7 އޭޕްރީލް، އީރާން ހަނގުރާމަ / 39 ވަނަ ދުވަހުގެ ޚުލާސާ:
- haqqubooks

- 5 days ago
- 2 min read

🇮🇷🇮🇱 -
އީރާން އަދި އިޒްރޭލު: އިޒްރޭލުން އީރާނުގެ ޕެޓްރޯކެމިކަލް އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
🇺🇸🇮🇷🇵🇰 -
އެމެރިކާ، އީރާން އަދި ޕާކިސްތާން: ޓްރަމްޕް ވަނީ މިރޭ ދިނުމަށް ރާވާފައި އޮތް ބޮން އެޅުމުގެ ހަރަކާތްތައް މެދުކަނޑާލައި، ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް ނިންމަވާފައިވާކަން އިއުލާން ކޮއްފައެވެ.
🇮🇷🇮🇱 -
އީރާން އަދި އިޒްރޭލު: ވައިޓް ހައުސްގެ އޮފިޝަލަކު ސީ.އެން.އެން އަށް މައުލޫމާތު ދިން ގޮތުގައި، އިޒްރޭލުންވެސް ވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ.
🇺🇸🇮🇷🇮🇱 -
އެމެރިކާ، އީރާން އަދި އިޒްރޭލު: އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކުރާ ގޮތުގައި، މި އެއްބަސްވުމާމެދު އިޒްރޭލުން މާ ބޮޑަށް ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް ގޮތް ނިންމަވަނީ ޓްރަމްޕެވެ.
🇮🇷🇨🇳🇵🇰 -
އީރާން، ޗައިނާ އަދި ޕާކިސްތާން: ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި، ޕާކިސްތާނުން ހުށަހެޅި ދެ ހަފްތާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން އީރާނުން ގަބޫލުކުރީ ޗައިނާގެ ބޮޑު އެހީތެރިކަމަކާ އެކުގައެވެ.
🇺🇸🇮🇷🇵🇰 -
އެމެރިކާ، އީރާން އަދި ޕާކިސްތާން: ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުގެ ފުރަތަމަ ބުރު އަންނަ ހުކުރު ދުވަހު އިސްލާމްއާބާދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
🇺🇸🇮🇷🇮🇱 -
އެމެރިކާ، އީރާން އަދި އިޒްރޭލު: އިޒްރޭލުގެ ސަލާމަތީ މަސްދަރަކުން ބުނި ގޮތުގައި، ޓްރަމްޕްގެ މި ނިންމުމަކީ އިޒްރޭލަށް ލިބުނު ކުއްލި ސިހުމެކެވެ. އިޒްރޭލަށް މިކަމުގެ މައުލޫމާތު ލިބުނީ ހުރިހާ ކަމެއް ނިމުނު ފަހުންނެވެ.
🇮🇷 -
އީރާން: އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބުނީ، ކުރިއަށް އޮތް ދެ ހަފްތާގައި އީރާނުގެ އަސްކަރިއްޔާގެ އިރުޝާދުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
🇺🇸🇮🇷 -
އެމެރިކާ އަދި އީރާން: އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހުރިހާ އަސްކަރީ އޮޕަރޭޝަންތަކެއް މިހާރު ވަނީ ހުއްޓާލާފައެވެ.
🇱🇧🇮🇷🇮🇱 -
ލުބުނާން، އީރާން އަދި އިޒްރޭލު: ހަނގުރާމަ ހުއްޓާލުމުގެ މި އެއްބަސްވުމުގެ ތެރޭގައި ލުބުނާންވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
🇺🇸🇮🇷 -
އެމެރިކާ އަދި އީރާން: އެމެރިކާގެ 'ވޯރ ސެކްރެޓަރީ' ޕީޓް ހެގްސެތް މާދަމާ ހެނދުނު 'އޮޕަރޭޝަން އެޕިކް ފިއުރީ' އާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެއެވެ.
🇮🇷🇸🇦 -
އީރާން އަދި ސައުދީ އަރަބިއްޔާ: އީރާނުގެ މިސައިލްތަކެއް ސައުދީގެ ޖުބައިލް ސިނާއީ ސިޓީއަށް ވަނީ އަރާފައެވެ.
🇮🇷🇮🇱 -
އީރާން އަދި އިޒްރޭލު: އީރާނުގެ މިސައިލްތަކެއް އިޒްރޭލުގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ވަނީ އަރާފައެވެ.
🇺🇸🇮🇶 -
އެމެރިކާ އަދި އިރާގު: ކަތާއިބު ހިޒްބުالله އިން ހިފަހައްޓާފައި ހުރި އެމެރިކާގެ ނޫސްވެރިޔާ ޝެލީ ކިޓްލްސަން މިނިވަންކޮށްފައިވާކަން މާކޯ ރޫބިއޯ ކަށަވަރުކޮއްދީފިއެވެ.
🇺🇸🇮🇷🇴🇲 -
އެމެރިކާ، އީރާން އަދި އޮމާން: އޭ.ޕީ އިން ރިޕޯޓްކުރާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ ދެ ހަފްތާގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުގެ އަތުން އީރާނާއި އޮމާނުން ފީ ނަގާނެއެވެ. އީރާނުން މި ފައިސާ ބޭނުންކުރާނީ ހަނގުރާމައިގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށެވެ.
🇮🇷 -
އީރާން: އީރާނުގެ ރޫހާނީ މުރްޝިދު މުޖްތަބާ ޚާމަނާއީ ވަނީ މިސައިލް ހަމަލާތައް ހުއްޓާލުމަށް އަމުރު ކޮއްފައެވެ.
🇺🇸🇮🇷 -
އެމެރިކާ އަދި އީރާން: އެމެރިކާގެ ފަރާތުން މަޝްވަރާގައި ބައިވެރިވާނީ ނައިބު ރައީސް ޖޭ.ޑީ ވެންސް އާއި ޖެރެޑް ކުޝްނަރ އަދި ސްޓީވް ވިޓްކޮފްއެވެ.
🇺🇸🇮🇶 -
އެމެރިކާ އަދި އިރާގު: އިރާގުގެ 'އިސްލާމިކް ރެސިސްޓެންސް' އިންވެސް ވަނީ މި ދެ ހަފްތާގައި އެއްވެސް ހަމަލާއެއް ނުދީ މަޑުކުރުމަށް ނިންމާފައެވެ.
🇺🇸🇮🇷 -
އެމެރިކާ އަދި އީރާން: ޓްރަމްޕް ބުނީ އީރާނުގެ ޔުރޭނިއަމްގެ ކަންތައްތައް ވަރަށް ފުރިހަމައަށް ބަލަހައްޓާނެ ކަމަށެވެ.





















































































