top of page
Featured Posts

ބިމަކީ މީހަކު މުޤައްދަސް ކުރުވާ އެއްޗެއް ނޫނެވެ..

ރަސޫލާ صلى الله عليه وسلم މަދީނާއަށް ވަޑައިގެން މުހާޖިރުންނާއި އަންޞާރުން އަޚުކުރެއްވުމުގެ ތެރޭގައި: އަބުއް ދަރްދާއު އާއި ސަލްމާނުލް ފާރިސީ އަޚު ކުރެއްވުނެވެ. ދެން އެދެބޭކަލުން އަޚުން ފަދައިން އުޅުއްވިއެވެ.


ޢުމަރުގެފާނުގެ ޚިލާފަތުގައި ޝާމްކަރަ ފަތަޙަކުރެވުނު ހިނދު، އެތަނުގައި މީސްތަކުންނަށް ޤުރުއާން އުނގަންނައިދީ، ޤާޟީކަން ކުރެއްވުމަށް އަބުއް ދަރްދާއު ކަނޑައަޅުއްވާ ފޮނުއްވުނެވެ.


ދެން ދުވަސްގަނޑެއް ފަހުން އެކަލޭގެފާނުގެ ލޯބިވާ އަޚާ ސަލްމާނުލް ފާރިސީއަށް ސިޓީއެއް ލިޔުއްވިއެވެ:

'މުޤައްދަސް މާތް ބިމަށް ތިބާވެސް އަވަހަށް އަންނާށެވެ!'


ޖަވާބުގައި ސަލްމާނު ލިޔުއްވިއެވެ:

'ހަމަކަށަވަރުން ބިމަކީ އެއްވެސް މީހަކު މުޤައްދަސްކޮށް މާތްކުރާ އެއްޗެއް ނޫނެވެ. އެކަމަކު އިންސާނާ މުޤައްދަސްކޮށްދޭ އެއްޗަކީ އޭނާގެ ޢަމަލެވެ.


އޭ އަހަރެންގެ އަޚާއެވެ. އެއް ބިމާއި އަނެއް ބިން ކިތަންމެ ދުރުގައި ވިޔަސް،


ފަހެ ރޫޙު ވަނީ އަނެއް ރޫޙާއި ކައރިވެގެންނެވެ.


ފަހެ އުޑުގައި އުދުހި އުޅޭ ދޫނިސޫފާސޫފިވެސް ޖައްސަނީ އެސޮރުމެން ދެކެފަރިތަވެ އޮޅުވެފައިވާ ބިންތަކަށެވެ.'


📖 އަލްބިދަޢު ލިއިބްނު ވައްޟާޙު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page