top of page
Featured Posts

އަހަރުމެންގެ ހަށިގަނޑުގެ އެއްބައި

ree

މީހަކު ބުންޏެވެ.


" މިރޭ އަހަރެންގެ ދޮޅު އަހަރުގެ ދަރިފުޅު ދުވެފައި ދަނިކޮށް މޭޒެއްގައި މޫނުމަތި ޖެހިފައި ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އަހަރެންގެ ހިތް ބާރަށް ތެޅިގެންދިޔައެވެ. ފުންމައިގެން ތެދުވެ ދުވެފައި ދަރިފުޅު ނެގުމަށް ދެވުނެވެ. ދަރިފުޅުގެ އަނގަމަތިން ލޭ އަންނަތަން ފެނުމުން އަހަރެން ވަރަށް ދެރަވިއެވެ.


އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ޣައްޒާގައި އެބައިމީހުންގެ ބޯމަތިން އަޅަމުންދާ ބޮންތަކުގެ ސަބަބުން އެތައް މައެއްގެ ދަރިންގެ ލެއިން ކޯރު ހެދެމުންދާއިރު، އެމީހުންގެ ހިތަށް އަޅާ ވޭނާއި މެދު ވިސްނާލެވުނެވެ. އެމީހުންގެ ލަގޮނޑިއަށް ކެތްވޭބާއޭ ހިތަށް އެރިއެވެ.


އަމިއްލަ ލޯ ކުރިމަތީގައި ދަރިން ގޮއްވާލެވޭ މަންޒަރުތަކާއި، ރޯ މަސްތަކެއް ފަދައިން ފުނޑުފުނޑުވެފައިވާ ޅަދަރީންގެ ގުނަވަންތައް ފެންނަމުންދާ ހިނދު އަޅާނެ ވޭން އަހަރުމެންނަށް ތަޞައްވަރު ވެސް ނުކުރެވޭނޭ ހިތަށް އެރިއެވެ. ނަމަވެސް އަހަރުމެންގެ އަމިއްލަ ނަފުސާއި ދަރިންނަށް އަމާންކަން އޮތަތީވެ ހަމަޖެހިލައިގެން ތިބެން ކެރެނީއެވެ.


އުންމަތަކީ އެއް ހަށިގަނޑެކެވެ. އެހެންވެއްޖެނަމަ، އަހަރުމެންގެ ހަށިގަނޑުގެ އެއްބައި ކުދިކުދިވެގެންދާއިރު އެވޭނާއި ކެކުޅުމުގައި އަހަރުމެންނަށް ބައިވެރިވެވޭތޯއެވެ؟ "

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page