ލީޑަރެއްހެއްޔެވެ؟



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page