top of page
Featured Posts

”މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުމުގައި ޖާހުގެ ޝަހުވަތް ނިވާވެ ފޮރުވުން:


ޖާހަށް އޮންނަ ޝަހުވަތަކީ ފައިސާގެ ޝަހުވަތާ އެއްފަދަ އެއްޗެއް ނޫނެވެ. އެހެނީ މުދަލާއި ފައިސާގެ ޝަހުވަތަކީ ފާޅުކޮށްވާ އެއްޗެކެވެ. ޖާހާއި މަޤާމުގެ ޝަހުވަތަކީ ފޮރުވިގެންވާ އެއްޗެކެވެ.


އަދި މުދަލާއި ފައިސާއާމެދު ޒުހުދުވެރިވުން އެއާ އެކުގައިވެއްޖެނަމަ އަދި އެއަށްވުރެވެސް ޖާހުގެ ޝަހުވަތް ވަންހަނާވުން ބޮޑެވެ.


އެގޮތުން ޖާހުގެ ޝަހުވަތް ފޮރުވާ ވަންހަނާކުރުމަށްޓަކައިވާ ވަސީލަތެއްކަމުގައި މުދަލަށް ޒުހުދުވެރިވުން ހަދައެވެ.


މުދަލާއި ފައިސާގެ ޝަހުވަތް ދޫކޮށްލައިގެން، ޖާހުގެ ޝަހުވަތް ވަންހަނާކުރުން ވަންނަނީ މީސްތަކުންގެ ތެރެއިން ދެ ބާވަތެއްގެ މީހުންނަށެވެ.


އެއީ ތޫނުފިލި ބުއްދިވެރިންނާއި، ފިޤުހުވެރިންނަށެވެ.

ފަހަރެއްގައި އެކަކު ގައިގައި ދެ ޞިފަވެސް ޖަމަޢަވެދާނެއެވެ.


މުދަލާއި ފައިސާ ގިނަކޮށް ހޯދުމުގެ ސަބަބުން ޖާހާއި މަޤާމަށް ވާޞިލުވުން ބަޔަކަށް މަނާކޮށް، އަދި މީސްތަކުންގެ ލޯ ކުރިމަތީގައި އެބަޔަކު އަގުވެއްޓިގެންދާތަން ފެނިއްޖެނަމަ,


ފަހެ މިމީހުން އެކަމުން ޢިބުރަތް ނަގާ، މުދަލާއި ފައިސާއިން އެއްކިބާވެއެވެ.


އެއީ ކޮންމެހެން އެއަށް ޒުހުދުވެރިވާތީއެއް ނޫނެވެ. އެކަމަކު މިމީހުން މުދާ ދޫކޮށްލުން ހެދީ އެއަށްވުރެ ބޮޑު ކަމެއް ޙާޞިލުކުރަންވާ ވަސީލަތެއްކަމުގައިއެވެ.


އެއީ ޖާހެވެ.


އެހެންކަމުން މިމީހުން މުދާ ދޫކޮށްލައިގެންވެސް އެއިން ނާޖާއިޒު ފައިދާ ނެގިއެވެ. އެއީ މުދަލާއި ފައިސާ ހޯދާ މީހާ އެއިން ޖާހަށް ވާޞިލުވާން ފައިދާނަގާ ގޮތާ އެއްގޮތަށެވެ.


އެހިނދުން މުދާ ދޫކޮށްލާ މީހާއާއި އެނަގާ މީހާ އެވަނީ އެއްވަރުވެގެންނެވެ. އެހެނީ މަޤްޞަދު ހަމަ އެކައްޗެކެވެ.


ނަމަވެސް މުދާ ދޫކޮށްލާ މީހާ ވަންހަނާވުން މާ ބޮޑުވެފައި ތޫނުފިލިއެވެ. ދެން އޭނާގެ ނަފްސު އޭނާގެ މައްޗަށް ޙީލަތްހަދާ އެކަން ޒީނަތްތެރިކޮށްދިނީއެވެ. އެއީ އޭނާގެ ބުއްދި އެނަފްސު ބޭނުންވާ މަޤްޞަދަށް ވާޞިލުކޮށްދީފުމަށް ދާންދެނެވެ.


މިމީހުންގެ ކިބައިގައި ޖާހާއި މަޤާމާއި މަންޞިބަށް އޮންނަ ލޯބި ވަދެ ހިފައިފައިވާވަރުން, އޭނާއަށް މިލްކުވެގެން ހުރިހާ އެއްޗެއް ގެއްލިދިޔަޔަސް، މީސްތަކުންގެ ގާތުގައި އޭނާ ފޯރާފައިވާ ޖާހާއި މަޤާމުން ދަރަޖައެއްވެސް ދަށްވެގެން ނުވުމަށް އެދި އުއްމީދުކުރެއެވެ.


ނަފްސުތަކުގައި ޖާހުވަނީ އެކި ޞޫރަތަކަށް އެކި ގޮތްގޮތަށެވެ. އަދި އެޖާހަށް ވާޞިލުވުމަށްޓަކައި ބުއްދިއާއި އީމާންކަމުގެ މައްޗަށް ނަފްސުތައް ހަދާ ޙީލަތްތެރި ގޮތްތައްވެސް ތަފާތުވެއެވެ.


ފަހަރެއްގައި އިންސާނާގެ ކިބައިގައި ޖާހުގެ ޝަހުވަތް ފޮރުވިގެންވެދާނެއެވެ.


އެއީ އޭނާގެ ޖާހުވަނީ:


ނަން ގަންނައިރު އޭނާގެ ނަމަށްވުރެ ކުރިއަށް ގެނައުން އައުލާ ނަމެއް ގެނައުމުގައި ކަމުގައި،


ނުވަތަ މަޖްލިސްތަކުގައި އެންމެ ކުރީގައި އޭނާ އިށީންނުންކަމުގައި،

ނުވަތަ ބޮޑުންގެ ކަނާތުގައި ނުވަތަ ވާތުގައި އިށީންދެގެންވުން ކަމުގައި،


ނުވަތަ އޭނާގެ ފަހަތުން ހިނގި އޭނާގެ ނިތްކުރިއާއި އަތުގައި ބޮސްދެވުމުގައި ކަމުގައިވެދާނެއެވެ.


އެހެންގޮސް މުދަލާއި ފައިސާހުރި މީހަކުގެ މުދާތައް ގެއްލިގެން ދިޔުމަށްވުރެވެސް އޭނާއަށް މިއިން ކަމެއް ގެއްލިގެން ދިޔުން މާ ބުރަބޮޑު ކަމަކަށްވެދާނެއެވެ.


އެހެނީ ނަފްސުތަކުގައި ޝަހުވަތްތަކަށް ދެވިގެންވާ މަޤާމާއި ދަރަޖަވަނީ ތަފާތުވެގެންނެވެ.


އެއްބައި ނަފްސުތަކަކީ މުދަލާއި ފައިސާ ހޯދުމަށްޓަކައި ބޮލާއި އަތުގައި ބޮސްދޭ ނަފްސުތަކެވެ.


އަނެއްބައި ނަފްސުތަކަކީ އަމިއްލަ ބޮލާއި އަތުގައި ބޮސްދެވިގެންވުމަށް މުދަލާއި ފައިސާވެސް ދޭން އެދޭ ނަފްސުތަކެކެވެ...


ނަފްސުގައި މި ޝަހުވަތް ގަދަވެ ވަކިހިއްޕާލައިގެންވާނަމަ, ކޮންމެވެސް ގޮތަކުން އެނަފްސަށް އެހެންމީހުންނަށް ނުލިބޭ ޚާއްޞަކަމެއްވުމަށް ލޯބިކުރެއެވެ. ފަހަރެއްގައި އެއީ ކޮންމެކަހަލަ ކަމެއްކަމުގައިވިޔަސް ފަރުވާލެއް ނުބަހައްޓައެވެ.


އެގޮތުން އެނަފްސުގެ ވާހަކަ ނަންގަނެވި ދެއްކިގެންވުމަށްޓަކައި، އާދަޔާޚިލާފު ބަސްތަކާއި ތަފާތު އައު ރައުޔުތަކެއްގައި ހިފުމަށްވެސް ޝައުޤުވެރިވެއެވެ...


މިނަފްސުތައް އުޅެމުންދަނީ މަސްތެއްގެ ތެރޭގައިއެވެ. ކޮންމެވެސް ދުވަހަކުން އެއިން އެ ހޭލާނެއެވެ.


ޖާހަށް އަވަދިވެފައިވާ މިފަދަ ބައެއް ނަފްސުތަކަށް ޖެހޭ އެއް ފިތުނައަކީ: ހުރި ގޮތް ބަދަލުކުރުން ގިނަކުރުމަކީ ލިބިފައިވާ ޖާހު ފިލައިދާ ކަމެއްކަމުގައި އެނަފްސު ދެކެއެވެ.


ދެން އެހުރި ގޮތެއްގައި ޘާބިތުވެ ހުރެއެވެ. އަދި އޭނާއަށް ލިބޭނެ ޖާހާއި މަޤާމުގެ މިންވަރަކީ އެއީކަމަށް ދެކެއެވެ.


ދެން ގިނައިން ފުރޮޅިގެން ހީއެއްގެ މައްޗަށް ލިބެން އޮންނަ ބޮޑު ޖާހެއް ދޫކޮށް، ޔަޤީންކަމާއެކު ކުޑަ ޖާހެއްގައި ހުރުން ހެޔޮކަމަށް ހިފަހައްޓައިގެން ހުރެއެވެ.


ދެން އެއަށްފަހު އޭނާދެކޭ ގޮތާއި، އޭނާގެ ބަސްތައް ޘާބިތުކޮށްދޭން މަޝްޣޫލުވެއެވެ.


ފަރުބަދައެއްގެ ކޮޅުގައިވިޔަސް ގެ ހަރުލާ ޘާބިތުކުރުމަށް މީހަކު އުޅޭ ބީދައިންނެވެ.“


-ޝެއިޚު ޠަރީފީ-

📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page