top of page
Featured Posts

ބައެއްމީހުންނަށް ހީވާކަހަލަ ޖިހާދުގެ މަޤްޞަދަކީ ހަމަ އެކަނި ކަނޑިބަޑި ހިފައިގެން ކާފަރުންތަކެއް ޤަތުލުކޮށް ބިންތައް ހިފީމަ އެނިމުނީކަމަށް!؟

އެބިންތަކުގައިވާ މުސްލިމުނަށް އަމާންކަން ކަށަވަރު ކުރުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހެއެވެ. އެގޮތުން ބައެއްފަހަރު މުސްލިމުންނަށް ހަމަލާތަށް އައުން މަދުކުރުމަށް ކާފަރުންނާ އިސްލާމްދީން ހުއްދަ ކުރާ މުޢާހަދާތައް ހެދެއެވެ.

ޖިހާދު ސަބަބުން މުސްލިމުނަށް އަމާންކަން ގާއިމު ނުކުރެވޭނަމަ ވާނީ ކޮންފައިދާ އެއްހެއްޔެވެ؟


ޓެރެރިސްޓް ލިސްޓުން ސޫރިޔާގެ މުޖާހިދުންގެ ނަންނަގާތީވެ ބަޔަކު މުޖާހިދުންނަށް އެއީ ކާފަރުންގެ އެޖެންތުންނޭ ކިޔާ ފެލެންފަށައިފިއެވެ. މީ އިންތިހާއަށް ހިތާމަ ހުރި ކަމެކެވެ.


މިވަގުތައް ޓެރެރިސްޓް ލިސްޓުން ސޫރިޔާގެ މުޖާހިދުންގެ ނަން ނެގުމުން އޭގެ ފައިދާ ވެސް އޮތީ މުސްލިމުންނަށެވެ. އެހެނީ ކުރިއަށް އޮތީ ފަލަސްތީން މިނިވަންކުރުމެވެ. އެހެންކަމުން އެކަމަށް ތައްޔާރުވުމަށް ބޭކަރު ގޮތެއްގައި ކާފަރުން ރުޅިއެރުވުމަށްވުރެ މިވަގުތު ފައިދާ އޮތީ އިސްލާމްދީން ހުއްދަ ކުރާ މުޢާދާތައް ހަދައިގެން ވެސް. ބޮޑު ހަނގުރާމައަކަށް ތައްޔާރު ވުމެވެ.


މިސާލަކަށް މުޖާހިދުން މިވަގުތު ތައްޔާރުނުވެ އެމެރިކާ އާދިމާއަށް ކަލޭމެންގެ އެންމެންގެ ބޯ ކަނޑާނަމޭ ކިޔާ ބިރު ދައްކަން ފަށައިފި ނަމަ ކަންވާނީ ކިހިނެއް؟ އޭރުން މަޤްޞަދު ހާސިލްނުވެ ހުރިހާ ގެއްލުމަކާ ތުރާލަކާ ކުރިމަތި ވާނީ ސޫރިޔާގެ ނިކަމެތި ރައްޔިތުންނަށެވެ.


ޖިހާދުގެ މަޤަޞަދު ނޭންގޭ އައިއެސް ޖަމާއަތުން ފޮނުއެރުވިހެން ކަންތައްތައް ކުރަންވެއްޖެ ނަމަ ބިކަވާނީ މުސްލިމުންނެވެ. އެމީހުން އެމީހުން ތިބިތަން ރަނގަޅަށް ހަމަޔަކަށް ނޭޅުވެތިބެ، ތިމަންނަމެން އެމެރިކާ ފަތަޙަ ކުރާނަމޭ ރަސިއާ ފަތަހަ ކުރާނަމޭ ފުރާންސް ފަތަހަ ކުރާނަމޭ ކިޔާ މޮޅެތި ވީޑިއޯތައްނެރެ މޮޔައިން ފަދައިން ހަޅޭއްލަވާ ފެލުނީމަ ވީގޮތް އެޔޮތީ ފެންނަން. އޭގެ ސަބަބުން ބިކަވީ މުސްލިމުން.. ދެންތިބެ ކިޔަން ފެށީ ހުރިހާ ތީރުތަކެއް އަމާޒުވީ ތިމަންނަމެންނަށޭ.. ހިމާޔަތެއް ނެތްތަނެއްގަ ހުރެ ކުޅަނދުރު ހަތަޔަށް އޮއްގާ އުކީމަ ވާނެގޮތް މޮޔައަކަށް ނޫނީ އެނގޭނެއެވެ.


މުސްލިމުންނަށް އަމާންކަން ހޯދައިދިނުމުގެ ބަދަލުގައި އެމީހުން ބޭނުންވީ އެމީހުނގެ ބޮޑައިކަން ދައްކަން.. އެމީހުންގެ ސަބަބުން އުންމަތައް ފައިދާއެއް ނުވެ މުސްލިމުންތަކެއް ބިކަވެގެން ދިޔައީ..


މުސްލިމުންނަށް އަމާންކަން ހޯދައިދިނުމަށްޓަކައި އުމުރު އެކޮން ހޭދަކުރަމުން ދިޔަ ޖިހާދުގެ މައިދާނުގެ ހުރިހާ ޢިލްމުވެރިންގެ ނަޞޭހަތަށް އައިއެސް އައިއެސްއިން ބީރުކަންފަތެއް ދިނީމަ ވީގޮތް އެޔޮތީ ފެންނަން. ފޮނު އަރުވައިގެން އުންމަތަކަށް ނަޞްރެއް ނުލިބޭނެ.


އެކަން ހަނދާން ބަހައްޓާތި.


Abu yahya-

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page